މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ޖުމްހޫރީ ޕާޓީ

178 Stories filed
އެމްޑީޓީއާއެކު ކުރިއަށް ދިޔުމުގެ ފުރުސަތު އެބައޮތްކަމަށް ދެކެން: އަމީން
Raajje

އެމްޑީޓީއާއެކު ކުރިއަށް ދިޔުމުގެ ފުރުސަތު އެބައޮތްކަމަށް ދެކެން: އަމީން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއެކު މަސައްކަތްކުރުމަށް އެ ޕާޓީން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ)އަށް ދީފައިވާ ދައުވަތާއިގުޅިގެން އެކަމުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ރޭ ބާއްވައިފިއެވެ. މި ބައްދަލުމުގައި ޖޭޕީގެ ފަރާތުން ބައިވެރިވީ އެ ޕާޓީން ކޯލިޝަން މަޝްވަރާތަކަށް އެކުލަވާލާފައިވާ ކޮމެޓީގައި ހިމެނޭ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް އާއި ސްޕެޝަލް އެޑްވައިޒަރ، ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޟް ރަޝީދާއި އަދި ކެ...

ރާއްޖޭގެ ސަރަޙަައްދުން އެންމެ ކޮޑި އިންޗިއެއް ވެސް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދެއް ނުކުރާނަން: ޤާސިމް
Raajje

ރާއްޖޭގެ ސަރަޙަައްދުން އެންމެ ކޮޑި އިންޗިއެއް ވެސް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދެއް ނުކުރާނަން: ޤާސިމް

ރާއްޖޭގެ ސަރަޙަައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދު ނުކުރަށްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ވަނީ ނިންމާފައެވެ. މި ނިންމުމާއިގުޅިގެން ޤާސިމް މިރޭ ކުރެއްވި […]

ޗާގޯސް މައްސަލާގައި ޤާސިމްގެ ސިޓީއެއް އިޓޮލްސް އަށް
Raajje

ޗާގޯސް މައްސަލާގައި ޤާސިމްގެ ސިޓީއެއް އިޓޮލްސް އަށް

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހިމް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ސިޓީއެއް މިއަދު ފޮނުއްވައިފިއެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ރާއްޖެ ގަޑިން މިއަދު 14:00 ގައި އިޓްލޮސްގެ ނިންމުން ހާމަކުރާނެއެވެ. އިޓްލޮސްއަށް ގާސިމް މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އެސިޓީފުޅަކީ، ޗާގޯސް މައްސަލާގައި ދިވެހި […]

ޗާގޮސް މައްސަލައިގައި ވަގުތު އޮއްވައި ޖޭޕީގެ ސްޓޭންޑް ވަނީ ހާމަކޮށްފައި: ސާހް
Raajje

ޗާގޮސް މައްސަލައިގައި ވަގުތު އޮއްވައި ޖޭޕީގެ ސްޓޭންޑް ވަނީ ހާމަކޮށްފައި: ސާހް

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްޓޭންޑް ވަގުތުއޮއްވައި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވަނީ ހާމަކުރައްވާފައިކަމަށް އެ ޕާޓީގެ ނައިބު ލީޑަރު ޢަލީ ޝާހް ވިދާޅުވެއްޖެއެވެ. މި މައްސަލައާއިގުޅިގެން ޖޭޕީގެ ލީޑަރު، މާމިނގިލީދާއިރާގެ މެންބަރު ގާސިމް މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ވާހަކަ ދައްކަވާފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވަމުން ސާހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލާގައި ޖޭޕީގެ ސްޓޭންޑް، ލީޑަރު ގާސިމް ވަނީ ވަގުތު އޮއްވައި ސާފުކޮށ...

ރިޔާސީ އިންތިޚާބުގައި ޖޭޕީން ވާދަކުރާނީ ގާސިމް ކަމަށް އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފި
Raajje

ރިޔާސީ އިންތިޚާބުގައި ޖޭޕީން ވާދަކުރާނީ ގާސިމް ކަމަށް އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީ އިން ވާދަކުރާނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ޖޭޕީގެ ކައުންސިލުން ފާސްކޮށްފިއެވެ. އެ ކައުންސިލުން މިގޮތަށް ފާސްކުރީ މިއަދުއެވެ. ޖޭޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ފަރާތެއް ހޮވުމަށް، ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވައިލުމުން އެކަމަށް ކުރިމަތިލައްވާފައި ވަނީ ވެސް ގާސިމް ގިނިކަންޏާއެވެ. ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާނީ ގާސިމް ކަމަށާއި އެމަނިކުފާނު ކެންޑިޑޭޓު ކަމަށް...

ޝަރުތެއްނެތި މައުސޫމްގެ ތާއީދު ރައީސް ޞާލިޙަށް!
Raajje

ޝަރުތެއްނެތި މައުސޫމްގެ ތާއީދު ރައީސް ޞާލިޙަށް!

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. ޢަބުދުﷲ މައުސޫމްގެ ތާއީދު އޮތްކަން އޭނާ ހާމަކުރައްވައިފިއެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރަކަށް ހުންނެވި މައުސޫމްގެ ތާއީދު ރައީސް ޞާލިޙަށް ދެއްވިކަން ހާމަކުރެއްވީ އޭނާ މީސްމީޑިއާއަށް ދޫކޮށްލެއްވި މެސެޖެއްގައެވެ. މައުސޫމް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން ވެސް ވަނީ ރިޔާސީ އިންތިޚ...

ޕާޓީން ވަކިވަނީ މަޤާމު ދިފާޢު ކުރުމަށް، އެކަމުގައި ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ނުކުރޭ: ޤާސިމް
News

ޕާޓީން ވަކިވަނީ މަޤާމު ދިފާޢު ކުރުމަށް، އެކަމުގައި ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ނުކުރޭ: ޤާސިމް

ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެންބަރުން ޕާޓީ ދޫކޮށްލާއިރު، ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކޮށް ކަމުގެ ޙަޤީޤަތް ހާމަކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށް އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ. ޖޭޕާ އިސްވެ އޮވެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމައި، ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައި، އެ ޕްރައިމަރީއަށް ޤާސިމް ކުރިމަތިލައްވާފައިވާއިރު، ސަރުކާރުގެ އެކި މަޤާމުތަކުގައި އެ ޕާޓީގެ ސްލޮޓްތަކުގައި ތިއްބެވި ބައެއް ބޭފުޅުން...

ޖޭޕީ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ޖޭޕީ ދޫކޮށް ރައީސްގެ ފަހަތަށް!
Raajje

ޖޭޕީ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ޖޭޕީ ދޫކޮށް ރައީސްގެ ފަހަތަށް!

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ޖޭޕީ ދޫކޮށް ރައީސްގެ ފަހަތަށް އަރަން ފަށައިފިއެވެ. އެ މެމްބަރުން ރައީސް ސާލިހަށް ތާއީދު ކުރައްވައި، ޖޭޕީން ވަކިވާން ފަށާފައި މިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން އެކަނި ވާދަކުރަން ނިންމައި، އެ ޕާޓީގެ ކެންޑިޑޭޓެއް ނެރެން ނިންމުމާއި ގުޅިގެންނެވެ. އެގޮތުން މިހައިތަނަށް ޖޭޕީ އިން ވަކިވެ، ރައީސްއަށް ތާއީދު ކުރައްވަން ނިންމަވާފައިވަކަން ރަސްމީކޮށް އިއުލާންކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ރަ...

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް
Raajje

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރެއްވުމަށް އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ނިންމަވައިފިއެވެ. ޖޭޕީގެ ރިޔާސީ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރުމަށް ނިންމަވައި، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލަށް ޤާސިމް ފޮނުއްވި ސިޓީ އެ ޕާޓީގެ ރަސްމީ ޓްވީޓާގައި މިހާރު ވަނީ އާންމުކޮށްފައެވެ. އެ ސިޓީގައި ޤާސިމް ވިދާޅުވެފައި ވަނީ، އެ ޕާޓީގެ ރިޔާސީ ޓިކެޓްގައި ވާދަކުރުމުގެ ޝަރުތު ހަމަވާ އެ ޤާބިލުކަން ހުރި އެތައް ބޭފުޅުންނެއް […]

ޖޭޕީގެ ރިޔާސީ ކެމްޕޭން ރާވަން އަމީން އާއި ހަވާލުކޮށްފި
Raajje

ޖޭޕީގެ ރިޔާސީ ކެމްޕޭން ރާވަން އަމީން އާއި ހަވާލުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ހިންގާ ކެމްޕޭން ރާވާ ހިންގުމުމުގެ އެންމެ އިސް ބޭފުޅެއްގޮތުގައި އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާޙީމް ހަމަޖައްސަވައިފިއެވެ. ކުރިން ޓްރާންސްޕޯޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އަމީން އެ މަގާމަށް ހަމަޖެއްސިކަން ޖުމްހޫރީ ޕާޓީން މިއަދު ކުރި ޓްވީޓެއްގައި ވަނީ ބުނެފައެވެ. މިހާރު ޕީއެޗްޑީއަށް ކިޔެވުމުގެ މަރުހަލާ ވެސް ފުރިހަމަ ކުރައްވާފައިވާ އަމީން އެ މަގާމަށް ހަމަޖެއްސިކަން ހާމަކޮށް ޖޭޕީން ބުނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ […...

ޖޭޕީގެ ސްލޮޓެއްގައި އިމިގްރޭޝަންގެ ވެރިއަކަށް ހުންނެވި ހަނަފީ އެ ޕާޓީން ވަކިވެއްޖެ
Raajje

ޖޭޕީގެ ސްލޮޓެއްގައި އިމިގްރޭޝަންގެ ވެރިއަކަށް ހުންނެވި ހަނަފީ އެ ޕާޓީން ވަކިވެއްޖެ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެ ޕާޓީން ވަކިވެއްޖެއެވެ. ހަނަފީ ޖޭޕީން ވަކިވެ، ޖޭޕީގެ ލީޑަރަށް ސިޓީއެއް މިއަދު ފޮނުއްވާއިރު، އޭނާ އެ ޕާޓީން ވަކިވެފައި މިވަނީ އިއްޔެ އޭނާއަށް ޖޭޕީގެ ލީޑަރު، ގާސިމްގެ އެޑްވައިޒަރުގެ މަގާމު ވެސް ހަމަޖައްސާފައި ވަނިކޮށެވެ. ޖޭޕީން ވަކިވާން ނިންމައި ފޮނުވި ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ޖޭޕީގެ ވިސްނުން މިހާރު ހުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް […]

ޖޭޕީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުން އައްޔަނުކޮށްފި
Raajje

ޖޭޕީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުން އައްޔަނުކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރުންނާއި އެޑްވައިޒަރުންގެ މަޤާމަށް ބޭފުޅުން އައްޔަނުކޮށްފިއެވެ. އެ ބޭފުޅުން އެ މަޤާމުތަކަށް އައްޔަނު ކުރެއްވިކަން އިއްޔެ މެންދުރުފަހު ބޭއްވި ޖޭޕީގެ 152 ވަނަ ކައުންސިލް ބައްދަލުވުމުގައި ޢިއުލާން ކުރެއްވީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޤާސިމެވެ. ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި އިއްޔެ ހަމަޖެއްސެވީ ކުރިން އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވި ހަތަރު ބޭފުޅެކެވެ. އެއީ ވިލިމާލެ ދާއިރާ...

ގާސިމްގެ ސްޕެޝަލް އެންވޯއީ އަކަށް އިލްހާމް
Raajje

ގާސިމްގެ ސްޕެޝަލް އެންވޯއީ އަކަށް އިލްހާމް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީއަކަށް އެމަނިކުފާނުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އިލްހާމް އަހުމަދު މިއަދު އައްޔަންކުރައްވައިފިއެވެ. އިލްހާމް އެމަގާމަށް އައްޔަންކުރެއްވިކަން ޖޭޕީގެ ލީޑަރު ޤާސިމް އިއުލާކުރައްވާފައިވަނީ މިއަދު މެންދުރުފަހު ބޭއްވި ޖޭޕީގެ 152 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. އިލްހާމަކީ ގާސިމާއި ވަރަށް އަރިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ އަކީ މީގެ ކުރިން ގެމެނެފުށީ ދާއިރާގެ މަޖިލީސް މެންބަރު ކަމާއި، ދަނގެތީ ދާއިރާ...

ޖޭޕީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ޖޭޕީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރަން ބޭނުންވާ މެމްބަރުންނަށް އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ޕާޓީން ނެރުނު އިއުލާނެއްގައި ވަނީ އެޕާޓީގެ އަސާސީ ގަވާއިދުގައި ވާގޮތުން މަތީން ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ހުރިހާ މެމްބަރުންނަށް އާންމުކޮށް ހުޅުވާލައިގެން އެކަމަށެވެ. ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް އެޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ މެމްބަރުނ...

އަންހެނުންނަށް ޖާގަ ދީ، އޭގެ ފައިދާ ކުރާނެ: ނަހުލާ
Raajje

އަންހެނުންނަށް ޖާގަ ދީ، އޭގެ ފައިދާ ކުރާނެ: ނަހުލާ

ފިރިހެނުންގެ ވިސްނުން ބަދަލުކޮށް މިންތީގެ ހަމަހަމަކަމަށް ޖާގަ ދިނުމަކީ މުހިންމު ކަމެއް ކަމަށާއި، އެކަމުގެ ފައިދާ އަންނަން އޮތް ޖީލުތަކަށް ވެސް ކުރާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިނިސްޓަރު ނަހުލާ އިސްނެންގެވުމުގެ މަތީން ރޭ ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފައެވެ. އާންމުކޮށް އަންހެނުން ބޭފުޅުންނަށް ހުޅުވާލައިގެން ކުރިއަށް ގެ...