ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު، ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީއަކަށް އެމަނިކުފާނުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އިލްހާމް އަހުމަދު މިއަދު އައްޔަންކުރައްވައިފިއެވެ.

އިލްހާމް އެމަގާމަށް އައްޔަންކުރެއްވިކަން ޖޭޕީގެ ލީޑަރު ޤާސިމް އިއުލާކުރައްވާފައިވަނީ މިއަދު މެންދުރުފަހު ބޭއްވި ޖޭޕީގެ 152 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ.

Ad
rt

އިލްހާމަކީ ގާސިމާއި ވަރަށް އަރިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އޭނާ އަކީ މީގެ ކުރިން ގެމެނެފުށީ ދާއިރާގެ މަޖިލީސް މެންބަރު ކަމާއި، ދަނގެތީ ދާއިރާގެ މަޖިލީސް މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ޑެޕިޔުޓީ ލީޑަރު ކަމާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީމް)ގެ ޑެޕިޔުޓީ ލީޑަރުކަމާއި، ޖޭޕީގެ ޑެޕިޔުޓީ ލީޑަރު ކަމުގެ މަގާމު ވެސް ފުރުއްވާފަވެއެވެ.

މީގެ އިތުރުން އެންމެ ފަހުން ޖޭޕީގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި އިލްހާމް ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަން ވެސް ކުރައްވާފައެވެ.

ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީއަކަށް އިލްހާމް މިއަދު އައްޔަންކުރެއްވި އިރު މީގެ ކުރިން ވެސް އޭނާ ވަނީ ޤާސިމްގެ މަންދޫބެއްގެ ގޮތުން އެކި ސިޔާސީ ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ.