Skip to main content
Topic Archive

#ދިވެހިރާއްޖޭގެ ޒަކާތު ހައުސް

28 Stories filed
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ޤާނޫނެއް، ބިލު ފާސްކޮށްފި
Parliament

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ޤާނޫނެއް، ބިލު ފާސްކޮށްފި

ޒަމާނީ އޮނިގަނޑަކާއެކު ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި އެކުލަވާލެވުނު ފުރަތަމަ ޒަކާތުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދު އޮގަސްޓް 11 ގައި މަޖިލީހަށް ހުށަހެޅުއްވި މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ވޯޓުންނެވެ. މި ބިލުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި ޒަކާތް ދައްކަންޖެހޭ ފަރާތްތަކާއި، މުދަލުގެ ބާވަތްތައް ކަނޑައެޅުމާއި، ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަނ...

ރާއްޖޭގެ ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާގައި ބައިވެރިވުމަށް ހުޅުވާލައިފި
Raajje

ރާއްޖޭގެ ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާގައި ބައިވެރިވުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ދެވަނަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ (އިންޒެކް 2025) ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި މަހުގެ 23 ވަނަ ދުވަހު އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި އާންމު ފަރުދުންނަށް ވެސް ބައިވެރިވެވޭނެއެވެ. މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ޚާއްޞަކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މ...

ޒަކާތު ފަންޑުން ޖޫން މަހު 107 މީހަކަށް ބޭސްފަރުވާގެ އެހީ
Raajje

ޒަކާތު ފަންޑުން ޖޫން މަހު 107 މީހަކަށް ބޭސްފަރުވާގެ އެހީ

ޒަކާތު ފަންޑުން ޖޫންމަހު 107 މީހަކަށް 8 ލައްކައަށްވުރެ ގިނަ ރުފިޔާގެ އެހީ ދީފިއެވެ. ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ ޖޫން 2024ގެ ތަފާސް ހިސާބު ރިޕޯޓު އިއްޔެ އާންމުކޮށްފައިވާއިރު، ޖޫން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޒަކާތު ފަންޑުން ޖޫން މަހު ފަޤީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި، 107 މީހަކަށް ޖުމްލަ 870957 ރުފިޔާގެ އެހީ ވަނީ ދީފައެވެ. މި އެހީ ދީފައިވާ ފަރުވާގެ ތެރޭގައި ތަފާތު ބޮޑެތި ހަތަރު ބައްޔަކަށް ފަރުވާ […]

މިދިޔަ މަހު ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީގެ ގޮތުގައި 1.6 މިލިއަން ރުފިޔާ
Raajje

މިދިޔަ މަހު ޒަކާތު ފަންޑުން ބޭސްފަރުވާގެ އެހީގެ ގޮތުގައި 1.6 މިލިއަން ރުފިޔާ

ޒަކާތު ފަންޑުން މިދިޔަ މޭމަހު ފަޤީރުންނާއި މިސްކީނުންނަށް ބޭސް ފަރުވާގެ އެހީގެ ގޮތުގައި 1.6 މިލިއަން ރުފިޔާގެ އެހީ ދީފިއެވެ. ދިވެހި ރާއްޖޭގެ ޒަކާތު ހައުސްގެ މޭ 2024ގެ ތަފާސް ހިސާބު ރިޕޯޓު މިއަދު އާންމުކޮށްފައިވާއިރު، ޒަކާތު ފަންޑުން މިދިޔަ މޭމަހު ފަޤީރުންނާއި މިސްކީނުންނަށް ބޭސް ފަރުވާގެ އެހީގެ ގޮތުގައި 1،632،265 މިލިއަން ރުފިޔާގެ އެހީ ދީފައި ވަނީ 180 މީހަކަށެވެ. މި އެހީ ދީފައިވާ ފަރުވާގެ ތެރޭގައި ތަފާތު ބޮޑެތި ހަތަރު ބައްޔަކަށް ފަރުވާ ކުރުމަށް […]

ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ
Raajje

ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

މި ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 4،499،433ރ. ލިބިއްޖެއެވެ. މޯލްޑިވްސް ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރޯދަ މަހުގެ އެންމެ ގިނަ ބަޔަކު ޒަކާތުގެ ގޮތުގައި ފައިސާ ދައްކާފައި ވަނީ އާދައިގެ ހަނޑުލަށެވެ. އާދައިގެ ހަނޑުލަށް 63،389 މީހުން ޖުމްލަ 760،668ރ. ދައްކާފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ ބަޔަކު ޒަކާތް ދެއްކީ ތައިލެންޑް ހުދު ހަނޑުލަށެވެ. ތައިލެންޑް ހުދު ހަނޑުލަށް 3،028 މީހުން 211،960ރ. […]

ފިތުރު ޒަކާތް ބަަލައިގަންނަން ފަށައިފި
Raajje

ފިތުރު ޒަކާތް ބަަލައިގަންނަން ފަށައިފި

މިއަހަރުގެ ފިތުރު ޒަކާތް މިއަދު ބަލައިގަންނަން ފަށައިފިއެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނި ގޮތުގައި 1445 ވަނަ އަހަރުގެ ފިތުރު ޒަކާތް 12 މާރިޗުން ފެށިގެން 9 އޭޕްރިލްގެ ނިޔަލަށް ބަލައި ބަލައި ގަންނާނެއެވެ. ފިތުރު ޒަކާތް އޮންލައިންކޮށް ބަނޑޭރިޕޭ، ފަހިޕޭ، ބީއެމްއެލް، އެމްއައިބީ، ދިރާގު އަދި އޫރިދޫ މެދުވެރިކޮށް ވެސް ދެއްކޭނެއެވެ. އަތޮޅުތެރޭގައި ނަމަ ޒަކާތް ބަލައިގަންނަން ހަމަޖައްސާނީ އެ ރަށެއްގެ ކައުންސިލުން ކަނޑައަޅާތަނެއްގައެވެ. އަދި އަތޮޅުތަކުގައި އުޅޭ ރައްޔިތުން ނަށް ވެސް އޮންލައިންކޮށް ޒ...

ކުޅުދުއްފުށީގައި ޒަކާތާއި ބެހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް
Raajje

ކުޅުދުއްފުށީގައި ޒަކާތާއި ބެހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް

ހދ. ކުޅުދުއްފުށި ސިޓީގައި ޒަކާތާއި ބެހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ބާއްވާ މި ޕްރޮގްރާމް ބާއްވަން ނިންމާފައި ވަނީ މާދަމާ (15 ފެބްރުއަރީ 2024)ގެ މެންދުރު 2:30ގައި އެ ސިޓީގެ އެން.އޯސީ ކޮންފަރެންސް ހޯލް (2 ވަނަ ފަންގިފިލާ) ގައެވެ. ”ޒަކާތު ހައުސް އެވެއާނަސް ޕްރޮގްރާމް” ނަމުގައި ގެންދާ މި ޕްރާގްރާމްގައި ބައިވެރިވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ހުރިހާ ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވާފައެވެ. ދިވެހިރާއްޖޭ...

ޒަކާތު ހައުސް އަށް ޑިރެކްޓަރ ޖެނެރަލެއް ހޯދަނީ، މުސާރަ އާއި އިނާޔަތްތަކަށް 43،500ރ.
Raajje

ޒަކާތު ހައުސް އަށް ޑިރެކްޓަރ ޖެނެރަލެއް ހޯދަނީ، މުސާރަ އާއި އިނާޔަތްތަކަށް 43،500ރ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް މީހަކު ހޯދަން އެ އިދާރާއިން ޢިއުލާންކޮށްފިއެވެ. ޒަކާތު ހައުސްއިން ”ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު”ގެ މަޤާމަށް ހޯދަން ކޮށްފައިވާ ޢިއުލާންގައިވާ ގޮތުން މި ޒީފާއަށް ފުރަތަމަ މީހަކު ހަމަޖައްސަން ނިންމާފައި ވަނީ އެއް އަހަރާއި 11 މަހައްށެވެ. މި މުއްދަތު ހަމަވުމުން މަސައްކަތުގެ ފެންވަރުބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެކަމަށް ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެކަމަށް އެ ޢިއުލާންގައި ބުނެފަވެއެވެ. މި މަޤާމަށް ކުރިމަތިލާ މ...

