މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ ކުރިނބީ

77 Stories filed
މޫސުން ގޯސްވެ، ކުރިނބީ ދޯންޏެއް ފަރަށް އަރައިފި
Thiladhunmathi News

މޫސުން ގޯސްވެ، ކުރިނބީ ދޯންޏެއް ފަރަށް އަރައިފި

މޫސުން ގޯސްވެ ކުރިނބީ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގެ ވާކަނޑައިގެން ގޮސް އެރަށު ފަރަށް އަރައިފިއެވެ. ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިރޭ 8:45 ހާއިރުކަމަށެވެ. މި ދޯނި އަރައިފާވަނީ އެރަށު ފަޅުގެ ނެރުބައްތި ކައިރި ތޮށިގަނޑަކަށް ކަމަށް އަސްލަމް ވިދާޅުވިއެވެ. މި ދޯނި މިހާރު ވަނީ އެރަށު ރައްޔިތުން ނިކުމެ އެއްގަމުކޮށްފަ އެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ދޯނި އެއްގަމުކުރެވުނު ނަމަވެސް އެ […...

އަމާޒް ލަތީފްގެ ގަލަމުން: ކުރިނބީ ބޮޑު ރަނިކަގަސް
Thiladhunmathi News

އަމާޒް ލަތީފްގެ ގަލަމުން: ކުރިނބީ ބޮޑު ރަނިކަގަސް

ހދ. ކުރިނބީ ބޮޑު ރަނިކަ ގަހަކީ އެތައްޒަމާނެއް ވަންދެން އެރަށުގައި، އެންމެ ބޮޑުގަހުގެ ގޮތުގައި، ގަސްކަރަ މަތިން ގުއްބެއް ގޮތަށް އުސްކޮށް ފެންނަން ހުރި ވަރަށް ބޮޑު ބިޔަ ގަހެކެވެ. ބުނެވޭ ގޮތުގައި މިގަހަކީ އެ އަތޮޅުގެ ރަށްރަށުގެ މަލަމަތިން ފެންނަ ގަސްތަކުގެ ތެރެއިންވެސް އެންމެ އުސްކޮށް ފެންނަން ހުންނަ އެއްގަހެވެ. އެގަހަށް ކުރިނބީ ބޮޑު ރަނިކަގަހޭ ކިޔެނީ ގަހުގެ ބޮޑުކަމުންނާއި ރަށުގެ މަލަމަތިން ރަށުގެ ހައިބަތު ދައްކުވައިދިން ގަހަކަށް ވީތީއެވެ. 100 ފޫޓަށް ވުރެ ދިގު […]

ފިނޭ، ނައިވާދޫ، ކުރިނބީ، ނޮޅިވަރަމް އަދި ކުޅުދުއްފުށިން 7 މީހަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ފިނޭ، ނައިވާދޫ، ކުރިނބީ، ނޮޅިވަރަމް އަދި ކުޅުދުއްފުށިން 7 މީހަކު ޕޮޒިޓިވްވެއްޖެ

ހދ. އަތޮޅުގެ 5 ރަށަކުން 7 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ، ހދ. އަތޮޅުގެ ރަށްތަކުން އެންމެ ފަހުން ޓެސްޓް ކުރެވުނު 53 ސާމްޕަލްގެ ތެރެއިން 7 ސާމްޕަލެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވި އެންމެންނަކީ ވެސް އެރަށްރަށުގައި ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ. މިގޮތުން ފިނޭން ވަނީ 3 މީހަކު ޕޮޒިޓިވްވެފައެވެ، ނައިވާދޫ، ކުރިނބި، ނޮޅިވަރަމް އަދި ކުޅުދުއްފުށިންކުރެ ކޮންމެ ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. މިވަގުތު ހދ. އަތޮޅ...

