ލ. އަތޮޅުގެ ފަސް ރަށެއް ކޯޒްވޭއަކުން ގުޅާލަން މޯލްޑްިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނއެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ޝަނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

Ad
rt

މި ފަސް ރަށް ގުޅާލުމުގެ މަޝްރޫއު ކުރިޔަށް ގެންދަނީ ދެ ކޯޒްވޭއަކުން ގުޅާލާގޮތަށެވެ. މީގެ ތެރެއިން އެއް ކޯޒްވޭއިން ގުޅާލަން ނިންމާފައިވަނީ ކަލައިދޫ އާއި ދަނބިދޫއެވެ.

މި މަޝްރޫއުއަށް155.9 މިލިއަން ރުފިޔާގެ ހަރަދު ކުރާއިރު550 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

ދެން ގުޅުވާލަން ހަމަޖައްސާފައިވަނީ ހިތަދޫ އާއި މެންދޫ އަދި ކުނަހަންދޫއެވެ. އެ ރަށްތައް ކޯޒްވޭ އަކުން ގުޅުވާލަން 81.2 މިލިއަން ރުފިޔާ ހަރަދު ކުރާއިރު 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ.

އެ ރަށްތައް ގުޅުވާލުމަށް 237 މިލިއަން ރުފިޔާ ހަރަދުކުރާނެއެވެ.