މޫސުން ގޯސްވެ ކުރިނބީ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގެ ވާކަނޑައިގެން ގޮސް އެރަށު ފަރަށް އަރައިފިއެވެ.
ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިރޭ 8:45 ހާއިރުކަމަށެވެ.
މި ދޯނި އަރައިފާވަނީ އެރަށު ފަޅުގެ ނެރުބައްތި ކައިރި ތޮށިގަނޑަކަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
މި ދޯނި މިހާރު ވަނީ އެރަށު ރައްޔިތުން ނިކުމެ އެއްގަމުކޮށްފަ އެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
ދޯނި އެއްގަމުކުރެވުނު ނަމަވެސް އެ ދޯނިގެ އެކިތަންތަނަށް އެކި ވަރުގެ ގެއްލުން ލިބި ހަލާލުވެފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!