އިސްލާމީ އަސްލަކާ ދެކޮޅަށް ވޯޓުނުދިނުމަށް ދާއިރާގެ ރައްޔިތުން އެދޭ: ފިއްޓޭ

fBVFzuJ8YBSsTQyoVFm2U48bAhpZP3ZaRIpsBzZY

އިސްލާމީ އަސްލަކާ ޚިލާފުވާކަމަކާ ދެކޮޅަށް ވޯޓުނުދިނުމަށް ދާއިރާގެ ރައްޔިތުން އެދޭކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ ކަމަށެވެ.

ޒިޔާދު މިހެން ވިދާޅުވީ ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާ ދެކޮޅަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅި ކުއްލި މައްސަލަ އަށް މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

މިހާރު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގެ ތިރީސް ނުވަވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ އިސްލާމީ އަސްލަކާ ހިލާފުވާ ކަމަކާ ވޯޓުނުލާށޭ ކިޔައިގެން ދާއިރާގެ މެމްބަރުން މެސެޖް ކުރާކަމަށާއި ނަމަވެސް އެއްވެސް ބޭފުޅަކު އެ "އަސްލު" ބުނެއެއް ނުދޭކަމަށެވެ.

"ކުއްލި މައްސަލަ ހުށަހެޅި މެމްބަރުވެސް އެ އަސްލު ބުނެ ނުދޭ. އަޅުގަނޑަށް އަދިވެސް ނޭނގެ އެއީ ކޮން އަސްލެއް ކަމެއް" ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި އޭނާއަކީ ދީނީ އިލްމެރިއެއް ނޫންކަމަށާއި އެހެންކަމުން އަންހެން ފަނޑިޔާރު ނެގުމާ އެއްކޮޅަށް މަޖިލީހުގައި މި ވާހަކަ ދައްކަނީ އަދާލަތު ޕާޓިއިން ނެރެފައިވާ ބަޔާނުން ހިތްވަރު ލިބިގެން ކަމަށެވެ.

ޢަދާލަތު ޕާރޓީގެ އިލްމުވެރިންގެ މަޖިލީހުން ނެރެފައިވާ ބަޔާނުގައި ވިދާޅުވަނީ އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމާއި ގުޅޭގޮތުން އައިސްފައިވާ ރައުޔުތަކުގެ ތެރެއިން ބޮޑަށް ބުރެވެވެނީ ގާޒީކަމަށް އަންހެނަކު އައްޔަން ކުރުން ހުއްދަ ނޫންކަމަށް ބުނާ ރައުޔު ކަމަށާއި، އެހެން ރައުޔެއް އިހްތިޔާރު ކުރި ނަމަވެސް ފާފަވެރި ނުވާނެކަމަށެވެ.

"އަންހެނުން ހަދާ ގާނޫނަށް ހުކުމް ކުރަން އަންހެނަކު ހުރުން އެއީ ކަމުނުދާކަމެކޭ ބުުނީމާ ބަލައެއް ނުގަނެވޭ"

ޒިޔާދު ވިދާޅުވީ، މި މައްސަލައަކީ ކުއްލި މައްސަލައެއްގޮތަށް ބަލައިގަނެވޭކަށް ނެތްކަމަށާއި ސަބަބަކީ މި ސުޕްރީމް ކޯޓުގެ ފަނޑިޔާރުަކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވާފައިވާ ދެބޭފުޅުންނަކީ ކުރިން ރާއްޖޭގައި ފަނޑިޔާރުކަން ކުރައްވާފައިވާ ދެ ބޭފުޅުން ކަމަށެވެ. އަދި ސުޕްރީމް ކޯޓަކީ އެންމެ ފަނޑިޔާރަކު ހުކުމް ކުރާ ތަނެއް ނޫންކަމަށާއި ސުޕްރީމް ކޯޓުގެ ނިންމުންތައް އަންނާނީ ބެންޗަކުން ކަމަށް ޒިޔާދު ވިދާޅުވިއެވެ.

