މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ނުލިބޭ ތެޔޮތަކަށް ފައިސާ ދޫކުރި މައްސަލާގައި އެ ކުންފުނީގެ ކުރީގެ އިސް މުވައްޒަފަކާއި ބިދޭސީއަކު އަށް އަހަރާއި ނުވަ މަހަށް ޖަލަށްލައި, ބަދަލުގެ ގޮތުގައި ހަ މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖެނުއަރީ, 2020 އިން ފެށިގެން އޮކްޓޫބަރު 2020 ގެ ނިޔަލަށް 783,000 ލީޓަރުގެ ޑީސަލް އެމްޕީއެލްއަށް ލިބިފައިވާ ކަމަށް ލިޔެކިޔުންތަކުން ދައްކުވައި, އެއަށްވާ ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފިއުލް ސަޕްލައި މޯލްޑިވްސްއަށް ދޫކުރި މައްސަލާގައި ދައުލަތުން ދައުވާކުރީ އެމްޕީއެލްގެ އޭރު ޕްރޮކިއުމަންޓް ޑިޕާޓްމެންޓްގެ ޗީފް މެނޭޖަރު ސ. ފޭދޫ ވާރުގޭ މުހައްމަދު އައިމަން އާއި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޑްރައިވަރެއްގެ ގޮތުގައި އުޅުނު ބަންގްލަދޭޝްގެ ސޮޖިބްގެ މައްޗަށެވެ.

Ad
d

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައިވަނީ އައިމަން އާއި ސޮޖިބްގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާ އާއި ސައްހަ ނޫން ލިޔުމެއް އުފެއްދުން ނުވަތަ އޭގެ ތެދުކަން ދެއްކުމުގެ ދައުވާ ސާބިތުވާތީ ހިޔާނާތްތެރިވުމުގެ ކުށުގައި ކޮންމެ މީހަކު އަށް އަހަރަށް ޖަލަށްލުމުގެ އިތުރުން ސައްހަ ނޫން ލިޔުމުގެ މައްސަލާގައި ކޮންމެ މީހަކު ނުވަ މަހާއި 18 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި އައިމަން ޖަލަށްލާން ހުކުމް ކުރިއިރު, އެ މައްސަލައާ ގުޅިގެން އޭނާ އޭރު ވަޒީފާއިން ވެސް ވަކިކުރި އެވެ. އެ މައްސަލާގައި އޭނާއަށް އަލުން ވަޒީފާދޭން ނުޖެހޭނެ ކަމަށް ހައި ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.

Ad
df

އެ މައްސަލާގައި ތިން ވަނަ މީހެއްގެ މައްޗަށް ވެސް އޭރު ދައުވާކުރި އެވެ. ނަމަވެސް އޭނާގެ ބަޔާ މެދު ނިންމި ގޮތެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ.