Skip to main content
Topic Archive

#ހުސައިން ޒިޔާދު

13 Stories filed
ޒިޔާދަށް ލަތީފް ވަރުގަދަ ދަޢުވަތެއް: ''ސަރުކާރުން ދިއްދޫގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ބައްލަވަން އަޅުގަނޑާއެކު ވަޑައިގަންނަވާ!''
Thiladhunmathi News

ޒިޔާދަށް ލަތީފް ވަރުގަދަ ދަޢުވަތެއް: ''ސަރުކާރުން ދިއްދޫގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ބައްލަވަން އަޅުގަނޑާއެކު ވަޑައިގަންނަވާ!''

މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމަށް، އޭނާއާ އެކު ހއ. ދިއްދޫއަށް ވަޑައިގެންނެވުމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދަށް، ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު މިއަދު ވަރުގަދަ ދަޢުވަތެއް ދެއްވައިފިއެވެ. ޢަބްދުއްލަޠީފް މި ދަޢުވަތު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ވާ...

އިސީން ފިއްޓޭގެ ފޯމު ބާޠިލްކޮށް މައްސަލަ ބަލަނީ
Raajje

އިސީން ފިއްޓޭގެ ފޯމު ބާޠިލްކޮށް މައްސަލަ ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) އަށް އެނގުމަކާ ނުލައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އަށް ރަޖިސްޓަރީކުރުމަށް ހުށަހެޅި ފޯމު ބާޠިލްކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން މިއަދު ހާމަކޮށްފި އެވެ. އީސީން މިއަދު ބުނީ މި މައްސަލަ އެ ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ ފޯމު ބާޠިލްކޮށް، މައްސަލައިގައި ޒިންމާވާ ފަރާތްތަކުގެ މައްޗަށް އިތުރަށް ތަޙުޤީޤު ކުރުމަށްފަހު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ފިއްޓޭގެ […]

ފިއްޓޭވެސް ޕީއެންސީ ދަފްތަރުގައި!
Raajje

ފިއްޓޭވެސް ޕީއެންސީ ދަފްތަރުގައި!

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ލިޑަރ ހުސައިން ޒިޔާދު (ފިއްޓޭ) ވެސް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ދަފްތަރުގައި އޮތްކަން ހާމަވެއްޖެ އެވެ. މި މަޢުލޫމާތު ފިއްޓޭ އަމިއްލައަށް މި ނޫހަށް ކަށަވަރުކޮށްދީފައިވާއިރު، އޭނާ ވިދާޅުވެފައިވަނީ އޭނާއަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާ ކަމަށެވެ. އިލެކްޝަން ކޮމިޝަނުން ފިއްޓޭގެ އައިޑީކާޑު ޗެކްކުރުމުން ދައްކާގޮތުގައި، އޭނާ ޕީއެންސީއަށް ވައްދާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ....

މިއަހަރު ނިމުމުގެ ކުރިން ވައިކަރަދޫ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރާނެ ކަމުގެ ޔަގީންކަންދީފި
Thiladhunmathi News

މިއަހަރު ނިމުމުގެ ކުރިން ވައިކަރަދޫ ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކުރާނެ ކަމުގެ ޔަގީންކަންދީފި

މިއަހަރު ނިމުމުގެ ކުރިން ހދ. ވައިކަރަދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރަށް ޚިދުމަތް ދެމުންދާނެ ތަނަކަށް ހެދޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފިޓޭ ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގައި ޞިއްޙީ ދާއިރާއަށް ބޮޑު ބަޖެޓެއް ޖަހާފައިއޮތްކަން ފާހަގަ ކުރަށްވާ ކަމަށާއި، ޚާއްޞަކޮށް ޞިއްޙީ ދާއިރާ ސަރަހައްދުތަކަށް ބަހާލުމުގެ ގޮތުން، އެ ވިސްނުމުގައި ބަޖެޓުކ...

ވައިކަރަދޫގެ ޕީއެސްއައިޕީއަށް އޮތީ 2 މިލިއަން، މިއީ ފާގަތި އުންމީދީ ބަޖެޓެއް: ފިއްޓޭ
Thiladhunmathi News

ވައިކަރަދޫގެ ޕީއެސްއައިޕީއަށް އޮތީ 2 މިލިއަން، މިއީ ފާގަތި އުންމީދީ ބަޖެޓެއް: ފިއްޓޭ

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ފާގަތި ދިރިއުޅުމަކަށް އުއްމީދުތަކަކާ އެއްކޮށް އައިސާފައިވާ ބަޖެޓެއް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ، 2022 ވަނަ އަހަރުގެ ބަޖެޓް ބެހޭ ގޮތުން ވާހަކަ ދައްކާއިރު، ފުރަތަމަ ކަމަކަށް މިފަދަ އުއްމީދީ ބަޖެޓެއް ހުށަހެޅި ކަމަށް ޓަކައި ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ފިނޭންސް މިނިސްޓަރަށް ޝުކުރު ދެންނެވުމަކީ އެންމެ ފ...

