މާލޭގައި ކޯވިޑް-19 ފެތުރެން ފަށާފައިވާތީ، ފާއިތުވި 14 ދުވަސްތެރޭގައި މާލެއާއި މާލޭ ސަރަހައްދުން އަދި ރިސޯޓް ތަކުން ފުރައިގެން ހދ. ކުމުންދޫއަށް އައިސްފައިވާ އެންމެހައި ފަރާތްތަކުން، ގޭގައި މަޑުކުރުމަށް ކުމުންދޫ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.
އެކައުންސިލުން ކޮށްފައިވާ އިލްތިމާސެއްގައި ބުނީ މާލޭގައި ކޯވިޑް-19 ފެތުރެން ފަށާފައިވާތީ، ފާއިތުވި 14 ދުވަސްތެރޭގައި މާލެއާއި މާލޭ ސަރަހައްދުން އަދި ރިސޯޓް ތަކުން ފުރައިގެން ކުމުންދޫއަށް އައިސްފައިވާ އެންމެހައި ފަރާތްތަކުން، ގޭގައި މަޑުކުރުމަށް އެ ކައުންސިލުން
އިލްތިމާސް ކުރާކަމަށެވެ.
އޭގެ އިތުރުން ބުނެފައި ވަނީ ރަށައް ކޮންމެހެން އަންނަންޖެހޭ ފަރާތްތައް ފިޔަވައި، އެހެން ފަރާތްތަކުން ރަށައް ނޭރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މީގެ އިތުރުން 16 އެޕްރިލް 2020 އިން ފެށިގެން ކުޅިވަރު ދަނޑުތަކުގައި ކުޅުމަކީ މިކައުންސިލުން ހުއްދަކުރާ ކަމެއް ނޫންކަމަށާއި، އަދި ބަނދަރު ސަރަހައްދު، ހޮޅުއަށި، ޖޯލިފަތި ފަދަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގައި ތިބުމަކީ އެންމެ ރައްކާތެރި ގޮތްކަމުގައި އެ ކައުންސިލުން ނުދެކޭ ކަމަށްވެސް އެ އިލްތިމާސްގައި ބުނެފައި ވެއެވެ.
ކޯވިޑް -19 އިން ރައްކާތެރިވުމަށް އެޗް.ޕީ.އޭ އަދި ސަރުކާރުގެ އިދާރާތަކުން ދެއްވާ މަޢުލޫމާތާއި
އެއްގޮތައް އަމަލުތައް ބެހެއްޓުމަށާއި ރަށުތެރޭގެ އާންމު ސާފު ތާހިރުކަން ބެލެހެއްޓުމަށް ފަރުދީ ޒިންމާ ނަންގަވައިގެން މަސައްކަތް ކުރުމަށްވެސް ކުމުންދޫ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.
އެކައުން ސިލުންވަނީ ކޯވިޑް-19 ރޯގާއާއި ގުޅިގެން ރަށުން ބޭރުގައި ވަޒީފާއަދާ ކުރާ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމަށް ކުރެވޭ ސާރވޭއެއް ކުރިއަށް ގެންދިޔުމުގެ އިތުރުން ކޯވިޑް-19 އަށް ރައްކާތެރިވުމަށް އިތުރު މަސައްކަތްތަކެއް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!