ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވައިކަރަދޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވައިފިއެވެ.

ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދާއިރާގައި ކުރެވޭ މަސައްކަތް ހިއްސާ ކުރެއްވުމަށް ބޭއްވި ފުރަތަމަ ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ވައިކަރަދޫގައެވެ. ވައިކަރަދޫގައި މިބައްދަލުވުން ކުރިއަށް ގޮސްފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ސުލައިމާނިއްޔާ ޕްރީ ސްކޫލް ހިންގި އިމާރާތުގައެވެ. ނެއްލައިދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ. މިބައްދަލުވުން ތަކުގެ ތެރޭން އެންމެ ފަހު ބައްދަލުވުން ބާއްވާފައިވަނީ މިރޭ ކުރިނބީ ގައެވެ.

Ad
rt

މިބައްދަލުވުން ތަކުގައި ފިއްޓޭގެ ވާހަކަފުޅަށްފަހު ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ޝުއޫރު ފާޅުކުރެއްވުމާއި މެންބަރާއި ސުވާލުކުރެއްވުމުގެ ފުރުޝަތުވަނީ ހުޅުވާލާފައެވެ. މިބައްދަލުވުން ތަކުގައި ކޮންމެ ރަށެއްގެވެސް ކައުންސިލް މެންބަރުން ވަނީ ބައިވެރިވެފައެވެ.