ކުޅުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލްގެ އައު އޯޕީޑީ އިމާރާތުގެ މަސައްކަތް ނިންމައި އެ ހޮސްޕިޓަލުގެ ގަވަނިން ބޯޑާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ މަސައްކަތް ނިންމައި، ރަމްޒީ ތަޅުދަނޑި ކުޅުދުއްފުށި ހޮސްޕިޓަލްގެ ގަވަނިން ބޯޑާ ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމެވެ. ތަޅުދަނޑިއާ ހަވާލުވީ ކުޅުދުއްފުށި ހޮސްޕިޓަލްގެ ސީއީއޯ އަހުމަދު ދާވޫދެވެ.
މި މަޝްރޫއުގެ ދަށުން ބަލިމީހުން ބަލާ 23 ކޮޓަރި އާއި ޓްރީޓްމެންޓް ރޫމަކާއި ޕްރޮސީޖާ ރޫމަކާއި އިކޯ ރޫމަކާއި އީސީޖީ ރޫމެއް ވަނީ ހަދައިފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އިމާރާތްކުރި އޯޕީޑީ އިމާރާތުގެ ސަބަބުން އެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ހޮސްޕިޓަލުން މިހާރު ދޭ ހިދުމަތްތައް އިތުރަށް ފުޅާވެގެން ދިއުމުގެ އިތުރުން ބަލި މީހުން ބެލުމަށާއި ހިދުމަތް ހޯދާ ރައްޔިތުންނަށް އިތުރު ލުއި ފަސޭހަކަމެއް ލިބިގެން ދާނެއެވެ.
ސަރުކާރުން މި މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ ނޮވެމްބަރު 18، 2021 ގައެވެ.
މިއީ 20.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!