ޒަކާތު ހައުސްގެ ވެބްސައިޓް ލޯންޗުކޮށްފި
Raajje

ޒަކާތު ހައުސްގެ ވެބްސައިޓް ލޯންޗުކޮށްފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓް މިއަދު ލޯންޗުކޮށްފިއެވެ. އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި މި ވެބްސައިޓް ލޯންޗްކޮށްދެއްވީ އިސްލާމީ މަރްކަޒުގެ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަތީފްއެވެ. މި ވެބްސައިޓްގައި ވަނީ ޒަކާތު ހައުސް އާއި ގުޅޭ މައުލޫމާތުތައް ހިމަނާފައެވެ. ޒަކާތު ހައުސްގެ ވެބްސައިޓް: zakathouse.gov.mv ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރ...

މުދަލު ޒަކާތުގެ ގޮތުގައި 89.5 މިލިއަން ރުފިޔާ ލިބިއްޖެ
Raajje

މުދަލު ޒަކާތުގެ ގޮތުގައި 89.5 މިލިއަން ރުފިޔާ ލިބިއްޖެ

މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 89.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ފަހުން މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު އަދަދަކީ 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދާ ބަލާއިރު %3 ގެ ދަށްވުމެކެވެ. އެ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 92.6 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރުތެރޭ އެންމެ ގިނައިން މުދަލު ޒަކާތް ދައްކާފައިވަނީ […]

މުދަލު ޒަކާތުގެ ނިޞާބު އަލުން ކަނޑައަޅައިފި
Raajje

މުދަލު ޒަކާތުގެ ނިޞާބު އަލުން ކަނޑައަޅައިފި

މުދަލު ޒަކާތުގެ ނިޞާބަށް ބަދަލުގެނެސް 11 ޖެނުއަރީ 2024 އިން ފެށިގެން މުދަލު ޒަކާތުގެ ނިޞާބަކީ 7،140ރ. ކަމަށް ކަނޑައަޅައިފިއެވެ. މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅައި، ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން އިއްޔެ އެކަން ޢާންމުކުރި ލިޔުމުގައި ކީރީތިޤުރުއާނުން ދަލީލުދައްކައި، އެދަލީލަށް ރިޢާޔަތްކޮށް ބުނެފައި ވަނީ މުދަލު ޒަކާތުގެ ނިޞާބު ކަނޑައެޅުމަށް އެ އިދާރާއިން ޢަމަލުކުރާ އުސޫލުގެ ދަށުން 11 ޖެނުއަރީ 2024 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތުގެ ނިޞާބު ނެރުން ވާޖިބުވާ ނިޞާބަކީ […]

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހްކޮށްފި
Raajje

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހްކޮށްފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސް މިއަދު އިފްތިތާހްކޮށްފިއެވެ. ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ރައީސް މުޢިއްޒު މިތަން އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި މިތަން އިފްތިތާހްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޒަކާތު ހައުސްއިން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތ...

"ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އުފައްދައިފި
Raajje

"ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އުފައްދައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، “މޯލްޑިވްސް ޒަކާތު ހައުސް” ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަދު އުފައްދަވައިފިއެވެ. މޯލްޑިވްސް ޒަކާތު ހައުސްއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަމަކީ “ދިވެހިރާއްޖޭގެ ޒަކާތު ހައުސް” އެވެ. ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓު، ‘’ހަފުތާ 14’’ ގައި ވެސް ބަޔާންކޮށްފައިވާ މި އިދާރާ ހިންގާނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ދަށުންނެވެ. މިތަނަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބ...