ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމު ފުރުއްވަމުން ގެންދަވާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެ ޕާޓީން ވަކިވެއްޖެއެވެ.
ހަނަފީ ޖޭޕީން ވަކިވެ، ޖޭޕީގެ ލީޑަރަށް ސިޓީއެއް މިއަދު ފޮނުއްވާއިރު، އޭނާ އެ ޕާޓީން ވަކިވެފައި މިވަނީ އިއްޔެ އޭނާއަށް ޖޭޕީގެ ލީޑަރު، ގާސިމްގެ އެޑްވައިޒަރުގެ މަގާމު ވެސް ހަމަޖައްސާފައި ވަނިކޮށެވެ.
ޖޭޕީން ވަކިވާން ނިންމައި ފޮނުވި ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ޖޭޕީގެ ވިސްނުން މިހާރު ހުރީ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް އޭނާ އަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން ޖޭޕީން ވަކިވާން ނިންމެވީ ކަމަށް ވިދާޅުވެފަވެއެވެ.
ހަނަފީ މިހެން ވިދާޅުވެފައި ރައީސް ޞާލިޙާއެކު އައު ދައުރަކަށް ކޯލިޝަނަކަށް ދިޔުމަށް ޖޭޕީއަށް ދައުވަތު ދެއްވާފައި ވަނިކޮށް އެ ޕާޓީން ވަކިން ރިޔާސީ ރޭހަށް ނުކުންނަން ނިންމާފައި ވަނިކޮށެވެ.
ޖޭޕީގެ ރިޔާސީ ޓިކެޓްގައި ވާދަކުރުމަށް މިހާރު ހުޅުވާލާފައިވާއިރު، އެ ޕާޓީން ވެސް މިހާރު ދަނީ ކޯލިޝަނަށް ދިޔުމަށް ބައެއް ފަރާތްތަކާއި މަޝްވަރާ ހިންގަމުންނެވެ.
ހަނަފީ އަކީ އެންމެ ފަހުން އޮތް ޖޭޕީގެ ޤައުމީކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ލީޑަރަކަށް ވާދަކުރައްވާ ނާކާމިޔާބީއާއި ކުރިމަތިވެފައިވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!