Skip to main content
Topic Archive

#Haa Alif Kelaa

288 Stories filed
ކެލާ ސްޕޯޓްސް ފިއެސްޓާ: ފުޓްސަލް ޗެމްޕިއަންކަން އުސްގަނޑު ސްޕޯޓްސް އަށް
Thiladhunmathi News

ކެލާ ސްޕޯޓްސް ފިއެސްޓާ: ފުޓްސަލް ޗެމްޕިއަންކަން އުސްގަނޑު ސްޕޯޓްސް އަށް

ހއ. ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ ”ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025”ގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އުސްގަނޑު ސްޕޯޓްސް ހޯދައިފިއެވެ. ރޭ ކުޅެވުނު މި މުބާރާތުގެ ފައިނަލްގައި އުސްގަނޑު ޗެމްޕިއަންކަން ހޯދީ 6-1 އިން ކްލަބް ރޭވަންގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ މޭންއޮފްދަ މެޗުގެ މަގާމަށް ހޮވިފައި ވަނީ އުސްގަނޑު ސްޕޯޓްސްގެ އަހްމަދު ރާހިލް ރަޝީދެވެ. މުބާރާތުގެ އެންމެ މޮޅު ފަސްކުޅުން ތެރެއިން ހުސައިން އަހްސަން، ޖޒ ނަންބަރު 19، ކްލަބް […]

ބޮޑު ތިލަދުންމަތީގެ 13 ތަނެއްގައި ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލައިފި
Thiladhunmathi News

ބޮޑު ތިލަދުންމަތީގެ 13 ތަނެއްގައި ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލައިފި

ބޮޑު ތިލަދުންމަތީގެ 13 ތަނެއްގައި ފަތުރުވެރިކަމުގެ ރިސޯޓު ތަރައްގީކޮށް ހިންގަން ބީލަމަށް މިއަދު ހުޅުވާލައިފިއެވެ. ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން މި ބީލަމުގެ ފުރުސަތު ހުޅުވާލައި ކޮށްފައިވާ ޢިއުލާންގައިވާގޮތުން ހދ. އަތޮޅުގެ ފަސް ތަނަކާއި، ހއ. އަތޮޅުގެ ފަސްތަނަކާއި އަދި ށ.އަތޮޅުގެ ތިން ތަނެއްގައި ރިސޯޓު ހަދައި ހިންގަން ވަނީ ހުޅުވާލާފައެވެ. އެއީ، ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށާއި، ހއ. މާދުނީގެ ފަރުގައި ތިން ރިސޯޓު ތަރައްގީ ކުރުމަށާއި، ހދ. މަކުނުދޫގެ ފަރުގައި ދެ […]

ހޯރަފުށީ ކައިރިން ފިއްލަދޫ އަށް ބޮޑު މޮޅެއް, ކެލާ އަތުން މުރައިދޫ މޮޅުވެއްޖެ
Thiladhunmathi News

ހޯރަފުށީ ކައިރިން ފިއްލަދޫ އަށް ބޮޑު މޮޅެއް, ކެލާ އަތުން މުރައިދޫ މޮޅުވެއްޖެ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ފިއްލަދޫ އާއި ހޯރަފުށި ބައްދަލުކުރި މެޗުން ފިއްލަދޫ ކުރިހޯދާފައިވާއިރު، ކެލާ އަދި މުރައިިދޫ ބައްދަލުކުރި މެޗު މުރައިދޫ ކާމިޔާބުކޮށްފިއެވެ. ހއ. އުތީމުގައި މިހާރު ކުރިއަށްގެންދާ މި މުބާރާތުގެ 9 ވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރީ ހޯރަފުއްޓާއި ފިއްލަދޫ އެވެ. ފިއްލަދޫ ޓީމުން މި މެޗު ކާމިޔާބުކޮށްފައިވަނީ 6-1 ގެ ނަތީޖާ އަކުން ހޯރަފުށި ކައިރިން ކުރިހޯދައިގެންނެވެ. މިގޮތުނ...