ދަރަނިން ސަލާމަތް ވެވިއްޖެނަމަ ޅޮސް ބަޖެޓުގައި ވެސް އާރުލާނެ: ފިއްޓޭ
Thiladhunmathi News

ދަރަނިން ސަލާމަތް ވެވިއްޖެނަމަ ޅޮސް ބަޖެޓުގައި ވެސް އާރުލާނެ: ފިއްޓޭ

ދައުލަތުގައި އޮތް ދަރަންޏަކީ މިސަރުކާރުން ކުރިކަމެއް ނޫންކަމަށާއި، ދަރަނި ދައްކަން ޖެހިފައިވަނީ އެންމެ ދަތިވިވަގުތުކަމަށާއި އަދި އެ ދަރަނިން ސަލާމަތް ވެވިއްޖެ ނަމަ ހުށަހެޅިފައިވާ ”ޅޮސް ބަޖެޓުގައި އާރު ލާނެ” ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ. ފިއްޓޭ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ....

ގަލޮޅު ދަނޑަށް ސަޕޯޓަރުން ނުވަންނަ މައްސަލާގައި މަޚްލޫފް ދެއްވި ޖަވާބަށް ފިއްޓޭގެ ނުރުހުން
Raajje

ގަލޮޅު ދަނޑަށް ސަޕޯޓަރުން ނުވަންނަ މައްސަލާގައި މަޚްލޫފް ދެއްވި ޖަވާބަށް ފިއްޓޭގެ ނުރުހުން

ގަލޮޅު ދަނޑަށް ސަޕޯޓަރުން ނުވަންނަ މައްސަލައިގައި، ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް ދެއްވި ޖަވާބާއިމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ނުރުހުން ފާޅު ކުރަށްވައިފިއެވެ. މިއަދު އޮތް މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާގެ ސުވާލު ކުރުމުގެ ވަގުތުގައި ގަލޮޅު ދަނޑަށް ސަޕޯޓަރުން ނުވަންނަ މައްސަލައިގައި، ޔޫތު މިނިސްޓަރު މަޚްލޫފް ދެއްވި ޖަވާބަކާއި ގުޅިގެން މެމްބަރު ޒިޔާދު ވިދާޅުވީ ވަޒީރުގެ ޖަވާބާއި ކުޑަކޮށް ތަފާތު ވާތީ، […]

ފިއްޓޭ ވައިކަރަދޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވައިފި
News

ފިއްޓޭ ވައިކަރަދޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވައިފި

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވައިކަރަދޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވައިފިއެވެ. ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދާއިރާގައި ކުރެވޭ މަސައްކަތް ހިއްސާ ކުރެއްވުމަށް ބޭއްވި ފުރަތަމަ ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ވައިކަރަދޫގައެވެ. ވައިކަރަދޫގައި މިބައްދަލުވުން ކުރިއަށް ގޮސްފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ސުލައިމާނިއްޔާ ޕްރީ ސްކޫލް ހިންގި އިމާރާތުގައެވެ. ނެއްލައިދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ. މިބައްދަލުވުން...

ހުކުރު ގަޑީގައި ފުޓްބޯޅަ ކުޅެގެން ކުށްވެރިވި، ސަލާމަތްވީ ފިލީމަ: ފިއްޓޭ
Thiladhunmathi News

ހުކުރު ގަޑީގައި ފުޓްބޯޅަ ކުޅެގެން ކުށްވެރިވި، ސަލާމަތްވީ ފިލީމަ: ފިއްޓޭ

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ފިއްޓޭ “ކުޑައިރު” ހުކުރު ގަޑީގައި ފުޓްބޯޅަ ކުޅުއްވައިގެން ކުށްވެރިވިކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ. މިހެން އެބޭފުޅާ ވިދާޅުވީ މިދިޔަ ހަފްތާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށައެޅުއްވި ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ. މެންބަރު ޒިޔާދު ވިދާޅުވީ އިސްލާހިއްޔާ ހަދައިގެން ކުދިން ބަންދުކޮށްގެން އިސްލާހުކުރަން މީގެ ކުރިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ނުވާނެކަމެއްކަމަށް...

