ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2025" ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ހޯސްޓް ކުރުމަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ 11:00 ގެ ކުރިން، އެކަމަށް ފުރިހަމަ ކުރަންޖެހޭ އޮންލައުން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ސަބްމިޓް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

Ad
rt

މި މުބާރާތް ހޯސްޓް ކުރުމާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު 11:00 ގައި އެ ކައުންސިލް އިދާރާގައެވެ.

މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހދ.އަތޮޅުގައި ހަރަކާތްތެރިވާ ކްލަބު ޖަމިއްޔާތަކަށާއި ހދ އަތޮޅުގެ ރަށު/ސިޓީ ކައުންސިލް އިދާރާތަކަށް ވަނީ ހުޅުވާލާފައެވެ.

މި މުބާރާތް ހޯސްޓް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަނި ދިނުމަށް ނިންމާފައިވާއިރު، ޕްރޮޕޯސަލްތައް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު 11:00 ގައި އެ އަތޮޅި ކައުންސިލް އިދާރާގެ މީޓިން ހޯލުގައެވެ.