ޕީއެސްޖީން މޮނާކޯގެ ވިންގަރ މެގްނަސް އަކްލިއޫޝް ސޮއިކުރުވައިފި
ޗެމްޕިއަންސް ލީގުގެ ކާމިޔާބީތައް ހޯދަމުން އަންނަ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން އެ ޓީމުގެ އެޓޭކް ވަރުގަދަކުރުމުގެ ގޮތުން މޮނާކޯއަށް ކުޅެމުން އައި ފްރާންސްގެ ވިންގަރ މެގްނަސް އަކްލިއޫޝް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބުރާސްފަތި ދުވަހު ސޮއިކުރުވައިފިއެވެ. ޕީއެސްޖީން މި ސޮއިކުރުން އިއުލާނުކުރި ނަމަވެސް، ޓްރާންސްފާގެ މާލީ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފްރާންސްގެ ކުޅިވަރު ނޫހެއް ކަމަށްވާ L’Equipe އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، 24 އަހަރުގެ މި ކުޅުންތެރި...