ކުޅުދުއްފުށީގެ ރައްޔިތުން ތިބީ ރައީސް ޔާމީނާއެކީގައި: ލަތީފް
ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ތިބީ ރައީސް ޔާމިނާއި އެކީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުން ކުޅުދުއްފުށީގައި ރޭ ބޭއްވި “ދިވެހީންގެ ރާއްޖެ” ރައީސް ޔާމީން 2023 ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ލަތީފް ވިދާޅުވީ ކުޅުދުއްފުއްޓަށް ޔާމިންގެ ސަރުކާރުގައި ގެނެސްދީފައިވާ ތަރައްގީ ފިޔަވާ މާބޮޑު ތަރައްގީއެއް ގެނެވިފައި ނުވާ ކަމަށެވެ. އަދި ފާއިތުވި 5 އަހަރު ތެރޭގައި އެސިޓީގައި ބ...