ފަލަސްތީނު ފަންޑަށް ކުރިނބީ ރައްޔިތުން -/164509 ރުފިޔާ ހަަދިޔާކޮށްފި
Thiladhunmathi News

ފަލަސްތީނު ފަންޑަށް ކުރިނބީ ރައްޔިތުން -/164509 ރުފިޔާ ހަަދިޔާކޮށްފި

އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ގެއްލުން ވެފާވައި ފަލަސްތީނުގެ ރައްޔިތުންގެ ފަންޑަށް ހދ. ކުރިނބީ ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮއްދީފި އެވެ. މިފަންޑަށް އެހީ ހޯދުމުގެ ހަރަކާތް އެރަށުގައި ކުރިއަށް ގެންގޮސްފައި ވަނީ ރަށު ކައުންސިލުން އިސްނަގައިގެން މުއައްސަސާތަކާއި ޖަމިއްޔާތައް ގުޅިގެންނެވެ. މިހަރާކަތުން ޖުމްލަ 164509 (އެއް ލައްކަ ފަސްދޮޅަސް ހަތަރު ހާސް ފަސްސަތޭކަ ނުވަ ރުފިޔާ / -) އެރަށުން ހަދިޔާކުރިއެވެ. މިފަންޑަށް ދިވެހި ރުފިޔާއިން 160،500 (އެއް ލައްކަ ފަސްދޮޅަސ...

ކުރިނބީ ގޮނޑުދޮށުގައި އިންޑިޔާ ޓީޗަރަކު މަރުވެފައި އޮށްވާ ފެނިއްޖެ
Thiladhunmathi News

ކުރިނބީ ގޮނޑުދޮށުގައި އިންޑިޔާ ޓީޗަރަކު މަރުވެފައި އޮށްވާ ފެނިއްޖެ

ހދ. ކުރިނބީ ސްކޫލްގައި މަސައްކަތްކުރާ ޓީޗަރަކު އެރަށުގެ ގޮނޑުދޮށުގައި މަރުވެފައޮށްވާ ފެނިއްޖެއެވެ. ކުރިބީގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް “ތިލަދުން”އަށް ކަށަވަރުކޮށް ދެއްވިއެވެ. “ބިދޭސީ ޓީޗަރެއް އެއީ، މިހާރު ވަނީ ހެލްތު ސެންޓަރަށް ގެންގޮސްފަ، ގެންދިޔައިރު ވެސް ނިޔާވެފަ އޮތްކަމަށް މައުލޫމާތު ލިބެނީ، އަޅުގަނޑަށް އެނގިފަވާ ގޮތުގައި އޭނާ ގޮނޑު ދޮށުގައި އޮށްވާ ފެނުނީ 8:50 ހާއިރު” އަފްރާޙް ވިދާޅުވިއެވެ. އެ ޓީޗަރު ދިރިއުޅެނީ އެރަށުގައި މީހުން އ...

ހދ. އަތޮޅުން ރައްޔިތު ބައްދަލުވުން ބޭއްވީ 5 ކައުންސިލަކުން
Thiladhunmathi News

ހދ. އަތޮޅުން ރައްޔިތު ބައްދަލުވުން ބޭއްވީ 5 ކައުންސިލަކުން

މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ ބައްދަލުވުން ބޭއްވީ ހދ.އަތޮޅުގެ 5 ކައުންސިލަކުން ކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބާޔާންކޮއްފައިވާ ގޮތުގެ މަތީން މި އަހަރު ފެބުރުއަރީ މަހު ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ބާއްވާ، އެ ކައުންސިލަށް އެމަޢުލޫމާތު ޙިއްޞާކޮށްފައިވަނީ ހދ.އަތޮޅުގެ 5 ރަށު ކައުންސިލުން ކަމަށެވެ. އެގޮތުން އެ 5 ރަށު ކައުންސިލަކީ : ތިލ...

ކުރިނބީ ފަޅުތެރޭ އޮތް ލޯންޗެއް އަޑިއަށްދާތީ ސިފައިން އެހީތެރިވެއްޖެ
Thiladhunmathi News

ކުރިނބީ ފަޅުތެރޭ އޮތް ލޯންޗެއް އަޑިއަށްދާތީ ސިފައިން އެހީތެރިވެއްޖެ

ހދ. ކުރިނބީ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗަކަށް ދިޔަވެ އަޑިއަށްދާތީ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ކުރިނބީ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗަކަށް ދިޔަވެ އަޑިއަށްދާތީ ސިފައިން އެހީތެރިކަމާއެކު އެ ލޯންޗް މިހާރު ސަލާމަތް ކުރެވިފައިވާ ކަމަށެވެ. 20 ފޫޓްގެ މި ލޯންޗް އަޑިއަށްދާ ކަމުގެ މައުލޫމާތު ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ ފަތިހު 3:59 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ލޯންޗް ސަލާމަތްކުރުމުގައި ކުރިނބީގެ ރައްޔިތުންގެ އެހީތެ...

ތިލަދުންމަތީ ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ތުރާކުނު އަދި ނެއްލައިދޫ
Thiladhunmathi News

ތިލަދުންމަތީ ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ތުރާކުނު އަދި ނެއްލައިދޫ

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން ހއ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ތުރާކުނު ކައުންސިލް އަދި ހދ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ހދ. ނެއްލައިދޫ ކައުންސިލް ހޮވިއްޖެ އެވެ. 2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އިއްޔެ ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. […]

ދެމަފިރިންގެ ކިޑުނީވެސް ދަރިފުޅަށް ދިނުމަށް ތައްޔާރު، ބޭނުންވަނީ އެހީ އެއް!
Thiladhunmathi News

ދެމަފިރިންގެ ކިޑުނީވެސް ދަރިފުޅަށް ދިނުމަށް ތައްޔާރު، ބޭނުންވަނީ އެހީ އެއް!

މިއީ އަޒާންއެވެ. މިހާރު އަޒާންގެ އުމުރުން އަށް އަހަރެވެ. އަޒާންގެ ބައްޕައަކީ ހދ.ނޭކުރެންދޫއަށް ނިސްބަތްވާ މީހެކެވެ. ނަމަކީ މުޙައްމަދު ވަހީދެވެ. އަޒާންގެ މަންމައަކީ ހދ.ކުރިނބީއަށް ނިސްބްތަވާ މީހެކެވެ. ނަމަކީ މަރިޔަމް ފަރުޒާންއެވެ. އަޒާންއަކީ މި ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އުމުރުން ދެ އަހަރުގައި ފާހަގަ ކުރެވުނު ސިއްހީ މައްސަލައަކަށް ފަހު ފާއިތުވި ހަ އަހަރު ދުވަހު ވެސް އަޒާން އުޅެމުންދަނީ ވަރަށް ވޭނީ ދުނިޔެއެއްގައެވެ. ކިޑްނީއަށް ފަރުވާ ކުރުމުގައެވެ. އަޒާންގެ ބަލިހާލަތު ތިލަދުން ނޫހާ ހި...

ކުރިނބީގައި ޕާކު ގާއިމުކުރާ ސަރަހައްދު ސާފުކުރުމަށް ފެނަކަ އަދި ދިއްދޫ ''ކޭޑީ'' ކުންފުނީގެ އެހީތެރިކަން
Thiladhunmathi News

ކުރިނބީގައި ޕާކު ގާއިމުކުރާ ސަރަހައްދު ސާފުކުރުމަށް ފެނަކަ އަދި ދިއްދޫ ''ކޭޑީ'' ކުންފުނީގެ އެހީތެރިކަން

ހދ. ކުރިނބީގައި ތަރައްގީކުރާ ކުޑަކުދިންގެ ޕާކު ގާއިމުކުރާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތުގައި ކުރިނބީ ފެނަކަ ބްރާންޗްގެ މުވައްޒަފުންނާއި، ހއ. ދިއްދޫ ކޭޑީ ކުންފުނިން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއާއި ކުރިނބީ ކައުންސިލް ގުޅިގެން އެރަށުގައި ތަރައްގީ ކުރާ ޕާކު ގާއިމުކުރާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރިނބީ ކައުންސިލާއި، އެރަށުގެ ރައްޔިތުން ގުޅިގެން ފެށީ މި ހިނގާ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. ކުރިނބީ ކައުން...

އައުޓްޑޯރ ފިޓްނަސް ޕާކެއް ކުރިނބީގައި ހުޅުވައިފި
Thiladhunmathi News

އައުޓްޑޯރ ފިޓްނަސް ޕާކެއް ކުރިނބީގައި ހުޅުވައިފި

ކުރިނބީ ޔޫތް މޫވްމެންޓް (ކީމް) ޖަމްޢިއްޔާގެ ފަރާތުން އިސްނަގައިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑްގެ ދަށުން ހދ.ކުރިނބީގައި ތަރައްޤީކުރި ފިޓްނެސް ޕާކް ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. 02 ޑިސެމްބަރ 2020 ބުދަ ދުވަހު ހަވީރު 16:30 ގައި މި ޕާކް ހުޅުވުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ޕާކް ހުޅުވައި ދެއްވީ ކުރިނބީ ކައުންސިލުގެ ރައީސް މުޙައްމަދު އަފްރާހްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރިނބީ ކައުންސިލުގެ ރައީސް ވިދާޅުވެފައިވަނީ ފެނިގެން މިދަނީ...

