މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރަން ބޭނުންވާ މެމްބަރުންނަށް އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ޕާޓީން ނެރުނު އިއުލާނެއްގައި ވަނީ އެޕާޓީގެ އަސާސީ ގަވާއިދުގައި ވާގޮތުން މަތީން ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލާނެ ކެނޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ހުރިހާ މެމްބަރުންނަށް އާންމުކޮށް ހުޅުވާލައިގެން އެކަމަށެވެ.
ޖޭޕީގެ ރިޔާސީ ކެނޑިޑޭޓް ކަނޑައެޅުމަށް އެޕާޓީގެ ފަރާތުން ކުރިމަތިލުމަށް ޝައުގުވެރިވާ މެމްބަރުންގެ ތެރެއިން ޤާނޫނުއަސާސީގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ މެމްބަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެކަމަށް ޖޭޕީން ކުރި ޢިއުލާނެއްގައިވެއެވެ.
އެގޮތުން އެކަމަށް ކުރިމަތިލާ ފަރާތްތަކުން، ކުރިމަތިލާ ފަރާތުގެ ސިޓީ، އައިޑީކާޑު ކޮޕީ އަދި ވަނަވަރު އަންގައިދޭ ލިޔުން މި މާރިޗު މިމަހުގެ 30 ގެ ކުރިން ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ފާސްކޮށްފައިވަނީ އިއްތިފާގުންނެވެ.
ޖޭޕީގެ މީގެ ކުރީން ދެ ފަހަރަކު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކޮށްފައެވެ. އެ ދެފަހަރު ވެސް ވާދަކުރީ އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!