މި އަހަރު، އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކުރީ ތ. އަތޮޅާއި ހދ. އަތޮޅު ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި 1.49 މިލިއަން ފަތުރުވެރިންގެ ތެރެއިން، ތ. އަތޮޅަށް 2،578 ފަތުރުވެރިން އަދި ހދ އަތޮޅަށް 4،071 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. 668،668 ފަތުރުވެރިން ހިމެނޭހެން އެންމެ ގިނައިން ޗުއްޓީ ހޭދަކުރި އަތޮޅަކީ ކ. އަތޮޅެވެ.
ކ. އަތޮޅަށްފަހު ފަތުރުވެރިން ދެން އެންމެ ގިނައިން ޗުއްޓީ ހޭދަކުރީ އދ. އަތޮޅުގަ އެވެ.
ފަތުރުވެރިން ޗުއްޓީ ހޭދަކުރި އަތޮޅުތައް
ތ. އަތޮޅު: 2،578 ފަތުރުވެރިން
ހދ އަތޮޅު: 4،071 ފަތުރުވެރިން
ފ. އަތޮޅު: 4،377 ފަތުރުވެރިން
ލ. އަތޮޅު: 5،048 ފަތުރުވެރިން
ޏ. އަތޮޅު: 5،229 ފަތުރުވެރިން
ހއ. އަތޮޅު: 10،691 ފަތުރުވެރިން
ށ. އަތޮޅު: 12،440 ފަތުރުވެރިން
ސ. އަތޮޅު: 12،726 ފަތުރުވެރިން
ގދ. އަތޮޅު: 12،980 ފަތުރުވެރިން
މ. އަތޮޅު: 16.675 ފަތުރުވެރިން
ގއ. އަތޮޅު: 20،951 ފަތުރުވެރިން
ވ. އަތޮޅު: 48،952 ފަތުރުވެރިން
ޅ. އަތޮޅު: 67،764 ފަތުރުވެރިން
ނ. އަތޮޅު: 68،876 ފަތުރުވެރިން
ދ. އަތޮޅު: 74،634 ފަތުރުވެރިން
ބ. އަތޮޅު: 80،995 ފަތުރުވެރިން
އއ. އަތޮޅު: 97،343 ފަތުރުވެރިން
ރ. އަތޮޅު: 115،340 ފަތުރުވެރިން
އދ. އަތޮޅު: 130،318 ފަތުރުވެރިން
ކ. އަތޮޅު: 668،668 ފަތުރުވެރިން
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި ވަގުތު ރާއްޖޭގައި 174 ރިސޯޓާއި 906 ގެސްޓްހައުސް އާއި 161 ސަފާރީ އުޅަނދު އަދި 16 ހޮޓާ ދަނީ އޮޕަރޭޓް ކުރަމުންނެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ފަތުރުވެރިކަމަށް 1،895 އެނދު ނެރެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާފައިވެއެވެ.
މި މަހުގެ ދެވަނަ ދުވަހު މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިންނަށް ޖުމްލަ 1،254 ތަނަކުން 65،143 އެނދުން ހިދުމަތް ލިބެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 43,247 އެނދާއި ގެސްޓު ހައުސްތަކުގެ 15,494 އެނދާއި ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3,918 އެނދުގެ އިތުރުން ހޮޓާތަކުގެ 2,484 އެނދެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!