މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ ކުމުންދޫ

183 Stories filed
ކުމުންދޫ "ވެހިސަރާ" ސަޅިކޮށްލާފައި ހުޅުވައިފި
Thiladhunmathi News

ކުމުންދޫ "ވެހިސަރާ" ސަޅިކޮށްލާފައި ހުޅުވައިފި

ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކުޅީގައި ތަރައްޤީކުރި ނޭޗަރ ޕާރކް ރަސްމީކޮށް ހުޅުވައި ކައުންސިލާއި ހަވާލުކޮށްފި އެވެ. “ވެހިސަރާ” ނަމުގައި ހުޅުވި މި ހިތްގައިމު ޕާރކް ހުޅުވައިދެއްވީ އިއްޔެ ހަވީރު އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ. ޕާރކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާސިހާ އިދުރީ...

ކުމުންދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް
Thiladhunmathi News

ކުމުންދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް

އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހދ. ކުމުންދޫގައި ވަނީ އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ހިންގާފައެވެ. އަދި ބައެއް މަޝްރޫޢުތައް ހިނގަމުންދާއިރު، އިތުރު މަޝްރޫޢުތައް ވަނީ ފެށުމުގެ މަގު މަތީގައެވެ. ރަށެއްގެ ތަރައްޤީއަށް ވަރަށް ގިނަ ކަންކަން ބޭނުންވާނެ ކަންގައިމެވެ. އަދި ކޮންމެ ރަށެއްގެ ރައްޔިތުންވެސް ވީ އެންމެ އަވަހަކަށް އެކަންކަން ވާންވެސް އެދޭނެއެވެ. ނަމަވެސް ރާއްޖޭގެ ވަކި ޖަޒީރާ 189 ރަށުގައި ސަރުކާރުން މަޝްރޫޢުތައް ހިންގާއިރު، އެ ރަށްރަށުގެ ރަށްޔިތުން އެދޭ ފަދަ […...

ކުމުންދޫ ނޭޗާ ޕާކަށް އަވި ޓެކްނޮލިޖީގެ ފަރާތުން އެހީއެއް
News

ކުމުންދޫ ނޭޗާ ޕާކަށް އަވި ޓެކްނޮލިޖީގެ ފަރާތުން އެހީއެއް

ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރުގެ ސްޕޯޓްސް ކުލަބްގެ ފަރާތުން އިސްނަގައިގެން، އެ ރަށުގެ ކަނޑޫފަލުގައި ތަރައްޤީ ކުރަމުން އަންނަ ނޭޗާ ޕާކުގެ ބޭނުން ރޭގަނޑު ވެސް ކުރެވޭނޭ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންވާ ކަރަންޓް އުފެއްދުމަށްޓަކައި ސޯލާޕެނަލްއާއި އޭގެ ބެޓްރީސެޓް އަވިޓެކްނިލޮޖީގެ ފަރާތުން ހަދިޔާކޮށްފިއެވެ. މިކަމާއި ގުޅިގެން ކުރެވި ޖަމިއްޔާއިން މައުލޫމާތު ދީފައިވާ ގޮތުގައި އަވިޓެކްނޮލޮޖީގެ ފަރާތުން އެ ޕާކަށް ހަދިޔާކޮށ...

ކުމުންދޫގެ ޒުވާނުން ރަށުގެ ތަރައްޤީއަށް ވަރުބަލިކަމެއްނެތި
Thiladhunmathi News

ކުމުންދޫގެ ޒުވާނުން ރަށުގެ ތަރައްޤީއަށް ވަރުބަލިކަމެއްނެތި

ސޯޝަލް މީޑިއާގެ ނުފޫޒަކީ މިއަދު ވަރަށް ވެސް ގަދަ ނުފޫޒެކެވެ. ކުރެވޭ ރަނގަޅު ފައިދާހުރި ކަންކަން ގިނަބަޔަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުން ދާދިއުމުގެ ފައިދާ ސީދާ ގޮތުންނާއި ނުސީދާގޮތުން މުޖުތަމަޢަށް ކުރަމުންދާކަމީ މިއަދު ފެންނަމުންދާ ހަޤީޤަތެވެ. ކޯވިޑް ބަލިމަޑުކަން އަޅުގަނޑުމެން ވަށާލުމުގެ ސަބަބުން ރިސޯޓުތައް ބަނދު ކުރުމާއި ގުޅިގެން ރިސޯޓުތަކުގައި ވަޒީފާގައި ތިބި ގިނަ ޒުވާނުން އެބައި މީހުންގެ އުފަން ރަށަށް އައިސް ގިނަދުވަސްތަކެއް ވަންދެން ތިބެން ޖެހުމުގެ ސަބަބުން އެ ޒުވާނުންގެ ވަގުތުތަ...

ކުމުންދޫގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފި
Thiladhunmathi News

ކުމުންދޫގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފި

ހދ.ކުމުންދޫގައި ކުޑަކުދިން ގަޔާވާފަދަ ގިނަ ކުޅިވަރު ކުޅޭ ސާމާނު ހިމެނޭ ޒަމާނީފެންވަރުގެ ކުޑަކުދިންގެ ޕާކެއް ހުޅުވައިފިއެވެ. މި ޕާކަކީ ކުމުންދޫ ކައުންސިލާއި މިނިސްޓްރީ އޮފް ހޯމް އެފެއާރޒް ގުޅިގެން ތަރައްޤީ ކޮށްފައިވާ ޕާކެކެވެ. މިޕާކު ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށާފައިވަނީ 31 ޖުލައި 2020 ވީ ހުކުރު ދުވަހުގެ (އަޟްހާ ޢީދު ދުވަހު) ހަވީރުއެވެ. މި ޕާކުތަރައްޤީ ކޮށްފައިވަނީ ކުމުންދޫގެ ތަޢުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރްހޫމް އައްބާސް އަލީ، އެރަށު މީހުންގެ ނަމުންނަމަ ސީދީބޭގެ [...

ކުމުންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި
Thiladhunmathi News

ކުމުންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި

ހދ. ކުމުންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ ފުޓްސަލް ދަނޑުގެ ކޮންޓްރެކްޓަރ ގެ މަސައްކަތް ނިންމާ ކައުންސިލްއާއި ހަވާލުކޮށްފައިވާކަމަށާއި ނަމަވެސް އަދި ބޭނުން ކުރުމަށް ރަސްމީކޮން ކައުންސިލްއާއި މިނިސްޓްރީއިން ހަވާލުކޮށްފައިނުވާކަމަށެވެ. މިހާރު މިކަމުގެ ހުއްދައަށް އެދި ޔޫތު މިނިސްޓްރީއަށް ލިޔެފައިވާނެކަމަށް އަމީން ބުނެފައިވެއެވެ. ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން މިމަސައްކަތް އެންމެ ފުރަތަމަ އިޢުލ...

ކާށިހޮވަން ގޮސްތިއްބައި ހާލުގައި ޖެހުނު ކުމުންދޫ މީހުން ކުޅުދުއްފުށި ސިޓީ އަށް ގެންގޮސްދީފި
Thiladhunmathi News

ކާށިހޮވަން ގޮސްތިއްބައި ހާލުގައި ޖެހުނު ކުމުންދޫ މީހުން ކުޅުދުއްފުށި ސިޓީ އަށް ގެންގޮސްދީފި

ހދ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާވައިދޫއަށް ކާށިހޮވަން ގޮސްތިއްބައި މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު އެއަތޮޅު ކުމުންދޫ މީހުން، އެމްއެންޑީއެފުގެ އެހީތެރިކަމާއިއެކު ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްދީފިއެވެ. އެމްއެންޑީއެފުން ބުނީ މާވައިދޫއަށް ކާށި ހޮވަން ގޮސްތިއްބައި މޫސުން ގޯސްވުމުގެ ސަބަބުން އަނބުރައި، ކުމުންދޫއަށް ނުދެވިފައި ތިބި މީހުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަމާއި އެކު ކުޅުދުއްފުށީ ސިޓީއަށް ގެންގޮސްދީފައި ވާކަމަށެވެ. އެމީހުން ކުޅުދުއްފުށީ ސިޓީއ...

ފެނަކައިން ކުމުންދޫއަށް ޖަނަނޭޓަރ ސެޓެއް ފޮނުވައިފި
Thiladhunmathi News

ފެނަކައިން ކުމުންދޫއަށް ޖަނަނޭޓަރ ސެޓެއް ފޮނުވައިފި

ހދ. ކުމުންދޫ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކައިން މިއަދު ޖަނަނޭޓަރ ސެޓެއް އެރަށަށް ފޮނުވައިފިއެވެ. ފެނަކައިން އެ ރަށަށް ޖަނަނޭޓަރ ސެޓެއް ފޮނުވާފައިވާކަން ހާމަކުރަށްވައި، ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވީ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް އެރަށަށް ފެނަކައިން ޖަނަނޭޓަރ ސެޓެއް ފޮނުވާފައި ވާކަމަށެވެ. އަމީން ވިދާޅުވީ ފެނަކައިން މިއަދު އެރަށަށް ފޮނުވާފައިވަނީ 400 ކިލޯ ވޯޓުގެ ޖަނަނޭޓަރ ސެޓެއް ކަމަށެވެ. އެކަމަށްޓަކައި އަމީންވަނީ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ އަށާއި، ރައ...

އަމީންގެ މުސާރައިން 20% ކުމުންދޫ ކޯވިޑް ޓާސްކް ފޯސް އަށް ހަދިޔާކޮށްފި
Thiladhunmathi News

އަމީންގެ މުސާރައިން 20% ކުމުންދޫ ކޯވިޑް ޓާސްކް ފޯސް އަށް ހަދިޔާކޮށްފި

ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދުގެ މުސާރައިން 20% ކޯވިޑް ޓާސްކް ފޯސް އަށް ހަދިޔާކޮށްފި އެވެ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ކޯވިޑް އާއިގުޅިގެން ރަށްރަށުގެ ގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް ވަސީލަތްތައްނެތުމަކީ ރަށްރަށުގެ ޓާސްކް ފޯސް ތަކަށް ދިމާވާ ބޮޑު ގޮންޖެހުމެއްކަމަށެވެ. އަޅުގަނޑުގެ މުސާރައިގެ 20% ކޮވިޑް ޓާސްކް ފޯސް އަށް ބޭނުންވާ މާސްކާއި ސެނިޓެއިޒަރ ހަދިޔާކުރުމަށް ވަނީ ނިންމާފައި ކުމުންދޫ ކައުންސިލްގެ...

ކުމުންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި
Thiladhunmathi News

ކުމުންދޫ މޮނިޓަރިންގ ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހދ. ކުމުންދޫ މޮނިޓަރިންގ ހާލަތުން ނަގައިފިއެވެ. ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ އޭޕްރިލް މަހުގެ 26 ވަނަ ދުވަހުގެ ރޭ 21:49 ގައެވެ. އެރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި ސަބަބަކީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ގޮތުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ […]

ކުމުންދޫން ނެގި 2 ސާމްޕަލްވެސް ނައްސި ވެއްޖެ
Thiladhunmathi News

ކުމުންދޫން ނެގި 2 ސާމްޕަލްވެސް ނައްސި ވެއްޖެ

ށ. ނަރުދޫ އަމާޒު ބޯޓުން ދަތުރުކުރި ހދ. ކުމުންދޫ ދެ މީހުންގެ ސާމްޕަލް ކޯވިޑް-19 އަށް ނައްސިވެފައި ވާކަމަށް ކުމުންދޫ ކައުންސިލުން ބުނެފިއެވެ. މި ދެމީހުން ނައްސިވި ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. ކުމުންދޫ ދެ މީހުންގެ ސާމްޕަލް ނައްސިވި އިރު، ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރުކުރި އުލިގަމު މީހެއް ފައްސިވުމުން އެ ބޯޓުން ދަތުރު ކުރި އިހަވަންދޫގެ 35 މީހަކާއި، ހދ. […]

ކުމުންދޫ ސްކޫލު މުވައްޒަފުން މާސްކް ފަހައިދެނީ
Thiladhunmathi News

ކުމުންދޫ ސްކޫލު މުވައްޒަފުން މާސްކް ފަހައިދެނީ

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމައް އަޅާ މާސްކް ލިބުން ދަތިވެފައި ވާތީ ކުމުންދޫ ސްކޫލް މުވައްޒަފުން މާސްކް ފަހައިދިނުމުގެ މަސައްކަތް ކުރަންފަށައިފިއެވެ. ކުމުންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމައް އަޅާ މާސްކް ލިބުން ދަތިވެފައި ވާތީ ކުމުންދޫ ސްކޫލް މުވައްޒަފުން ދަނީ މާސް ފެހުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. https://www.facebook.com/678380592226550/posts/2971736089557644/ އެމުވައްޒަފުންގެ އެ ހީތެރިކަމަށް ޝުކުރު އަދާ ކ...

މާލެއާއި ރިސޯޓުތަކުން އަންނަ މީހުން ގޭގައި މަޑުކޮށްދިނުމަށް އެދެން: ކުމުންދޫ ކައުންސިލް
Thiladhunmathi News

މާލެއާއި ރިސޯޓުތަކުން އަންނަ މީހުން ގޭގައި މަޑުކޮށްދިނުމަށް އެދެން: ކުމުންދޫ ކައުންސިލް

މާލޭގައި ކޯވިޑް-19 ފެތުރެން ފަށާފައިވާތީ، ފާއިތުވި 14 ދުވަސްތެރޭގައި މާލެއާއި މާލޭ ސަރަހައްދުން އަދި ރިސޯޓް ތަކުން ފުރައިގެން ހދ. ކުމުންދޫއަށް އައިސްފައިވާ އެންމެހައި ފަރާތްތަކުން، ގޭގައި މަޑުކުރުމަށް ކުމުންދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެކައުންސިލުން ކޮށްފައިވާ އިލްތިމާސެއްގައި ބުނީ މާލޭގައި ކޯވިޑް-19 ފެތުރެން ފަށާފައިވާތީ، ފާއިތުވި 14 ދުވަސްތެރޭގައި މާލެއާއި މާލޭ ސަރަހައްދުން އަދި ރިސޯޓް ތަކުން ފުރައިގެން ކުމުންދޫއަށް އައިސްފައިވާ އެންމެހައި ފަރާތްތަކުން، ގޭގައި މަޑުކުރުމަށް އެ ކައުން...

ކުމުންދޫ ފެނަކަ އައު އޮފީސް އަދި ވަށާފާރު ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުމުންދޫ ފެނަކަ އައު އޮފީސް އަދި ވަށާފާރު ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުމުންދޫ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އައު އޮފީސް އަދި ވަށާފާރު ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން އެކުންފުނިން އިޢުލާންކޮށްފިއެވެ. މިއަދު ކުންފުނިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެކުންފުނިންދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ހދ. ކުމުންދޫ އައު އޮފީސް އަދި ވަށާފާރު އިމާރާތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބ...

ހދ.އަތޮޅައް އަމާޒުކޮށްގެން ހިންގާ ޖަނާޒާ ކޯހުގައި 4 ފަރާތެއް ކުމުންދޫ ކައުންސިލުން ސްޕޮންސާރ ކުރަނީ
Thiladhunmathi News

ހދ.އަތޮޅައް އަމާޒުކޮށްގެން ހިންގާ ޖަނާޒާ ކޯހުގައި 4 ފަރާތެއް ކުމުންދޫ ކައުންސިލުން ސްޕޮންސާރ ކުރަނީ

ހދ.އަތޮޅައް އަމާޒުކޮށްގެން ހިންގާ ޖަނާޒާ ކޯހުގައި 4 ފަރާތެއް ކުމުންދޫ ކައުންސިލުން ސްޕޮންސާރ ކުރަން ނިންމައިފިއެވެ. ކުމުންދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހދ.އަތޮޅަށް ހާއްޞަ ކޮށްގެން ހިންގާ ޖަނާޒާ ކޯހެއް 5 މާރޗް 2020 އިން 3 ހަފްތާ އަށް ބޭއްވުމަށް ހަމަޖެހިފައިވާތީ އެކޯހުގައި އެކައުންސިލުން ސްޕޮންސާ ކޮށްގެން ކުމުންދޫގައި ދިރިއުޅޭ 4 ފަރާތަކަށް ފުރުސަތު ދިނުމަށް ކައުންސިލުން ވަނީ ނިންމާފަކަމަށެވެ. 3 ހަފްތާގެ މުއްދަތައް ކުރިއަށްދާ މި ކޯހުގައި ކިޔަވައިދޭ މާއްދާތަކަކީ ކަށުކަމާކެމ...