އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހދ. ކުމުންދޫގައި ވަނީ އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ހިންގާފައެވެ. އަދި ބައެއް މަޝްރޫޢުތައް ހިނގަމުންދާއިރު، އިތުރު މަޝްރޫޢުތައް ވަނީ ފެށުމުގެ މަގު މަތީގައެވެ.
ރަށެއްގެ ތަރައްޤީއަށް ވަރަށް ގިނަ ކަންކަން ބޭނުންވާނެ ކަންގައިމެވެ. އަދި ކޮންމެ ރަށެއްގެ ރައްޔިތުންވެސް ވީ އެންމެ އަވަހަކަށް އެކަންކަން ވާންވެސް އެދޭނެއެވެ. ނަމަވެސް ރާއްޖޭގެ ވަކި ޖަޒީރާ 189 ރަށުގައި ސަރުކާރުން މަޝްރޫޢުތައް ހިންގާއިރު، އެ ރަށްރަށުގެ ރަށްޔިތުން އެދޭ ފަދަ ގިނަ މަޝްރޫޢުތަކެއް ފަސް އަހަރުގެ ދައުރުތެރޭ ނުހިންގި ދިއުމަކީ ވެސް ވެދާނެ ގޮތެކެވެ.
ނަމަވެސް މިހާރު މިއޮތް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އަންނަނީ މި ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
މަކުނުދޫ ދާއިރާގައި ހިމެނޭ ކުމުންދޫއަކީ ވެސް ރާއްޖޭގެ އެހެން ރަށްތެކެކޭ އެއްފަދައިން ތަރައްޤީއަށް ނުހަނު އެދިއެދިވާ ރަށެކެވެ. އެރަށުގެ ރައްޔިތުންގެ ޒަމާންވީ އުންމީދުތަކުގައި އަންނަނީ ކުލަޖެހި، ކުލަވަމުންނެވެ. ދުނިޔެ ބަނަކޮށްލި ކޯވިޑްގެ ހިޔަނި ތަރައްޤީގެ މަޝްރޫޢުތަކަށް އެޅިފައި ވިޔަސް މި ސަރުކާރުގެ ބުންވަރާއި މެދު ކުމުންދޫގެ ރައްޔިތުންނަށް މާޔޫސް ކަމެއް ނެތެވެ.
މިހާ ހިސާބުން މި ހިމަަނައިލަނީ ކުމުންދޫގައި ސަރުކާރުން ހިންގާފައިވާ މަޝްރޫޢުތަކާއި، މި އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކެވެ. މި މަޢުލޫމާތު މި ހިމަނާލަނީ، އެ މަސައްކަތުގައި ޝާމިލްވެ ވަޑައިގަންނަވާ، އެރަށް ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޢީ ހާމަކުރަށްވާ ފައިވާ ގޮތަށެވެ.
މި ސަރުކާރުން ކުމުންދޫގައި ނިންމާފައިވާ މަސައްކަތްތައް
- ކުމުންދޫ އާރުއޯ ޕްލާންޓްގެ މަސައްކަތް ނިންމުން، މި މަސައްކަތް ނިންމައި މިހާރުވަނީ ކުމުންދޫ ފެނަކައާއި ހަވާލު ކޮށްފައި.
- ކުމުންދޫ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިންމުން.
- ކުމުންދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމުން.
މީގެއިތުރުން ކުމުންދޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ވަނީ އެރަށަށް 440 ކިލޯވޯޓުގެ ޖެނަނޭޓަރު ސެޓެއް ގެން ގޮސް ޚިދުމަތް ފޯރުކޮށް ދޭން ފަށާފައި އެވެ.
މިއަހަރުގެ ތެރޭގައި ކުމުންދޫގައި ހިންގުމަށް ހަމަނެހިފައިވާ މަސައްކަތްތައް
- ކުމުންދޫގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫޢު ( ސަރުކާރުގެ ބަލަދުވެރިކަމުގައި، އެމްޑަބްލިއުއެސްސީއިން ހިންގާ މި މަޝްރޫޢު މި އަހަރުގެ ތެރޭގައި ފެށީގެންދާނެ)
- ކުމުންދޫ ފެނަކަ ބްރާންޗްގެ އައު އިމާރާތް، (މިހާރު ޢިއުލާންކުރެވިފައިވާ މި މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ)
- ކުމުންދޫ ބޮޑު ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމުގެ މަސައްކަތް ( އަމިއްލަ ޖަމްޢިއްޔާއަކުން ކުރަން ހަމަޖެހިފައިވާ މި މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ)
- ކުމުންދޫ އައުޓް ޑޯ ޖިމް (މިއަހަރުގެ ތެރޭގައި ފެށިގެންދާނެ)
- ކުމުންދޫ ޒުވާނުންގެ ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ( އަމިއްލަ ޖަމްޢިއްޔާއަކުން ކުރަން ހަމަޖެހިފައިވާ މި މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ)
ކުމުންދޫ ހިމެނޭ މަކުނުދޫ ދާއިރާގެ މެންބަރު ރާޢީގެ ފޭސްބުކް ޕޭޖުގައި މިކަން ހާމަކުރަށް ވަމުން ވަނީ މިކަންކަން ހާސިލް ކުރުމުގައި ކުމުންދޫގެ ލޮބުވެތި ރައްޔިތުންނާއި، ކުމުންދޫ ކައުންސިލުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރަށްވާ ކަމަށް ވިދާޅުވެފައެވެ.
މި ހިނގާ 2020 ވަނަ އަހަރުގެ ބަޖެޓްގައި އެރަށަށް 7 މަޝްރޫޢެއް ޚާއްޞަކޮށްފައިވާއިރު، އެ މަޝްރޫޢުތަކަށާއި، އެ ރަށަށް 8,503,516.00 ރުފިޔާ ވަނީ ކަނޑައަޅާފައި އެވެ.
އާބާދީގައި 1,477 އަށް ވުރެ ގިނަ މީހުން ލިސްޓްކުރެވިފައިވާ ހދ. ކުމުންދޫ އަކީ ބިމުގެ ގޮތުން ބޮޑު ރަށެކެވެ. މިރަށަކީ ނިސްބަތުން ބޮޑު ރަށަކަށްވާތީ، ކުރީ ޒަމާނުގައި މި ރަށަށް މާކުމުންދޫއޭ ކިޔައިއުޅުނެވެ. މިރަށުގެ ބޮޑު މިނުގައި 187.9 ހެކްޓަރ ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!