ތިލައުތުރު ފުޓްސަލް: ކެލާގެ މައްޗަށް ބާރަށުން ކުރިހޯދިއިރު، ވަށަފަރާއި ފިއްލަދޫ މެޗު އެއްވަރު
Thiladhunmathi News

ތިލައުތުރު ފުޓްސަލް: ކެލާގެ މައްޗަށް ބާރަށުން ކުރިހޯދިއިރު، ވަށަފަރާއި ފިއްލަދޫ މެޗު އެއްވަރު

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ވަށަފަރާއި ފިއްލަދޫ ބައްދަލުކުރި މެޗުން ދެ ޓީމު އެއްވަރުވެ، ކެލާ އާއި ބާރަށް ބައްދަލުކުރި މެޗުން ކެލާ ބަލިވެއްޖެއެވެ.  މިއަހަރު ހއ. އުތީމުގައި ކުރިއަށްގެންދާ މި މުބާރާތް މިއަދު ހަވީރު ފަށާފައިވާއިރު، މިރޭގެ ފުރަތަމަ މެޗުގައި ވާދަކުރި ވަށަފަރު ޓީމާއި ފިއްލަދޫ ޓީމު އެއްވަރުވެފައިވަނީ 2-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރިކުޅުމެއް ދެ ޓީމުންވެސް ދައްކައި، އެ މެޗުގެ ފުރަތަމަ...

ހަމަސްދުވަހުގެ މުއްދަތަށް ކެލާގައި ބާއްވާ ކަސްރަތު ޕްރޮގުރާމުގައި ބައިވެރިވާން ހުޅުވާލައިފި
Thiladhunmathi News

ހަމަސްދުވަހުގެ މުއްދަތަށް ކެލާގައި ބާއްވާ ކަސްރަތު ޕްރޮގުރާމުގައި ބައިވެރިވާން ހުޅުވާލައިފި

ހަމަސްދުވަހުގެ މުއްދަތަށް ހއ.ކެލާގައި ބާއްވާ ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ކެލާ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގުޅިގެން ކެލާ ރައްޔިތުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ކެލާ ކައުންސިލުން ކުރި އިއުލާނުގައި ބުނީ މި ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 14:00ގެ ކުރިން ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހައްވ...

ކެލާގައި ބޭއްވި މާލިއްޔަތު ޤަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ނިންމާލައިފި
Thiladhunmathi News

ކެލާގައި ބޭއްވި މާލިއްޔަތު ޤަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ނިންމާލައިފި

ހއ. ކެލާގައި ދައުލަތުގެ މާލިއްޔަތު ޤަވާއިދަށް އަހުލުވެރިކުރުމަށް ބޭއްވި ތަމްރީނު ޕްރޮގްރާމު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ކެލާ ކައުންސިލާއި ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި އޮގަސްޓް މަހު 20 އިން 21 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހއ. އަތޮޅުގެ 10 ރަށެއްގެ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މި ޕްރޮގްރާމުގައި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދަށް އަހުލުވެރިކުރުމުގެ ގޮތުން ދައުލަތުގެ ޕްރޮކިއުމަ...

ޤައުމީ އިނާމު ޢިއްޒަ އާއި ވަހީދު ހިމެނޭހެން 9 ބޭފުޅަކަށް
Raajje

ޤައުމީ އިނާމު ޢިއްޒަ އާއި ވަހީދު ހިމެނޭހެން 9 ބޭފުޅަކަށް

ސަރުކާރުން ދެއްވާ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު 9 ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ. މި ބޭފުޅުންނަށާއި ކުންފުންޏަށް މި އިނާމް ދެއްވާފައި ވަނީ މިއަދު ހއ. އުތީމުގައި ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މީގެ ތެރޭގައި ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ ދެ ބޭފުޅުން ހިމެނެއެވެ. އެ ބޭފުޅުންނަކީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން: ޢިއްޒަތު އަޙްމަދު ނިޒާރު ސެލްވިން، ހދ.މަކުނުދޫ އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަ...

ކެލާއިން ހިލޭ ދޫކުރާ 5،000 އަކަފޫޓުގެ ދަނޑުބިންތަކަށް 22 މީހަކު ކުރިމަތިލައިފި
Thiladhunmathi News

ކެލާއިން ހިލޭ ދޫކުރާ 5،000 އަކަފޫޓުގެ ދަނޑުބިންތަކަށް 22 މީހަކު ކުރިމަތިލައިފި

ހއ. ކެލާއިން ހިލޭ ދޫކުރާ 5،000 އަކަފޫޓުގެ ދަނޑުބިންތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް ކެލާ ކައުންސިލުން އާންމުކޮށްފިއެވެ. މިއީ ކެލާއިން ދަނޑުވެރިކަމަށް ބިން ދޫކުރާ ތިން ވަނަ ބުރެވެ. މި މުބުރުގައި ދޫކުރާ ބިންތަަކަށް ކުރިމަތިލުމަށް ކައުންސިލުން ހުޅުވާލީ 6 އޮގަސްޓު 2025 ގައެވެ. މިގޮތުން ކެލާ ދެކުނުކޮޅު އަދި ތޮށިމަތި ސަރަހައްދުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ ތިން ވަނަ ބުރުގައި ދަނޑުބިމަށް އެދި ފޯމު ލުމަށް ހުޅުވާލި ފުރުސަތުގައި ފޯމުލާފައިވާ ފަރާތްތަކުގެ ލިސްޓް ކެލާ […]

ކެލާ ފަޅުގައި ހަދާ ދެ ރިސޯޓު ވެސް ބޮޑެތި ލުއިތައް ދިން ލިސްޓަށް
Thiladhunmathi News

ކެލާ ފަޅުގައި ހަދާ ދެ ރިސޯޓު ވެސް ބޮޑެތި ލުއިތައް ދިން ލިސްޓަށް

ފަތުރުވެރިކަން ތަރައްގީކުރަން ބޮޑެތި ލުއިތައް ދިން ތަންތަނުގެ ލިސްޓްގައި ކެލާ ފަޅުގައި ހަދާ ދެ ރިސޯޓު ވެސް ހިމަނައިފިއެވެ. ކެލާ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އިއުލާން ކުރީ 1 އޭޕްރިލް 2025 ގައެވެ. އޭގެފަހުން 29 ޖޫން 2025 ގައި އެ ވުޒާރާއިން ވަނީ ރާއްޖޭގައި މިހާތަނަށް ފަތުރުވެރިކަން ފުޅާނުވެ އޮތް އަތޮޅުތަކުގައި އެ ދާއިރާ ތަރައްގީކުރަން ވަރަށް ބޮޑެތި ލުއިތަކާ އެކު އިތުރު ތަންތަން ފަތުރުވެރިކަމަށް ހުޅުވާލާފައެވެ. […]

ވަޒީރު މާރިޔާ ކެލާ ގްރީން ހައުސްއަށް ޒިޔާރަތް ކުރައްވައިފި
Thiladhunmathi News

ވަޒީރު މާރިޔާ ކެލާ ގްރީން ހައުސްއަށް ޒިޔާރަތް ކުރައްވައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހއ. ކެލާ ގްރީން ހައުސްއަށް ޒިޔާރަތް ކުރައްވައިފިއެވެ. ކެލާ  ގްރީން ހައުސް އަކީ މެޕް ޕްރޮޖެކްޓްގެ ތެރެއިން ރާއްޖޭގެ އެކި ރައްތަކުގައި ގެންދާ ދަނޑުވެރިކަމުގެ ޕައިލެޓް ޕްރޮޖެކްޓުތަކުގެ ތެރެއިން ކެލާ ގައި ގާއިމްކޮށްފައިވާ ތަނެކެވެ. އެތަނުގައި ހައްދާފައިވަނީ މިރުހާއި ކެޕްސިކަމް އެވެ. ވަޒީރު ޒިޔާރަތްކުރެއްވީ  ހދ. އަދި ހއ ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ކެލަޔަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވ...

ކެލާގައި މި އަހަރު ޤައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަކުރަނީ
Thiladhunmathi News

ކެލާގައި މި އަހަރު ޤައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަކުރަނީ

ހއ. ކެލާގައި މި އަހަރު ޤައުމީ ފެންވަރުގައި އަޟްހާ އީދު ފާހަގަކުރުމަށް ހަމަޖެހިއްޖެއެވެ. ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން ޤައުމީ ފެންވަރުގައި މި އަހަރު އަޟްހާ އީދު ފާހަގަކުރާ ތިން ރަށެއް ވަނީ ހޮވާފައެވެ. މި ވުޒާރާއިން ހާމަކުރި ގޮތުގައި ޤައުމީ ފެންވަރުގައި އީދު ފާހަގަކުރަން ރަށްތައް ހޮވީ ވަކި މިންގަނޑެއް ބަލައިިގެން، މި ހަރަކާތައް ޝައުގުވެރިކަން ފައުޅުކޮށް، ޕްރޮޕޯސަލް ހުށަހެޅި ރަށްތަކުގެ ތެރެއިން އުސޫލުގެ ދަށުން އެންމެ ގިން ޕޮއިންޓު ލިބިފައިވާ […]

''ކެލާ ލިލީ ހައުސް ތަރައްގީ ކުރާނީ ދިވެހި ޤައުމީ އައިޑެންޓިޓީއާ އެއްގޮތަށް''
Parliament

''ކެލާ ލިލީ ހައުސް ތަރައްގީ ކުރާނީ ދިވެހި ޤައުމީ އައިޑެންޓިޓީއާ އެއްގޮތަށް''

ކެލާ ލިލީ ހައުސް ތަރައްގީ ކުރާނީ ދިވެހި އަމިއްލަވަންތަ ދިވެހި ޤައުމީ އައިޑެންޓިޓީއާ އެއްގޮތަށް ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާއި ސުވާލުކުރުމުގެ ވަގުތުގައި ކެލާ ދާއިރާގެ މެމްބަރު ޢަބުދުﷲ ޝަރީފް ވަނީ، ކެލާ ލިލީ ހައުސް ތަރައްގީ ކުރުމުގެ މަޝްރޫޢު މާލޭގެ ހުކުރު މިސްކިތަށް ވީގޮތަށް ނުވާނެތޯ ސުވާލުކުރަށްވާފައެވެ. އަދި އެތަނަށް ކިހާވަރެއްގެ ޚަރަދެއް ކުރީ ސަރުކާރުން ކުރިތޯ […]

ކެލާ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި
Thiladhunmathi News

ކެލާ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން އިއުލާންކޮށްފި

ތިލަދުންމްތީ އުތުރުބުރީ ކެލާ ފަޅުގައި ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ. ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ކެލާ ފަޅުގައި ދެ ރިސޯޓް ތަރައްގީ ކުރުމުގެ އިތުރުން މާލެ އަތޮޅު ކާށިދޫ ފަޅުގައި ވެސް ރިސޯޓް ތަރައްގީކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް، ހއ.ކެލާ ފަޅުގައި 2 ރިސޯޓު ތަރައްގީކުރުމަށް، އެ ރަށުގެ ފަޅުތެރެއިން ބިން ކަނޑައެޅުއްވުމަށް ރައީސްގެ ގަރާރަކުން ނިންމަވާފައި...

ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްޤީކުރުމަށް އެ ރަށުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި
Raajje

ކެލާގެ ފަޅުގައި ދެ ރިސޯޓު ތަރައްޤީކުރުމަށް އެ ރަށުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

ހއ. ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީކުރުމަށް އެ ރަށުގެ އިޚްތިޞާޞަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ބަދަލުގެންނަވައިފިއެވެ. ރައީސް ގެންނެވި މި ބަދަލުގެ ޤަރާރު ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ވަނީ ޝާޢިއުކޮށްފައެވެ. ކެލާގެ ފަޅުގައި ދެ ރިޒޯޓު ތަރައްޤީކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ޤަރާރުގައި ވަނީ މި ވަޢުދުފުޅާ އެއްގޮތަށް ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީ ކުރުމަށް އެރަށުގެ ފަޅުތެރެއިން ޖުމުލަ 325.5 ހެކްޓަރު ރައީސްގެ ގަރާރުން ވަނީ ކަނޑައަޅުއްވާފައެވެ. މި […]

ކެލާގެ ރަށްވެހި އާސާރު ތަރައްގީ ކުރަން ހަވާލުކޮށްފި
Thiladhunmathi News

ކެލާގެ ރަށްވެހި އާސާރު ތަރައްގީ ކުރަން ހަވާލުކޮށްފި

ތިލަދުންމަތީ އުތުރުބުރީ ކެލާގެ ރަށްވެހި އާސާރު ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރެވެ. ކޮންމެ ރަށެށްގައިވެސް ތަރިކައިގެ އާސާރުތައް އުފެއްދުމުގެ ރޫހެއް އަށަގެންނެވުމަކީ ދިވެހިބަހާއި ސަގާފަ...