ފިނޭ، ނައިވާދޫ، ކުރިނބީ، ނޮޅިވަރަމް އަދި ކުޅުދުއްފުށިން 7 މީހަކު ޕޮޒިޓިވްވެއްޖެ

Finey

ހދ. އަތޮޅުގެ 5 ރަށަކުން 7 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ، ހދ. އަތޮޅުގެ ރަށްތަކުން އެންމެ ފަހުން ޓެސްޓް ކުރެވުނު 53 ސާމްޕަލްގެ ތެރެއިން 7 ސާމްޕަލެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޕޮޒިޓިވްވި އެންމެންނަކީ ވެސް އެރަށްރަށުގައި ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

މިގޮތުން ފިނޭން ވަނީ 3 މީހަކު ޕޮޒިޓިވްވެފައެވެ، ނައިވާދޫ، ކުރިނބި، ނޮޅިވަރަމް އަދި ކުޅުދުއްފުށިންކުރެ ކޮންމެ ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިވަގުތު ހދ. އަތޮޅުގެ ރަށްތަކުގައި ޖުމްލަ ތިބީ ކޯވިޑް ބަލީގެ 103 މީހުންނެވެ. އެއީ ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި 46 މީހަކާއި، ކޮންޓެކްޓް ޓްރޭސިންއިން ނެގުނު ސާމްޕަލްތަކުން ޕޮޒިޓިވްވި 49 މީހަކާއި، ރެންޑަމް ސާމްޕަލުތަކުން ޕޮޒިޓިވްވި 7 މީހަކާއި އަދި ފްލޫ ކްލިނިކަށް ދެއްކި މީހުން ތެރެއިން ޕޮޒިޓިވްވި މީހެކެވެ.

ހދ. އަތޮޅުގައި މިވަގުތު މިބަލީގެ ހާލަތު އެންމެ ގޯހީ ނޭކުރެންދޫގައެވެ. އަތޮޅުގައި ތިބި 103 ބަލިމީހުންގެ ތެރެއިން 60 މީހުންނަކީ އެރަށުގައި ތިބި ކޯވިޑް ބަލީގެ މީހުންނެވެ. ރަށުތެރޭ ބަލި ފަތުރޭ ހާލަތު ތަޖުރިބާ ކުރަންޖެހިފައިވުމުން އެރަށް އޮތީ ވެސް މޮނިޓަރިންގައެވެ.

ރާއްޖޭއިން މިހާތަނަށް 66،948 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ 21،032 މީހުން ތިބިއިރު، މިހާތަނަށް 47،730 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފަ އެވެ.

މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 213 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އަދި މިހާތަނަށް 181 މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

  1. ޕޮޒިޓިވް ވީއޭ ކިޔާފައި ބޮޑު ސުރުޚީތައް ނުޖަހަބަލަ. ހޯމް ކަރަންޓީނުގައި ތިބި ބައެއް ނަމަ އެކަންވެސް ސުރުޚީން އެނގޭ ގޮތަށް ޖަހާބަލަ. ސުރުޚީ ކިޔާލާއިރު މީހުން ހިތް ހުއްޓޭވަރުވޭ

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި