ހދ. ކުރިނބީ ސްކޫލްގައި މަސައްކަތްކުރާ ޓީޗަރަކު އެރަށުގެ ގޮނޑުދޮށުގައި މަރުވެފައޮށްވާ ފެނިއްޖެއެވެ.
ކުރިބީގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ކުރިނބީ ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް "ތިލަދުން"އަށް ކަށަވަރުކޮށް ދެއްވިއެވެ.
"ބިދޭސީ ޓީޗަރެއް އެއީ، މިހާރު ވަނީ ހެލްތު ސެންޓަރަށް ގެންގޮސްފަ، ގެންދިޔައިރު ވެސް ނިޔާވެފަ އޮތްކަމަށް މައުލޫމާތު ލިބެނީ، އަޅުގަނޑަށް އެނގިފަވާ ގޮތުގައި އޭނާ ގޮނޑު ދޮށުގައި އޮށްވާ ފެނުނީ 8:50 ހާއިރު" އަފްރާޙް ވިދާޅުވިއެވެ.
އެ ޓީޗަރު ދިރިއުޅެނީ އެރަށުގައި މީހުން އުޅޭ ގެއެއްގެ ކޮޓަރިއެއްގަ އެވެ.
ކުރިނބީއިން "ތިލަދުން" ވާހަކަ ދެއްކި މީހަކު ބުނީ އެ ޓީޗަރު ދިރިއުޅޭގެއިން ނުކުތީ މިރޭ 8 ޖަހާކަށް ހާއިރު ކަމަށެވެ.
"އޭނާ ނުކުތީ 8 ޖަހާކަށްހާއިރު ގައިގާ ބެޑްޝީޓެއް އޮޅާލައިގެން ކަމަށް ވަނީ، އެހެންޏާވެސް ފެންބަލާ އެހެން ގޮސްއުޅޭ ކަމަށްވަނީ، އެކަމަކު ލަސްވާތީ އެ ގޭމީހުން އެހެން ޓީޗަރުންނަށް އެކަން އެންގީ، އޭނަ ބެޑްޝީޓެއް އޮޅާލައިގެން ބޭރަށް ދިޔަކަމަށާއި، އަދި ޚަބަރެއް ނެތްކަަމަށް، ދެން ޓީޗަރުން އޭނަ ހޯދަން ނުކުތީ" އެމީހާ ބުންޏެވެ.
އެ ޓީޗަރު ހޯދަމުން ދަނިކޮށް ފެނުނީ ގޮނޑު ދޮށުންނެވެ. އޮތީ ބަރަހަނާ ހާލުގައި ކަމަށް އޭނާ ކިޔައިދިނެވެ. ސިއްހީމަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފަވާކަމަށް މައުލޫމާތު ލިބޭކަމަށް ވެސް އޭނާ ކިޔައިދިނެވެ.
"ސިއްހީ މަރުކަޒު ކައިރީ މިހިރީ، ވަރަށް ގިނަ މީހުން އެއްވެފަ އެބައޮތް، ޓީޗަރު ދިރިއުޅޭ ކޮޓަރީގައި ސިޓީއެއް ބާއްވާފައި އޮތްކަމަށް ވަނީ، އެސިޓީ އެހެން ޓީޗަރަކު ކިޔައިފި، ޢާއިލީ މައްސަލައެއް ދިމާވެގެން އުޅޭކަމަށް ސިޓީގައި އޮތްކަމަށް އެ ޓީޗަރު ބުނީ" އެމީހާ ކިޔައި ދިނެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން އަދި މައުލޫމާތު ހާމައެއް ނުކުރަށްވަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!