ހއ. ކެލާގައި ދައުލަތުގެ މާލިއްޔަތު ޤަވާއިދަށް އަހުލުވެރިކުރުމަށް ބޭއްވި ތަމްރީނު ޕްރޮގްރާމު ނިންމާލައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ ކެލާ ކައުންސިލާއި ޕަބްލިކް ފައިނޭންސް އިންސްޓިޓިއުޓާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

Ad
rt

މި އޮގަސްޓް މަހު 20 އިން 21 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ހއ. އަތޮޅުގެ 10 ރަށެއްގެ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

އެގޮތުން މި ޕްރޮގްރާމުގައި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދަށް އަހުލުވެރިކުރުމުގެ ގޮތުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމާއި ގުޅޭ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފައިނެންސް މިނިސްޓްރީން ދަނީ މުއައްސަސާތަކުގެ މުޒައްޒަފުން ދައުލަތުގެ މާލިއްޔަތަށް އަހުލުވެރިކުރުމުގެ މަޤުސަދުގައި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން މިފަދަ ސެޝަންތައް ބާއްވަމުންނެވެ.