ރާއްޖޭ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އިލެކްޓްރިކް ބަހުގެ ހިދުމަތް ވިލިމާލޭގައި މިއަދު ފަށައިފިއެވެ.

އެމްޓީސީސީން ވިލިމާލޭގައި ބޭނުންކުރާނީ ތިމާވެށްޓާއި ރައްޓެހި ހަ އީވީ ބަހެވެ.

Ad
rt

މި ބަސްތަކުގައި 11 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުންނާނެއެވެ. އަދި، މީގެ އިތުރުން 4 މީހުންނަށް
ކޮޅަށްތިބެވޭނެ ޖާގަވެސް ހުންނާނެއެވެ. އެހެންކަމުން، ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެއެވެ.

މި ހިދުމަތުގެ ރޫޓާއި ޝެޑިއުލް އެކުލަވާލާފައިވަނީ އާއްމު ރައްޔިތުންގެ ދަތުރުފަތުރުގެ ބޭނުންތަކަށް ވިސްނައި، އެ ހިދުމަތް ބޭނުންކުރުމުގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ވާނެ ގޮތްތަކަށް ރިއާޔަތް ކުރުމަށްފަހު ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ރޫޓައި ޝެޑިއުލް އެކުލަވާލިއިރު، ސްކޫލްތަކާއި، ބީޗު ސަރަހައްދާއި، އޮފީސްތަކާއި، ސިނާއީ ސަރަހައްދާއި، ހޮސްޕިޓަލާއި، ފެރީ ޓާމިނަލަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތަކަށް ބަލާފައިވާނެ ކަމަަށްވެސް އެ ކުންފުނިން ބުންޏެވެ.

ވިލިމާލޭގެ 1.52 ކިލޯމީޓަރު ދިގު އިންޓާނަލް ރޫޓުގެ 10 ސަރަހައްދަކަށް ބަސް ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ވިލިމާލޭގައި ބަހުގެ ޙިދުމަތް ހަފްތާއަކު 7 ދުވަހު ހެނދުނު 05:35 އިން ރޭގަނޑު 00:00 އަށް ފޯރުކޮށްދެވޭނެއެވެ. އަދި ބަހުގެ ޚިދުމަތް ކޮންމެ ބަސް ހުއްޓިއަކަށް 5 މިނިޓާއި 10 މިނިޓާއި ދޭތެރޭ ވަގުތުކޮޅެއްގައި ބަސްދާނެ ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

މިއަދުން ފެށިގެން ފުރަތަމަ 2 ހަފްތާގައި މުޅިން ހިލޭ ދަތުރުކުރެވޭނެއެވެ.