ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ދެ ފަރާތުން މިއަދު ވަނީ ސޮއިކޮށްފައެވެ.

Ad
rt

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އެއް ފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭނެ ފަދަ ޒަމާނީ މެރީނާއެކެވެ. މިއީ އުލިގަމަށް ޒިޔާރަތްކުރާ ޔޮޓް ފަހަރަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

އަލަށް ތަރައްޤީކުރާ މި މެރީނާއިން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު އަސާސީ ޚިދުމަތްތަކުގެ އިތުރުން، އިމިގްރޭޝަން އަދި ކަސްޓަމްސްގެ ޚިދުމަތްތައް ވެސް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން މަޢުލޫމާތުދެއެވެ.

އުލިގަމު ޔޮޓް މެރީނާ ފަރުމާކޮށް ތަރައްގީކުރާނެ ބަޔަކު ހޯދުމަށް ބީލަމަށް

އެމްޕީއެލް އިން ބުނި ގޮތުގައި، މި ޔޮޓް މެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްޤީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތްވެސް އެ ކުންފުނިން މިހާރު ދަނީ ކުރަމުންނެވެ.

އުލިގަމުގައި ޔޮޓް މެރީނާއެއް ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެމްޕީއެލުން ބީލަމަށް ހުޅުވާލާފައިވަނީ މި ހިނގާ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައެވެ.

މިއީ މި ސަރަޙައްދުގެ ފަތުރުވެރިކަމާއި އިޤްތިޞާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.

އުލިގަމަކީ މިހާރުވެސް އަހަރުގެ އެކި ދުވަސްވަރު ގިނަ އަދަދަކަށް ޔޮޓްތައް ބަނދަރުކުރަމުންދާ ރަށެކެވެ.