މޮސްޓާ ހުށަހެޅި މައްސަލައިގާ ވާގޮތުން އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ހުއްދަ ކަމެއް ނޫންކަމަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވެސް ބުނަމުން އަންނަ ދަނޑިވަޅެއްގައި ސުޕްރީމު ކޯޓަށް ދެ އަންހެން ފަނޑިޔާރުން އައްޔަން ކުރަން ރައީސް ލަފަޔަކަށް އެދިވަޑައިގަތުމަކީ އިސްލާމް ދީނުގެ އަސްލުތަކާ އަދި ޝަރީއަތާ ހިލާފުކަމެއް ކަމަށެވެ.

އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ނިންމީ އިސްލާމީ އިލްމުވެރިންގެ މެދުގައި އޮތް ތިން ރައުޔަކަށް ބެލުމަށް ފަހު އެވެ. އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާއު އާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ފެންނަން އޮތް ތިން ރައުޔު ކަމަށް ނިންމުމުގައިވެ އެވެ. ފަތުވާ މަޖިލިހުން ބުނީ އެ ތިން ރައުޔުގެ ތެރެއިން އެންމެ ހަރުދަނާ ރައުޔަކީ އިލްމުވެރިންގެ ޖުމްހޫރުންގެ ރައުޔު ކަމަށެވެ. އެއީ އޭގައި ހިމެނޭ ހުއްޖަތުތަކާއި ދަލީލުތަކުގެ ވަރުގަދަ ކަމުންނާއި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ވެސް ސާބިތުވާ ރައުޔަކަށް ވާތީ ކަމަށް ބުނެފައިވެ އެވެ.

ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބު ކަމަށް ވާ މާލިކީ، ޝާފިއީ، އަންބަލީ އަދި ހަނަފީ މަޒުހަބުގެ ގިނަ އިލްމުވެރިންނާއި ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީއީންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި ހަވާރިޖުންގެ ތެރޭގައި ހިމެނޭ އިބާޟީންގެ ރައުޔަކީ ވެސް އެއީ ކަމަށް، ފަތުވާ މަޖިލިހުން ގަބޫލުކުރެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ލަފަޔަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ ދެ ނަންފުޅު ބަލައިގަނެ އިތުރު ބޭފުޅުންނަށް ކުރިމަތިލެއްވުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހުޅުވާލާފައެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް ރައްޔިތުންގެ މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން އެ މަޖިލީހުން ފާސްކޮށްގެންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރަށް،

    ވަރަށް އަދަބުވެރިކަމާއިއެކު ދަންނަވަން. ދީނުގެ ސާބިތު ނަސްސަކުން އައިސްފައިވާ ހުކުމަކަށް ބަހުސް ނުކުރައްވާ، ތިޔަކަހަލަ ކަންކަމަށް ޢިލްމީރައްދު ދެއްވާ ދީނުގައި ނަގަހައްޓާތި. ޕާރޓީއާއެކު އުޅޭ މީހުންގެ ކުރިޔަށް ދީން ނެރުއްވުމަށް ދަންނަވަން.

    ޢިލްމެއް ނެތީނަމަ ހޯއްދަވާ. ޢިލްމުވެރިންގެ ފަތުވާތައް ބައްލަވާ. މިއީ ވައިކަރަދޫ ދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ ޝުޢޫރު.

  2. ފިއްޓޭއަށް ފެނުނީ ޢަދާލަތު ބަޔާނުން އެންމެ ޖުމްލައެއްތޯ؟ ހަ ސޮފްހާގެ ބަޔާނުގައި ބުނެފައިއޮތީ އެއީ ހުއްދަކަމެއް ނޫން ކަމަށް. އަމިއްލައަށް އެއްޗެއް ނޭނގޭކަމަށް އިއުތިރާފުވެ ރާއްޖޭގައި ނެރެފައިވާ ހުރިހާ ފަތުވާތަކާ ދެކޮޅަށް ތިޔަ ވާހަކަ ދައްކަނީ.
    ލެވުނު ވޯޓާ މެދު ދެރަވަން

    8
    1
  3. ވޯޓު ހޯދަންވީމަ އަންނިއެއް އިބޫއެއް އެމްޑީޕީއެއް ނޯންނާނޭ ކިޔަމުން އައިސް ގޮނޑިއަށް ވެޑުވުނީމާ ހުރިހާކަމެއް ހަނދާން ނެތުނީ

    5
    1

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި