މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހައިކޯޓު

171 Stories filed
އިހުމާލުގައި މަލަން އަޅަން ޕީޖީން ހައި ކޯޓަށް ދާތީ ހައި ކޯޓު ރަތަށް
Raajje

އިހުމާލުގައި މަލަން އަޅަން ޕީޖީން ހައި ކޯޓަށް ދާތީ ހައި ކޯޓު ރަތަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުވާ މީހަކު ދޫކޮށްލުމުގައި ދައުލަތުގެ އިހުމާލުތައް ފޮރުވަން “މަލަން އަޅަން” ހައި ކޯޓަށް އަންނަނީ ކަމަށް ބުނެ ހައި ކޯޓުގެ ހޫނު ހަމަލާތަކެއް ދައުލަތަށް އަމާޒުކޮށްފި އެވެ. މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލީ ފަސް އަހަރު އެ މީހާގެ ކުށުގެ ރެކޯޑެއް ނެތުމުން ކަމަށް ބުނެ އެވެ. އެ މީހާ ހައްޔަރުކުރި ކޮޓަރިން، މަސްތުވާތަކެތި ކިރަން ބޭނުންކުރާ ކަށްޓާ އާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ […]

ނޫރު މަރާލުމުގައި ބައިވެރިވި ކުއްޖާއަށް މަރުގެ އަދަބު ނުދެވޭނެ: ހައިކޯޓު
Raajje

ނޫރު މަރާލުމުގައި ބައިވެރިވި ކުއްޖާއަށް މަރުގެ އަދަބު ނުދެވޭނެ: ހައިކޯޓު

އައިޖީއެމްއެޗް ކައިރީގައި ހަމަލާދީ މަރާލި ނޫރު އާދަމް ހަސަންފުޅުގެ މައްސަލާގައި ކުށް ސާބިތުވި ކުއްޖާގެ މައްޗަށް މަރުގެ އަދަބު ދެވެން ނެތުމުން އޭނާގެ މައްޗަށް އަލުން އަދަބު ކަނޑައަޅަން ހައި ކޯޓުން އަންގައިފި އެވެ. މާޗް، 2015 ގައި ގްރޫޕަކުން ގޮސް ނޫރު އާދަމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އެ ކުއްޖާ މަރަން […]

ކުޑަކުދިންތަކަކާ ބެހުނު މީހަކު ހައިކޯޓުން މިިނިވަންކޮށްފި
Raajje

ކުޑަކުދިންތަކަކާ ބެހުނު މީހަކު ހައިކޯޓުން މިިނިވަންކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް ނުބައި ދައުވާއެއް ކޮށްފައިވާތީ ހައި ކޯޓުން އޭނާ މިނިވަންކޮށްފި އެވެ. ފ. އަތޮޅުގެ ރަށެއްގައި 2014 ވަނަ އަހަރު އެކި ފަހަރުމަތިން 14 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކު ފަޅު ގެއަކަށް ގެންގޮސްގެން އެ ކުދިންނާ މެދު އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި 2021 ވަނަ އަހަރު މީހެއްގެ މައްޗަށް ހުކުމްކުރީ ތިން އަހަރަށް ޖަލަށްލައި, 19 އެތިފަހަރުން ތައުޒީރު ކުރުމަށެވެ. އެ ހުކުމް ހައި […]

ޔާމީންގެ އިސްތިއުނާފް އަޑުއެހުން ޕީޖީން އެދިގެން ކެންސަލް
Raajje

ޔާމީންގެ އިސްތިއުނާފް އަޑުއެހުން ޕީޖީން އެދިގެން ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުުގެ އިސްތިއުނާފް ޝަރީއަތް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިގެން މިއަދު ކެންސަލް ކޮށްފި އެވެ. މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޔާމީނަށް އިއްވާފައިވާ ހުކުމާއި ރިޝްވަތު ދިނުމުގެ ކުރުގައި ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވާފައި ޖަލު ހުކުމުގެ އިސްތިއުނާފް ޕީޖީން އެދިގެން ކުރިން ވެސް ކެންސަލްކުރި އެވެ. މިއަދު މެންދުރު ފަހު 2:00 އަށް ތާވަލްކުރި ޝަރީއަތް […]

ދޮންދަރިއާ ބެހުނު މީހަކު 15 އަހަރަށް ޖަލަށްލީ ރަނގަޅަށް: ހައިކޯޓް
Raajje

ދޮންދަރިއާ ބެހުނު މީހަކު 15 އަހަރަށް ޖަލަށްލީ ރަނގަޅަށް: ހައިކޯޓް

ދޮން ދަރިއާ ބެހުނު މީހަކު 15 އަހަރަށް ޖަލަށް ލާން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ. ދިވެހި ފިރިހެނެއްގެ މައްޗަށް އެ ހުކުމް އައީ އުމުރުން 8 އަހަރުގެ ދޮންދަރިފުޅު އޮކްޓޫބަރު 2018 ގައި ނިދާފައި އޮއްވައި އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ. އެ މައްސަލަ އެ މީހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ މީހާ ޖިންސީ ގޯނާކުރި ކަމަށް އެ […]

ޔާމީންގެ އިސްތިއުނާފް އަޑުއެހުން ކެންސަލްކޮށްފި
Raajje

ޔާމީންގެ އިސްތިއުނާފް އަޑުއެހުން ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުން ހައި ކޯޓުން މިއަދު ކެންސަލް ކޮށްފި އެވެ. ވ. އާރަށް މައްސަލާގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލާގައި މިއަދު މެންދުރު ފަހަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެންނެވެ. އަޑުއެހުން ކެންސަލް ކުރަން އެދުނު ސަބަބެއް ސާފެއް ނުވި އެވެ. ޔާމީންގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ މައްސަލާގައި އަޑުއެހުމެއް އެންމެ ފަހުން އޮތީ މި […]

މީހަކު މެރުމުގެ ތުހުމަތުވާ ދެ މީހަކަށް ފެނަކައިން ވަޒީފާ, ހައިކޯޓުގެ ސުވާލު ދައުލަތަށް
Raajje

މީހަކު މެރުމުގެ ތުހުމަތުވާ ދެ މީހަކަށް ފެނަކައިން ވަޒީފާ, ހައިކޯޓުގެ ސުވާލު ދައުލަތަށް

މާލޭގެ ކެފޭއެއްގެ ތެރޭގައި މަރާލި ނަދީމް އިބްރާހިމްގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ ދެ މީހަކު ބަންދުކުރަން އެދުނުއިރު ފެނަކަ ކޯޕަރޭޝަނުން އެ މީހުންނަށް ވަޒީފާ ދީފައިވާތީ ހައި ކޯޓުގެ ފަނޑިޔާރުން މިއަދު ސުވާލު އުފައްދައިފި އެވެ. ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރު ގްރޫޕަކުން ގޮސް ނަދީމަށް ތޫނު އެއްޗެހިން ހަމަލާދީ، މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް މަފާޒް ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒާއި ރ. އިންނަމާދޫ […]

މަންޑޭގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައިކޯޓު
Raajje

މަންޑޭގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައިކޯޓު

ކޭ ޕާކް ފްލެޓްތަކުގެ މައްސަލާަގައި މަކަރާއި ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަސަން މަމްދޫހް (މަންޑޭ) ގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހުޅުމާލޭގައި ކޭ ޕާކް ފްލެޓްތައް ތަރަައްގީ ކުރަމުންދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓީ އެ ކުންފުންޏަށް ނޭނގި އޭނާ ގިނަ އަދަދެއްގެ ފްލެޓް ވިއްކި ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ މައި ހިއްސާދާރު ފުލުހުންނަށް […]

ޑީއާރުޕީގެ ދަރަނި މައުމޫން އަތުން ހޯދަން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިނުގަތް
Raajje

ޑީއާރުޕީގެ ދަރަނި މައުމޫން އަތުން ހޯދަން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައިނުގަތް

ޑީއާރުޕީގެ ދަރަންޏަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވުމަށް އެމަނިކުފާނާ ދެކޮޅަށް އެމްޓީސީސީން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަންނަން އެ ކޯޓުން ނިންމައިފި އެވެ. ޑީއާރުޕީން އެމްޓީސީސީއަށް ދައްކަންޖެހޭ މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ މައްސަލާގައި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އެ ދަރަންޏަށް ޒިންމާ ކުރުވަން އެމްޓީސީސީން އެދުނަސް، ސިވިލް ކޯޓުން ނިންމާފައިވާ އެ ދަރަނީގެ ޒިންމާ މައުމޫން ނަންގަވަން ނުޖެހޭނެ ކަމަށެވެ. އެ ނިންމުން އިސްތިއުނާފް ކުރަން އެމްޓީސީސީން ހައި […]

ވެމްކޯގެ ވެބްސައިޓް ދިވެހި ބަހުން ނޯންނާތީ ފަނޑިޔާރުންގެ ސުވާލު ކުރިމަތިވެއްޖެ
Raajje

ވެމްކޯގެ ވެބްސައިޓް ދިވެހި ބަހުން ނޯންނާތީ ފަނޑިޔާރުންގެ ސުވާލު ކުރިމަތިވެއްޖެ

ވެމްކޯގެ ވެބްސައިޓް ދިވެހި ބަހުން ލިޔެފައި ނުހުންނާތީ ހައި ކޯޓުގެ ޝަރީއަތެއްގައި ފަނޑިޔާރުން ސުވާލު ކުރިމަތިކޮށް, އެއީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށް ވިދާޅުވެއްޖެ އެވެ. ވެމްކޯގެ މައުލޫމާތުތަކެއް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލައެއް ވެމްކޯއިން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ސުވާލު އުފެއްދެވީ ވެމްކޯގެ މަސައްކަތުގެ ދާއިރާއާއާ ގުޅޭގޮތުންނެވެ. ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވީ ވެމްކޯގެ ވެބްސައިޓްގައި ދިވެހި ބަހުން މައުލޫމާތު...

އަދީބާއި ޒިޔަތު ނެތަސް ޔާމީން ކުށްވެރިވާނެ ހެކި އެބަހުރި: ދައުލަތް
Raajje

އަދީބާއި ޒިޔަތު ނެތަސް ޔާމީން ކުށްވެރިވާނެ ހެކި އެބަހުރި: ދައުލަތް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް އެއް ފަރާތް ކުރިޔަސް, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އޮތީ އިއްވައިފަ އެވެ. އަދި އެ މައްސަލާގައި ރައްޔިތުންގެ […]

ޔާމީންގެ އިސްތިއުނާފް ޝަރީއަތް ބުދަ ދުވަހު ބާއްވަނީ
Raajje

ޔާމީންގެ އިސްތިއުނާފް ޝަރީއަތް ބުދަ ދުވަހު ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހަށް ހައި ކޯޓުގައި ތާވަލުކޮށްފި އެވެ. ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފްކުރަން އެމަނިކުފާނު ހުށަހެޅުއްވުމުން އެ މައްސަލަ މިހާރު ދަނީ ކުރިއަށެވެ. އެ މައްސަލާގެ އަޑުއެހުމެއް ބުދަ ދުވަހަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ. އިސްތިއުނާފް ޝަރީއަތް އަވަސްކުރުން ޔާމިނަށް މުހިންމުވެފައިވަނީ އަންނަ ރިޔާސީ އިންތިހ...

އިސްތިއުނާފް ޝަރީއަތް އަވަސްކޮށް, ދިގުކޮށް ބާއްވައިދީ: ޔާމީން
Raajje

އިސްތިއުނާފް ޝަރީއަތް އަވަސްކޮށް, ދިގުކޮށް ބާއްވައިދީ: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތައް އަވަސް އަވަހަށް އަދި ދިގުކޮށް ބާއްވަން ޔާމީން އެދިއްޖެ އެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔޫސުފް ނައީމް އަތުން ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ޔާމީން އަދި ޔޫސުފް […]

ޔާމީންގެ ފުއްގިރި މައްސަލަ ބާރަށް ކުރިއަށް, މާދަމާ ވެސް އަޑުއެހުމެއް
Raajje

ޔާމީންގެ ފުއްގިރި މައްސަލަ ބާރަށް ކުރިއަށް, މާދަމާ ވެސް އަޑުއެހުމެއް

ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް އިއްޔެ އާއި މިއަދު ބޭއްވުމަށްފަހު މާދަމާަ ވެސް ބާއްވަން ތާވަލްކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާގައި މިއަދު ވަނީ ހިޔާނާތް ހިންގުމުގައި އިސްކޮށް އުޅުނު އެމްއެމްޕީއާރުސީގެ ކުރީގެ […]

ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރައްވައިފި
Raajje

ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރައްވައިފި

ހައިކޯޓާއި ކްރިމިނަލް ކޯޓަށް އައްޔަންކުރި ފަނޑިޔާރުން ހުވާކުރައްވައިފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވީ، ދިވެހިރާއްޖޭގެ ހައިކޯޓަށާއި، ކްރިމިނަލް ކޯޓަށް އައްޔަނު ކުރެއްވި ދެ ފަނޑިޔާރުން ފަނޑިޔާރުކަމުގެ ހުވާ މިއަދު ކުރައްވާފައިވާ ކަމަށެވެ. މި ބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމްއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރައްވާފައި ވަނީ، އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ގދ.ގައްދޫ، ހަނދުވަރީ...