އިސްލާމީ އަސްލަކާ ދެކޮޅަށް ވޯޓުނުދިނުމަށް ދާއިރާގެ ރައްޔިތުން އެދޭ: ފިއްޓޭ
Thiladhunmathi News

އިސްލާމީ އަސްލަކާ ދެކޮޅަށް ވޯޓުނުދިނުމަށް ދާއިރާގެ ރައްޔިތުން އެދޭ: ފިއްޓޭ

އިސްލާމީ އަސްލަކާ ޚިލާފުވާކަމަކާ ދެކޮޅަށް ވޯޓުނުދިނުމަށް ދާއިރާގެ ރައްޔިތުން އެދޭކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ ކަމަށެވެ. ޒިޔާދު މިހެން ވިދާޅުވީ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާ ދެކޮޅަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅި ކުއްލި މައްސަލަ އަށް މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. މިހާރު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ ތިރީސް ނުވަވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ އިސްލާމީ އަސްލަކާ ހިލާ...

ނެއްލައިދޫގައި ލަނޑާނެގުން އޮތީ ހުއްޓިފައި: ޒިޔާދު
Thiladhunmathi News

ނެއްލައިދޫގައި ލަނޑާނެގުން އޮތީ ހުއްޓިފައި: ޒިޔާދު

ހދ. ނެއްލައިދޫގައި ހުއިފި ލަނޑާ ނެގުމުގެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 36 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޒިޔާދު ވިދާޅުވީ ލަނޑާ މަސްވެރިކަމަކީ ނެއްލައިދޫގައި ވަރަށް ބޮޑު ޢާމްދަނީއެއް ވައްދާ ކަމެއް ކަމަށާއި ނަމަވެސް މިއަދު އެކަން މިހާރު އޮތީ ހުއްޓިފައިކަމަަށެވެ. ޒިޔާދު ވިދާޅުވީ ލަނޑާ ނެގުން ހުއްޓީފައި އޮތީ ލަނޑާ ވިއްކާނެ ގޮތެއް ނެތުމުން ކަމަށެވެ. އަދި ކުރިން […]

އާ ފްލެޓްތަކުގައި ނިދަންޖެހޭނީ ކޮޅަށް ތިބެ، ބްރިޖް ނިންމީ މިސަރުކާރުން: ޒިޔާދު
Parliament

އާ ފްލެޓްތަކުގައި ނިދަންޖެހޭނީ ކޮޅަށް ތިބެ، ބްރިޖް ނިންމީ މިސަރުކާރުން: ޒިޔާދު

މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާފައި އޮތް ބުރިޖު ނިންމީ މިސަރުކާރުން ކަމަށާއި މިދިޔަ ސަރުކާރުން ނިންމި އެއްވެސް ޕްރޮޖެކްޓެއް ނެތްކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ. ގެއްލުންވާ ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުން މެމްބަރު ޒިޔާދު ވިދާޅުވީ ވޭތުވެ ދިޔަ ސަރުކާރުގައި އެއްވެސް ޕްރޮޖެކްޓެއް ނިމިފައި ނެތްކަމަށެވެ. އެގޮތުން ސިނަމާލޭ ބ...

ފިއްޓޭ ކިޔައިދިން އަޅުކުއްޖާގެ ވާހަކައިން ސަމާލުކަން!
Parliament

ފިއްޓޭ ކިޔައިދިން އަޅުކުއްޖާގެ ވާހަކައިން ސަމާލުކަން!

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މަޖިލީހުގެ ޖަލްސާގައި ދެއްކެވި އަޅުކުއްޖެއްގެ ވާހަކައަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެއެވެ. މަޖިލީހުގެ 29ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފިއްޓޭ ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ މީގެ ކުރިން އާމްދަނީ ހޯދުމަށް ވައްކަންކުރި ދެމަފިރިއަކު ގެންގުޅުނު އަޅުކުއްޖެއްކަމަށެވެ. “‎އަޅުގަނޑު މި ދައްކަނީ ވައްކަން ކުރަން، އާމްދަނީ ހޯދަން ވައްކަންކުރަން އުޅުނު ދެމަފިރިއަކު ގެންގުޅުނު އަޅު ކުއްޖެއްގެ ވާހަކަ. އެ...