މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މެންދުރު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ޕީއެންސީ

567 Stories filed
ބައެއް ބޭފުޅުން މަސައްކަތްކުރައްވަނީ ފިތުނަ އުފައްދަން، އެއީ ބޮޑާ ކިބުރުވެރިކަމުން އަރާތިބި ބައެއް: ސަލީމް
Raajje

ބައެއް ބޭފުޅުން މަސައްކަތްކުރައްވަނީ ފިތުނަ އުފައްދަން، އެއީ ބޮޑާ ކިބުރުވެރިކަމުން އަރާތިބި ބައެއް: ސަލީމް

ބައެއް ބޭފުޅުން މަސައްކަތްކުރައްވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސާފުކޮށް ދެއްކެވި ވާހަކަތައް ދޮގުކޮށް ފިތުނަ އުފައްދަންކަމަށާއި، އެއީ ބޮޑާކަމާއި ކިބިރުވެރިކަމުން އަރާ ތިބި ބައެއް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގޭގައި ރޭ އެ ޕާޓީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވުން ސަލީމް ވިދާޅުވީ، ފެންނަ މަންޒަރުތަކަށް ބަލާއިރު ބައެއް ބޭފުޅުންގެ ވި...

ވަގުތު ދެވެން ނެތުމުން ތޯރިގު ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަން ދޫކޮށްލައިފި
Parliament

ވަގުތު ދެވެން ނެތުމުން ތޯރިގު ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަން ދޫކޮށްލައިފި

ސަރުކާރު ހިންގާ ޕްރޮގްރެސިވް އިއްތިހާދުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް)ގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމުން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އިސްތިއުފާ ދެއްވައިފި އެވެ. ޓޮމް އެ މަގާމުން އިސްތިއުފާ ދެއްވިކަމާއި އިސްތިއުފާދެއްވި ސަބަބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވިދާޅުވެފައެވެ. އެ ޕޯސްޓްގައި ޓޮމް ވިދާޅުވީ، ޕީއެންސީގެ ޕާލިއަންމަންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުންއޭނާ އިސްތިއުފާދެއްވީ، މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސ...

ރައީސްގެ ތާއީދު ރައްޔިތުންގެ ތެރޭގައި ދަނީ ފަތުއަޑުކިޔާފައި އިތުރުވަމުން، ވޯޓުން ފެނުނީ އެކަން: އަބުދުއްރަހީމް
Raajje

ރައީސްގެ ތާއީދު ރައްޔިތުންގެ ތެރޭގައި ދަނީ ފަތުއަޑުކިޔާފައި އިތުރުވަމުން، ވޯޓުން ފެނުނީ އެކަން: އަބުދުއްރަހީމް

މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގެ ވޯޓުގެ ނަތީޖާއަކީ ރައީސް މުޢިއްޒުގެ ތާއީދު ރައްޔިތުންގެތެރޭގައި ފަތުއަޑުކިޔާފައި އިތުރުވަމުން ދާކަމުގެ ސާފު ހެއްކެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ޕީއެންސީން ވާދަކުރި ހަ ގޮނޑި ތެރެއިނ...

މިއަދު ބޭއްވި ބައި-އިލެކްޝަންގެ ހަ ގޮނޑީގެ ތެރެއިން ފަސް ގޮނޑި ޕީއެންސީ އަށް
Raajje

މިއަދު ބޭއްވި ބައި-އިލެކްޝަންގެ ހަ ގޮނޑީގެ ތެރެއިން ފަސް ގޮނޑި ޕީއެންސީ އަށް

ހަ ދާއިރާއަކަށް ކައުންސިލަރުން އިންތިޚާބުކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގެ ފަސް ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ. މިގޮތުން ޕީއެންސީން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑީގެ އިތުރުން ކާމިޔާބުކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ، ހުޅުމާލެ ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ އަދި ފ. ބިލެތްދޫ ކައުންސިލް ރައީސްގެ ގޮނޑިއެވެ. ޕީއެންސީ އަށް ކާމިޔާބު ނުވީ ހަމައ...

ކުޅުދުއްފުށީ ސިޓީ ކައުންސިލް ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލް ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑި ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓް އިބްރާޙީމް މުހައްމަދު ކާމިޔާބުކޮށްފިއެވެ. މިއަދުގެ ބައި-އިލެކްޝަންގައި ކުޅުދުއްފުށީ އުތުރު ގޮނޑި ޕީއެންސީން ކާމިޔާބު ކޮށްފައިވާކަން އަދި އިލެކްޝަން ކޮމިޝަން (އީސީ) އިން ޢިއުލާން ނުކުރި ނަމަވެސް ވަގުތީ ނަތީޖާއަށް ބަލައި އެ ގޮނޑި ޕީއެންސީއަށް ކާމިޔާބުވެފައިވާތީ ޕީއެންސީން ވަނީ ކެންޑިޑޭޓް އިބްރާޙީމް މުހައްމަދަށް މަރުޙަބާ ކިޔާފައ...

އަލީ އާރިފް އަސްލު މި ވިދާޅުވަނީ ކީކޭ؟
Report

އަލީ އާރިފް އަސްލު މި ވިދާޅުވަނީ ކީކޭ؟

ހޯމަ ދުވަހު އަލިވިލުނުއިރު މުޅި މީސްމީޑިއާ ބަންޑުންވެފައި އޮތީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް ދެއްކެވި ވާހަކައަކާއިގުޅޭ އެކި ޒާތްޒާތުގެ ސްޓޭޓަސްތަކާއި، ފޮޓޯތަކާއި ޚަބަރުތަކާއި، ޚިޔާލުފާޅުކުރުންތަކެވެ. ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާގައި އަލީ އާރިފް ދެއްކެވި ވާހަކަ އަޑުއަހާލަން މަޖުބޫރުވީ އެހިސާބުންނެވެ. އަލީ އާރިފް ދެއްކެވި ވާހަކަތައް އަޑު އަހާލިއިރު، މުޅ...

ރައީސް މުޢިއްޒުގެ ސިޔާސަތަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުން: ޢަލީ އާރިފް
Raajje

ރައީސް މުޢިއްޒުގެ ސިޔާސަތަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުން: ޢަލީ އާރިފް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ތަނެއްގައި ލަވާ ހަޅޭކަކަށް ރައްދު ދިނުމެއްނޫން ކަމަށާއި، އެމަނިކުފާނުގެ ސިޔާސަތަކީ ރައްޔިތުންނަށް ޚިދުމަތްކޮށް، ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުންކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް މިރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގޭގައި މިރޭ އެ ޕާޓީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވުން ޢަލީ އާރިފް ވިދާޅުވީ، ރައީސް މުޢ...

އެމްޑީޕީން މުޒާހަރާކޮށްގެން މަޝްރޫއުތަކެއް ނުހުއްޓޭނެ: ޝުޖާއު
Raajje

އެމްޑީޕީން މުޒާހަރާކޮށްގެން މަޝްރޫއުތަކެއް ނުހުއްޓޭނެ: ޝުޖާއު

އެމްޑީޕީން މީގެކުރިން މުޒާހަރާކޮށްގެން އަންނަން ހުރި މަޝްރޫއުތަކެއް ހުއްޓުވި ނަމަވެސް ދެން މުޒާހަރާކޮށްގެން މަޝްރޫއުތައް ނުހުއްޓުވޭނެ ކަމަށާއި އެކަން ކުރާ ފަރާތްތަކާ މެދުގައި ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިރޭ ވިދާޅުވެއްޖެއެވެ. ޝުޖާއު އެގޮތަށް ވިދާޅުވެފައި ވަނީ ވ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކާނި ހޮޓެލްސް އަށް ދީފައި ވަނިކޮށެވެ. ކާނި ހޮޓެލްސްއަކީ ރާއް...

ޚަރަދު ކުޑަކުރުމަށް ބޮޑު ދެ އިންތިޚާބު އެއްކޮށް ބާއްވަންޖެހޭ: ރައީސް މުޢިއްޒު
Raajje

ޚަރަދު ކުޑަކުރުމަށް ބޮޑު ދެ އިންތިޚާބު އެއްކޮށް ބާއްވަންޖެހޭ: ރައީސް މުޢިއްޒު

ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ މަޤްޞަދުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި ޤާނޫނުއަސާސީއަށް އިޞްލާޙު ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް ،މިފަދައިން ވިދާޅުވީ މިރޭ ކުރިއަށްދިޔަ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގެ ދުސްތޫރީ ނިޒާމް ރޭވިފައި އޮންނަ ގޮތުން ވަރަށް ގިނަ އިންތިޚާބުތައް އޮންނަ ކަމަށެވ...

ޕެންޑްރައިވްގެ ކަންތައް އެންމެ ރަނގަޅަށް އިނގޭނީ ސުވާލުކުރި މީހާއަށާއި ޖަވާބު ދޭން ހުރި މީހާއަށް: އަބުދުއްރަހީމް
Raajje

ޕެންޑްރައިވްގެ ކަންތައް އެންމެ ރަނގަޅަށް އިނގޭނީ ސުވާލުކުރި މީހާއަށާއި ޖަވާބު ދޭން ހުރި މީހާއަށް: އަބުދުއްރަހީމް

ޕެންޑްރައިވްގެ ކަންތައް އެންމެ ރަނގަޅަށް އިނގޭނީ ސުވާލުކުރި މީހާއަށާއި ޖަވާބު ދޭން ހުރި މީހާއަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އަބުދުއްރަހީމް ވިދާޅުވެފައި ވަނީ ”އެ ޕެންޑްރައިވް”ގެ ޝިކާރައަކަށްވީ މީހުން މިއަދު ވެސް ދުނިޔޭގައި އެބަތިބި ކަމަށެވެ. ”ސުވާލު ކުރި މީހާއަ...

ކުރިން މޫސުން ގޯސްވީ ބަދިގެ ތެރެއިން ކަންކަން ނިންމަން ފެށުމުން، މިފަހަރު އެހެންނެއް ނުވާނެ: ލަތީފް
Raajje

ކުރިން މޫސުން ގޯސްވީ ބަދިގެ ތެރެއިން ކަންކަން ނިންމަން ފެށުމުން، މިފަހަރު އެހެންނެއް ނުވާނެ: ލަތީފް

2013 ވަނަ އަހަރު އިންތިޚާބުވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ވެރިކަމުގައި ”މޫސުން ގޯސްވީ ބަދިގެ ތެރެއިން ކަންކަން ނިންމަން ފެށުމުން ކަމަށާއި، މިފަހަރު އެކަން އެހެން ނުވާނެ ކަމަށް” ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ ޖަލްސާތައް މިރޭ ފަށާފައިވާއިރު، ރައީސް މުޢިއްޒާއި ވަރަށް ގާތް ގުޅުމެއް އޮންނަ ލަތީފް މިހެން ވިދާޅުވީ، މިޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. […]

ޕީއެންސީގެ ހަރުގެ ޖަލްސާތައް މިރޭ ފަށަނީ
Raajje

ޕީއެންސީގެ ހަރުގެ ޖަލްސާތައް މިރޭ ފަށަނީ

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ، ޕީއެންސީ ހައުސްގައި ޖަގަހަ ޖަލްސާތައް ފަށަން ތައްޔާރުވެއްޖެއެވެ. ޕީއެންސީގެ ޖަގަހަ، ޕީއެންސީ ހައުސް ރަސްމީކޮށް ހުޅުވީ މިދިޔަ ހޮނިރު ދުވަހު (ޖޫން 23 ވަނަ ދުވަހުގެ) ރެއެވެ. ޕީއެންސީން ބުނީ މިރޭ 20:30 ގައި އެ ޕާޓީގެ ހަރުގެ ޖަލްސާއެއް އޮންނާނެ ކަމަށެވެ. މި ޖަލްސާގައި ފަސް ބޭފުޅެއް ވާހަކަ ދައްކަން ހަމަޖެހިފައިވާކަމަށް ވެސް އެ ޕާޓީން ބުންޏެވެ. އެ ބޭފުޅުންނަކީ، ޕީއެންސީގެ […]

ދައުރުވަނީ ފަލާހްގެ ވީޑިއޯއެއް ނޫން، މިއީ އަބުރަށް އަރައިގަތުން: ޕީޕީއެމް/ޕީއެންސީ
Raajje

ދައުރުވަނީ ފަލާހްގެ ވީޑިއޯއެއް ނޫން، މިއީ އަބުރަށް އަރައިގަތުން: ޕީޕީއެމް/ޕީއެންސީ

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބަރަހަނާ ފޮޓޯ އަދި ވީޑިއޯއެއްގައި ފެންނަނީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ނޫން ކަމަށާއި އެފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަނީ އަބުރަށް އަރައިގަތުމުގެ ބޭނުމުގައި ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ. ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ފަލާހްގެ އަބުރަށް އަރައިގަނެ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ސޯޝަމް މީޑިއާގައި ފަތުރަމުން ގެންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑި...

ރައްޔިތުން ބޭނުންވަނީ ތަރައްގީ، ސިޔާސީގޮތުން ވަކި ބޭފުޅެއްގެ ވަށައިގެން އެނބުރޭކަށް ނޫން: އަބުދުއްރަޙީމް
Raajje

ރައްޔިތުން ބޭނުންވަނީ ތަރައްގީ، ސިޔާސީގޮތުން ވަކި ބޭފުޅެއްގެ ވަށައިގެން އެނބުރޭކަށް ނޫން: އަބުދުއްރަޙީމް

ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށާއި، ސިޔާސީގޮތުން ވަކި ބޭފުޅަކު ވަށައިގެން އެނބުރެން ރައްޔިތުން ބޭނުން ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، އެ ޕާޓީގެ ގެ ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި އަބުދުއްރަހީމް ވިދާޅުވީ، ރައީސް މުއިއްޒު ވެރ...

ފައިސާ ޗާޕުނުކޮށް، ލޯނު ނުނަގައި 13 ބިލިއަން ރުފިޔާ އެކިފަރާތްތަކަށް ދައްކައިފިން: ރައީސް
Raajje

ފައިސާ ޗާޕުނުކޮށް، ލޯނު ނުނަގައި 13 ބިލިއަން ރުފިޔާ އެކިފަރާތްތަކަށް ދައްކައިފިން: ރައީސް

ފައިސާ ޗާޕުނުކޮށް، ލޯނު ނުނަގައި، ދައުލަތަށް އާމްދަނީ ހޯދައިގެން އެ އާމްދަނީގެ ތެރެއިން 13 ބިލިއަން ރުފިޔާ އެކިފަރާތްތަކަށް ދައްކާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ (ޕީއެންސީ ހައުސް) ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ޕީއެންސީން މިރޭ ހުޅުވި ޖަގަހަ ހަދާފައި ވަނީ ކުރިން އެމްޑީޕީގެ ޖަހަގަ ގިނަ ދުވަސްތަކެއް ވަންދެން ހިންގުމަށްފަހު ފަހުން...