މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#ޕީއެންސީ

567 Stories filed
ޝުޖާއު ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާކަން ރަސްމީކޮށް އިއުލާން ކުރައްވައިފި
Thiladhunmathi News

ޝުޖާއު ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާކަން ރަސްމީކޮށް އިއުލާން ކުރައްވައިފި

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާއު 2024 ވަނަ އަހަރުގެ މަޖިލިސް ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ރަސްމީކޮށް މިއަދު ޢިއުލާން ކުރައްވައިފިއެވެ. ޝުޖާއު އަކީ އައު ސަރުކާރާ ހަވާލުވާ ވެރިކަން ކުރާ ޕާޓީ، ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ބޭފުޅެކެވެ. އޭނާ ބާރަށު ދާއިރާ ގޮނޑިއަށް ވާދަކުރައްވާނެކަމަށް ކުރިން ވެސް އޮތީ އަޑު ފެތުރިފައެވެ. އަދި އޭނާ އެ ގޮނޑިއަށް ވާދަކުރައްވަން […]

ޕްރޮގްރެސިވް ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ ޖެނުއަރީ މަހު ބާއްވަނީ
Raajje

ޕްރޮގްރެސިވް ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ ޖެނުއަރީ މަހު ބާއްވަނީ

ޕްރޮގްރެސިވް ކޯލިޝަންގެ ޕްރައިމަރީ ޖެނުއަރީ މަހު ބާއްވަން ނިންމައިފިއެވެ. ޕީޕީއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ ޓިކެޓުގައި ވާދަކުރާ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މިޕްރައިމަރީ އޮންނާނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ކަމަށާއި ޕްރައިމަރީގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް ކުރިމަތިލުމަށް ޑިސެމްބަރު މަހު ހުޅުވައިލާނެ ކަމަށް ވެސް ބުނެފައި...

ޔާމީނަށް ލިބެމުންދާ ކޮންމެ ލުޔެއްގެ ޝުކުރު ހައްގުވަނީ މުޢިއްޒަށް: މުއާޒު
Raajje

ޔާމީނަށް ލިބެމުންދާ ކޮންމެ ލުޔެއްގެ ޝުކުރު ހައްގުވަނީ މުޢިއްޒަށް: މުއާޒު

ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، ޔާމީން އަބުދުލްޤައްޔޫމަށް މިހާރު ލިބެންދާ ހުރިހާ ލުއިތަކެއްގެ ޝުކުރު ހައްގުވަނީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ކަމަށް މަޑަވެލިދާއިރާގެ ކުރީގެ މެންބަރު، ޕީޕީއެމްގެ ސެނެޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މުއާޒް މިހެން ވިދާޅުވީ، ޔާމީންގެ ސަރުކާރުގައި ރިޔާސީ ގަނޑުވަރު، މުލިއާގޭގައި ވަރަށް ސީނިއާކޮށް މަސައްކަތް ކުރެއްވި ބޭފުޅަކު ރައީސް ޔާމީން ގޭކޮޅަށް ބަދަލު ކުރެއްވުމާއި ގުޅިގެން ރައީސް ޞާލިޙަށް ޝުކުރު އަދާ...

ޔާމީން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުވުމެއް
Raajje

ޔާމީން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުވުމެއް

ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، ޔާމީން އަބުދުލްޤައްޔޫމްގެ ގޭ ބަންދަށް ދިން ލުޔާއެކު ޕާޓީ އޮފީހަށް ވަޑައިގެން ރޭ ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފިއެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އޮކްޓޯބަރު 1 ވަނަ ދުވަހު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް ފުރަތަމަ ވެސް އެދިވަޑައިގެންފައި ވަނީ އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވ...

ތުލުސްދޫ ދާއިރާގެ މެންބަރު ނަސީމް ޕީއެންސީ އަށް ސޮއިކޮށްފި
Raajje

ތުލުސްދޫ ދާއިރާގެ މެންބަރު ނަސީމް ޕީއެންސީ އަށް ސޮއިކޮށްފި

ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާޙީމް ނަސީމް، ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކޮށްފިއެވެ. މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލިސް މެންބަރުކަން ކުރައްވަމުން އައި ނަސީމް ޕީއެންސީއަށް ސޮއިކުރެއްވިކަން ހާމަކުރީ، ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ޕީއެމުން ”އެކްސް”ގައި ކުރި ޕޯސްޓެއްގައެވެ. ނަސީމް ޕީއެންސީއާއި ގުޅިވަޑައިގެން އޭނާގެ މެންބަރޝިޕް ފޯމު ހަވާލުކުރައްވާފައި ވަނީ ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އާއެވެ. Rayyithunge Majlis ge Thu...

ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވާ އަންހެން މެންބަރުންނަށް ހާއްސަ އެލަވަންސެއް
Parliament

ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވާ އަންހެން މެންބަރުންނަށް ހާއްސަ އެލަވަންސެއް

ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލާ މެންބަރުން އިތުރުކޮށް، އެކަމަށް ކަނބަލުންނަށް ހިތްވަރުދިނުމުގެ ގޮތުން އެ ކޯލިޝަންގެ ޓިކެތްގައި މަޖިލީހަށް އިންތިޚާބުވާ އަންހެން މެންބަރުންނަށް ހާއްސަ އެލަވަންސެއްދެއްވާނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު ”އެކްސް”ގައި މިއަދު ވިދާޅުވީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގ...

ޔާމީންގެ ބަންދަށް ލުއިތަކެއް
Raajje

ޔާމީންގެ ބަންދަށް ލުއިތަކެއް

ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމްގެ ބަންދަށް އިތުރު ލުއިތަކެއް ރޭ ދީފިއެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އޮކްޓޯބަރު 1 ވަނަ ދުވަހު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް ފުރަތަމަ ވެސް އެދިވަޑައިގެންފައި ވަނީ އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، ކުރީގެ ރައީސް ޔާމީން […]

ޕީޕީއެމްގެ ނަމުގައި ފޭކް މެސެޖްތަކެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ
Raajje

ޕީޕީއެމްގެ ނަމުގައި ފޭކް މެސެޖްތަކެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ

އިދިކޮޅު ޕީޕީއެމްގެ ނަމުގައި ފޭކް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. ޕީޕީއެމްގެ ނަމުގައި ރެއިން ފެށިގެން މީހުންގެ ފޯނުތަކަށް ފޮނުވަމުން ދަނީ، ޕެކޭޖް ޑެލިވަރީގެ ހިދުމަތް ދޭ ޑީއެޗްއެލްގެ ލިންކެއް ހިމެނޭ މެސެޖެކެވެ. ޕެކެޖް ޑެލިވާ ނުވަނީ ފައިސާ ނުދައްކާތީ ކަމަށާއި، ލިންކަށް ވަދެ އެކަން ފުރިހަމަ ކުރުމަށް މެސެޖުގައި ބުނެފައިވެއެވެ. ޕީޕީއެމުން ބުނީ އެ ސްޕޭމް މެސެޖުތަކެއް ކަމަށާއި އޭގައި ހިމެނޭ ލިންކަށް ނުވަނުމަށް އެދޭ ކަމަށެވެ. ޑީއެޗްއެލްގެ ޕެކޭޖަކަށް ފައިސާ […]

ޝިޔާންޓޭ މިލަންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަނީ
Thiladhunmathi News

ޝިޔާންޓޭ މިލަންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަނީ

ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) މިލަންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމަވައިފިއެވެ. ޝިޔާންޓޭ ޕީޕީއެމާ ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޢިއްޒު ށ. ވެރިރަށް ފުނަދޫގައި 18 ސެޕްޓެމްބަރު 2023ގައި ބޭއްވެވި ކެމްޕޭން ޖަލްސާގައެވެ. މީސް މީޑިއާ މެދުވެރިކޮށް ޝިޔާންޓޭ މިހާރު ވަނީ އަން މަޖިލިސް އިންތިޚާބުގައި މިލަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ހާމަކުރަ...

ޕީއެންސީގެ ސަރުކާރެއްގައި ދިވެހިބަހާއި ސަގާފަތަށް އިސްކަންދޭން ޚާއްސަ ވުޒާރާއެއް
Raajje

ޕީއެންސީގެ ސަރުކާރެއްގައި ދިވެހިބަހާއި ސަގާފަތަށް އިސްކަންދޭން ޚާއްސަ ވުޒާރާއެއް

ޕީއެންސީގެ ސަރުކާރެއްގައި ދިވެހިބަހާއި ސަގާފަތަށް އިސްކަންދޭން ޚާއްސަ ވުޒާރާއެއް އުފައްދަވާނެ ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިލްމުވެރިންނާއި އުސްތާޒުންނާ އެކު މީރުމާ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ބައްދަލުވުމެއްގައެވެ. އެ ވުޒާރާ ވެގެންދާނީ ރާއްޖޭގެ އަމިއްލަވަންތަކަން އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ވުޒާރާއަކަށް ކަމަށާއި މީގެ ކުރިން ދުވަހަކު ވެސް ދިވެހި ބަހާއި އިސްލާމް ދީނާއި ސަގާފަތާ އާދަކާދައަށް އިސްކަން ނުދ...

ބަޖެޓް އެކުލަވާލުމަށް ހެދި ކޮމިޓީގެ ޗެއާއަކަށް މެމްބަރު ސައީދު
Raajje

ބަޖެޓް އެކުލަވާލުމަށް ހެދި ކޮމިޓީގެ ޗެއާއަކަށް މެމްބަރު ސައީދު

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް އެކުލަވާލުމާ ގުޅޭގޮތުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެކުލަވާލި ކޮމިޓީގެ ޗެއާއަކަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަމަޖައްސައިފިއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ  ކުރިން މި ކޮމިޓީގައި ހަތް މެމްބަރުން ތިއްބެވި ނަމަވެސް މިހާރު މެމްބަރަކު ކޮމިޓީ އަށް އިތުރ...

މި އަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން: އަދުރޭ
Raajje

މި އަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން: އަދުރޭ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެ ދައުރު ދިނުމަކީ ބޭނުންވާ ގޮތް ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސްގެ އޮފީހުން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ ކެމްޕެއިންގެ ތެރޭގައި މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދިނުމަށް ކުރާ ފުރަތަމަ މަސައްކަތެއްގެ ގޮތުން މި ހިނގާ ޓްރާންސިޝަން މުއްދަތުގައި ދައުލަތުގެ އިދާރާތަކ...

ވެރިކަމުގެ ބާރުތައް އޮމާންކަމާއެކީގައި ދަނީ ބަދަލު ކުރެވެމުން: އަދުރޭ
Raajje

ވެރިކަމުގެ ބާރުތައް އޮމާންކަމާއެކީގައި ދަނީ ބަދަލު ކުރެވެމުން: އަދުރޭ

ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ މަސައްކަތް އޮމާންކަމާ އެކީގައި ކުރިއަށްދާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އައްޔަންކޮށްފައިވާ ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ވެރިކަމުގެ ބާރުތައް ބަދަލު ކުރުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިންތިގާލީ އޮފީހެއް އުފެދި، އެ އޮފީހަށް އިންތިގާލީ ރައީސް ކަނޑައަޅުއްވާ ޑައިރެކްޓަރު...

ކެބިނެޓް އެކުލަވާލާނީ މުއިއްޒު، އެކަމަށް އިތުރު ފަރާތެއްގެ ލިސްޓެއް ބޭނުމެއްނުވޭ: އަދުރޭ
Raajje

ކެބިނެޓް އެކުލަވާލާނީ މުއިއްޒު، އެކަމަށް އިތުރު ފަރާތެއްގެ ލިސްޓެއް ބޭނުމެއްނުވޭ: އަދުރޭ

ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުން ރާއްޖޭގެ ވެރިކަން ހަވާލުކުރީ ޑރ. މުޙައްމަދު މުޢިއްޒު އާއި ކަމަށާއި، އެމަނިކުފާނު ވެވަޑައިގެންނެވި ވައުުދުތައް ފުއްދެވުމުގެ މަސައްކަތްތައް ކުރެވޭނީ އެމަނިކުފާނަށް އިތުބާރު އޮތް ބަޔަކާ އެކީގައިކަމަށް ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން، ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ...

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ފަޒުލް
Parliament

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ފަޒުލް

ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ޕީޖީ ލީޑަރުގ ެމަގާމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ހަމަޖައްސަވައިފިއެވެ. އެކަން ހާމަކުރައްވާފައިވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު، އާދަމް ޝަރީފް ކުރައްވާފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ވިދާޅުވީ ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ފަޒުލް ހޮވިވަޑައިގަންނަވާފައިވާ ކަމަށާއި މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށް ވަނީ ވ...