ލިވަޕޫލްގެ ކުރީގެ ތަރި މުހައްމަދު ސަލާހު، ތުރުކީގެ ޓްރެބްޒޮންސްޕޯއާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބުރާސްފަތި ދުވަހު ސޮއިކޮށްފިއެވެ.
މިދިޔަ ސީޒަން ނިމުމާއެކު ލިވަޕޫލް ދޫކޮށްލި މިސްރުގެ ގައުމީ ޓީމުގެ ކެޕްޓަން ސަލާހު، ޓްރެބްޒޮންސްޕޯއާ ގުޅުމަށްޓަކައި ބުދަ ދުވަހު އިސްތަންބޫލަށް ދިޔުމުން އެ ކްލަބުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ސަލާހު އެ ކްލަބަށް ސޮއިކުރުމުގެ ރަސްމީ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ފަހުގެ ވަގުތެއްގައެވެ.
O BİZE, BİZ ONA pic.twitter.com/dSYIaNjOdl
— Trabzonspor (@Trabzonspor) August 6, 2026
އުމުރުން 34 އަހަރުގެ ސަލާހަކީ ލިވަޕޫލްގައި ހޭދަކުރި މުއްދަތުގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރުވި ކުޅުންތެރިއެކެވެ. އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ޗެމްޕިއަންސް ލީގު ހިމެނޭހެން ޖުމްލަ އަށް ބޮޑު މުބާރާތެއް ކާމިޔާބުކޮށްފައެވެ.
ލިވަޕޫލަށް ކުޅުނު 442 މެޗުގައި 257 ލަނޑު ޖަހައިދީފައިވާ ސަލާހަކީ އެ ކްލަބުގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.
— Trabzonspor (@Trabzonspor) August 6, 2026
ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް ނަމަވެސް، މިދިޔަ މާޗް މަހު އޭނާ ވަނީ ސީޒަން ނިމުމުން ކްލަބު ދޫކޮށްލާނެކަން އިއުލާންކޮށްފައެވެ.
ސަލާހު ލިވަޕޫލް ދޫކޮށްލަން ނިންމީ އެންމެ ފަހުން ކުޅުނު ސީޒަނުގައި އެދެވޭ ކުޅުމެއް ނުދެއްކި، އެންމެ 12 ލަނޑު ޖެހުމާއި، އޭރުގެ ކޯޗު އާން ސްލޮޓާ ދެމެދު ޖެހުނު މައްސަލަތަކަކާ ގުