ހއ. ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށްގެންދާ ''ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025''ގެ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އުސްގަނޑު ސްޕޯޓްސް ހޯދައިފިއެވެ.
ރޭ ކުޅެވުނު މި މުބާރާތުގެ ފައިނަލްގައި އުސްގަނޑު ޗެމްޕިއަންކަން ހޯދީ 6-1 އިން ކްލަބް ރޭވަންގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މި މެޗުގެ މޭންއޮފްދަ މެޗުގެ މަގާމަށް ހޮވިފައި ވަނީ އުސްގަނޑު ސްޕޯޓްސްގެ އަހްމަދު ރާހިލް ރަޝީދެވެ.
މުބާރާތުގެ އެންމެ މޮޅު ފަސްކުޅުން ތެރެއިން
- ހުސައިން އަހްސަން، ޖޒ ނަންބަރު 19، ކްލަބް ރޭވަން
- މޫސާ ނަޒީމް، ޖޒ ނަންބަރު 55، އުސްގަނޑު ސްޕޯޓްސް
- އަލީ ހުމޭޒް، ޖޒ ނަންބަރު 7، އުސްގަނޑު ސްޕޯޓްސް
- ޢަލީ ހުސައިން، ޖޒ 12، ކްލަބް ރޭވަން
- އަހްމަދު ލައިސް، ޖޒ ނަންބަރު 14، ޖީއޯ ސްޕޯޓްސްޓްސް ކަލްބް
މުބާރާތުގެ އެންމެ މޮޅު ފަސްކުޅުން ތެރެއިން، ފޮޓޯ: ކެލާ ކައުންސިލް
މި މުބާރާތުގެ މޯސްޓް ޕްރޮމޮސިން ޕްލޭޔަރގެ މާމަށް ކެލާ ސްޕޯޓްސް އެކަޑަމީގެ ޖާޒީ ނަންބަރު 5 ޔޫޝައު ހޮވިފައިވާއިރު، ޓޮޕް ސްކޯރަރ އަކަށް ހޮވުނީ އުސްގަނޑު ސްޕޯޓްސްގެ ޖާޒީ ނަންބަރު 7 ޢަލީ ހުމޭޒް އެވެ. އަދި ބެސްޓް ކޯޗަކަށް ހޮވުނީ އުސްގަނޑު ސްޕޯޓްސްގެ ކޯޗު ހަސަން ފިރާގު އެވެ.
މި މުބާރާތުގެ ކިންގް އޮފް ޓޯނަމަންޓްގެ މަގާމު ހޯދި އުސްގަނޑު ސްޕޯޓްގެ ޖާޒީ ނަންބަރު 7 ޢަލީ ހުމޭޒު، ފޮޓޯ: ކެލާ ކައުންސިލް
މި މުބާރާތުގެ ކިންގް އޮފް ޓޯނަމަންޓްގެ މަގާމު ހޯދީ އުސްގަނޑު ސްޕޯޓްގެ ޖާޒީ ނަންބަރު 7 ޢަލީ ހުމޭޒެވެ. މި މުބާރާތުގެ ޗެމްޕިއަންކަން އުސްގަނޑު ސްޕޯޓްސް، ރަނަރަޕްކަން ކްލަބް ރޭވަން ހޯދާފައިވާއިރު، ފެއަރޕްލޭ ޓީމަކަށް ހޮވުނީ ކެލާ ސްޕޯޓްސް އެކަޑަމީއެވެ.
މި ފިއެސްޓާގެ ހޭންޑް ބޯލް މުބާރާތުގެ ފައިނަލްގައި ކެލާ ސައިޚް އިބްރާހީމް ސްކޫލާއި ވާދަކޮށް ކެލާ ޕޮލިސް ޓީމުން ވަނީ 12-5 ލަނޑުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މި ފިއެސްޓާގެ ވޮލީ މުބާރާތުގެ ފައިނަލް މިއަދު ހަވީރު ކުޅޭނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ޗެމްޕިއަކަންހދ. ހަނިމާދޫ ހަނިމާދޫ ސާއްބަ އެކުވެރި ކަލްބާއި ހއ. ހޯރަފުށީގެ ހޯރަ ޔުނައިޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!