ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދުގެ މުސާރައިން 20% ކޯވިޑް ޓާސްކް ފޯސް އަށް ހަދިޔާކޮށްފި އެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ކޯވިޑް އާއިގުޅިގެން ރަށްރަށުގެ ގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަށީގެންވާ މިންވަރަށް ވަސީލަތްތައްނެތުމަކީ ރަށްރަށުގެ ޓާސްކް ފޯސް ތަކަށް ދިމާވާ ބޮޑު ގޮންޖެހުމެއްކަމަށެވެ.

Ad
rt

އަޅުގަނޑުގެ މުސާރައިގެ 20% ކޮވިޑް ޓާސްކް ފޯސް އަށް ބޭނުންވާ މާސްކާއި ސެނިޓެއިޒަރ ހަދިޔާކުރުމަށް ވަނީ ނިންމާފައި

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ބުނެފައިވެއެވެ.

އަމީން އަކީ މިދިޔަ ދައުރުގައިވެސް ކުމުންދޫ ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ފަރާތެކެވެ. އަދި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ކުމުންދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ފަރާތެކެވެ.