މަސްތުވާތަކެއްޗާއިއެކު ކުރިނބީއިން ޒުވާނަކާއި އިތުރު 4 ރަށަކުން ބަޔަކު ހައްޔަރުކޮށްފި
Thiladhunmathi News

މަސްތުވާތަކެއްޗާއިއެކު ކުރިނބީއިން ޒުވާނަކާއި އިތުރު 4 ރަށަކުން ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއިއެކު ހދ. ކުރިނބީއިން ޒުވާނަކާއި އިތުރު 4 ރަށަކުން ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ ކުރިނބީގައި ހިންގި އޮޕަރޭޝަނަކީ އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވަނީ މި ނޮވެމްބަރ 14 ވަނަ ދުވަހު އެވެ. ކުރިނބީ ބަނދަރުމަތ...

ބަންޑުން ޖަހާލި ދޯނި ކުރިނބީއަށް ގެންގޮސްފި
Thiladhunmathi News

ބަންޑުން ޖަހާލި ދޯނި ކުރިނބީއަށް ގެންގޮސްފި

ހދ. ކުޅުދުއްފުށިން އެ އަތޮޅު ކުރިނބީއަށް ދަތުރުކުރަނިކޮށް ބަންޑުންޖަހާލި ދޯނި، ކުރިނބީއަށް ގެންގޮސްފިއެވެ. ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް “ތިލަދުން” އަށް މަޢުލޫމާތުދެމުން ވިދާޅުވީ މިހާރު އެދޯނި ކުރިނބީއަށް ގެނެސް ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާ އެއް ވެފައިނުވާކަމަށެވެ. ނަމަވެސް މިދޯންޏަށް ބަރުކޮށްފައިވާ ހުރިހާ މުދަލެއް ވަނީ ކަނޑުއަޑިއަށް ގޮސްފައި ކަމަށެވެ. މިދޯންޏަކީ ކުރިނބީގައި ދުއްވަމުން އަންނަ “ވިންދު” ނަމަކަށ...

ކުރިނބީއަށް މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި
Thiladhunmathi News

ކުރިނބީއަށް މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

ހދ ކުޅުދުއްފުށިން އެ އަތޮޅުގެ ކުރިނބީއަށް މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ. ބަންޑުން ޖަހާލާފައިވާ ދޯނި ދަތުރުކުރަމުން ދިޔައީ، ކުނބުރުދޫއާއި ކުރިނބީއާއި ދޭތެރެއިންނެވެ. އަދި ބަންޑުން ޖަހާލި އިރު ދޯނި އޮތީ ކުނބުރުދޫއާއި ކައިރީގައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، ބަންޑުން ޖަހާލާފައިވާ ދޯނިން ދަތުރު ކޮށްފައިވަނީ، 3 މީހެކެވެ. އަދި އެއީ2 ފިރިހެނުންނާއި، އަންހެނެކެވެ. އަދި ދޯނިން ދަތުރު ކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ކުރިނބީ ކައުންސިލްގެ ރައީސް އަފްރާހް ވަނީ ވިދާޅުވެފައެވެ....

އުތުރުގެ ތިން ރަށެއް މޮނިޓަރިން ހާލަތުން ނަގައިފި
Thiladhunmathi News

އުތުރުގެ ތިން ރަށެއް މޮނިޓަރިން ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް މޮނިޓަރިން ހާލަތަށް ގެނައި އުތުރުގެ ތިން ރަށެއް މޮނިޓަރިން ހާލަތުން ނަގައިފިއެވެ. މި ރަށްތަކަކީ ހއ. ބާރަށް، ހޯރަފުށި، އަދި ހދ. ކުރިނބީ އެވެ. މިރަށްތައް މޮނިޓަރިން ހާލަތަށް ގެނައީ ކުޅުދުއްފުށި ސިޓީގެ ފުލުހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޭގައި އެވެ. އެޗްޕީއޭއިން ވަނީ ކުޅުދުއްފުށީ ސިޓީވެސް މޮނިޓަރިން ހާލަތުން ނަގާފައި އެވެ. އެ ސިޓީ މޮނިޓަރިން ހާލަތުންނެގީ މިއަދު […]