ހދ.އަތޮޅައް އަމާޒުކޮށްގެން ހިންގާ ޖަނާޒާ ކޯހުގައި 4 ފަރާތެއް ކުމުންދޫ ކައުންސިލުން ސްޕޮންސާރ ކުރަން ނިންމައިފިއެވެ.
ކުމުންދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ހދ.އަތޮޅަށް ހާއްޞަ ކޮށްގެން ހިންގާ ޖަނާޒާ ކޯހެއް 5 މާރޗް 2020 އިން 3 ހަފްތާ އަށް ބޭއްވުމަށް ހަމަޖެހިފައިވާތީ އެކޯހުގައި އެކައުންސިލުން ސްޕޮންސާ ކޮށްގެން ކުމުންދޫގައި ދިރިއުޅޭ 4 ފަރާތަކަށް ފުރުސަތު ދިނުމަށް ކައުންސިލުން ވަނީ ނިންމާފަކަމަށެވެ.
3 ހަފްތާގެ މުއްދަތައް ކުރިއަށްދާ މި ކޯހުގައި ކިޔަވައިދޭ މާއްދާތަކަކީ ކަށުކަމާކެމީ (ނަޒަރީ، އަމަލީ) - ފިޤުހު އެވެ. ކިޔެވުން އޮންނާނީ ހަފްތާ ބަންދު ތެރޭގައި ކުޅުދުއްފުށީގައެވެ.
ކުމުންދޫ ކައުންސިލުން ބުނީ މިކޯހުގެ ކޯސް ފީ -/2000ރ ވެސް ދެއްކުމަށް ހަމަޖެހިފައިވަނީ ކުމުންދޫ ކައުންސިލުންކަމަށެވެ.
ކުމުންދޫ ކައުންސިލުން ސްޕޮންސާކުރާ 4 ފަރާތުގެ ތެރޭގައި ހިމެނެނީ 2 ފިރިހެނުންނާއި 2 އަންހެނުންނެވެ. ކުޅުދުއްފުށީގައި ހުރުމާއި ކެއުން އަދި ދަތުރު ހަރަދު މިކައުންސިލުން ހަމަޖައްސައިދޭނެއެވެ.
މިކޯހުގައި ބައިވެރިވުމަށް ސައުޤުވެރިވާ ފަރާތްތަކުން 25 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހު މެންދުރު 12:00 ގެ ކުރީން އެކައުންސިލައް ސިޓީ އަކުން ހުށަހެޅުމަށް ދަންނަވައެވެ. އަދި ބައިވެރިވުމަށް ހުށައަޅާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ މީގެ ކުރީން މިފަދަ ކޯހެއް ހަދާފައިނުވާ ފަރާތްތަކައްކަމައް އެކައުންސިލުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!