މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބަސް ޑްރައިވަރުން ހޯދަން މާދަމާ ވޯކްއިން އިންޓަވިއު ބާއްވަން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ބުނިގޮތުގައި އެ ކުންފުނިން މި އިންޓަވިއު ބާއްވާނީ މާދަމާ ވިލިމާލެ ފެރީ ޓަރމިނަލްގައެވެ. މި އިންޓަވިއުތައް ކުރިއަށްދާނީ ހަވީރު 4:00 އިން 6:00 އަށެވެ.

Ad
rt

ބަސް ޑްރައިވަރުންނަށް ވާން ބޭނުންވާ ފަރާތްތަކުން ވޯކް އިން އިންޓަވިއުއަށް ދާން ޖެހޭނީ އައިޑީ ކާޑާއި ބީ2 ކެޓަގަރީގެ ލައިސެންސް ހިފައިގެންނެވެ. ވަޒީފާ ދޭއިރު ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް އިސްކަން ދޭނެއެވެ.

އެމްޓީސީސީން ބަސް ޑްރައިވަރުން ހޯދަނީ ބޮޑު މުސާރައެއްގައެވެ. އެގޮތުން 12،000-15،000 ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ބަސް ޑްރައިވަރުން ހޯދަން ވިލިމާލޭގައި އިންޓަވިއު ބާއްވާއިރު އަންނަ ހުކުރު ދުވަހު ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށަން ވެސް އެމްޓީސީސީން އަންނަނީ ތައްޔާރުވަމުންނެވެ.