•  
  •  
  •  
  •  
  •  
  •  

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މަޖިލީހުގެ ޖަލްސާގައި ދެއްކެވި އަޅުކުއްޖެއްގެ ވާހަކައަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މަޖިލީހުގެ 29ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފިއްޓޭ ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ މީގެ ކުރިން އާމްދަނީ ހޯދުމަށް ވައްކަންކުރި ދެމަފިރިއަކު ގެންގުޅުނު އަޅުކުއްޖެއްކަމަށެވެ.

“‎އަޅުގަނޑު މި ދައްކަނީ ވައްކަން ކުރަން، އާމްދަނީ ހޯދަން ވައްކަންކުރަން އުޅުނު ދެމަފިރިއަކު ގެންގުޅުނު އަޅު ކުއްޖެއްގެ ވާހަކަ. އެއީ އިއްޔެގަ އި. މިއަދު އެއީ މި ޤައުމުގެ ކުރީގެ ނައިބު ރައީސްކަން ކުރި ބޭފުޅެއް” އެބޭފުޅާ ވިދާޅުވިއެވެ.

ފިއްޓޭ ވިދާޅުވީ އަދީބު ފިލައިގެން ދިޔުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އޭގެ ސަބަބުން ސަރުކާރާއި ދޭތެރޭވެސް ކަންބޮޑުވާކަމަށް މެންބަރު ވަނީ ވިދާޅުވެފައެވެ.

ފިއްޓޭގެ ވާހަކަފުޅުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން އެފަދަ ރައީސުންނަށް ޕޯޑިއަމްތަކުގައި ވާހަކަ ދައްކަން ފުރުސަތު ލިބޭނެނަމަ އެފަދަ ކިތަންމެ އަދީބެއް އުފެދޭނެކަމަށް ވިދާޅުވިއެވެ.

އަދި އަދީބުތައް ހުއްޓުވޭނީ އެފަަދަ ރައީސުންނަށް ފިޔަވަޅު އަޅައިގެންކަމަށް ފިއްޓޭ ފާހަގަކުރެއްވިއެވެ. އެބޭފުޅާ ވަނީ އަދީބަކީ ހަމަ އާދައިގެ ސޮރެއްކަމަށްވެސް ބުނެފައެވެ.

ޚިޔާލު

Your email address will not be published.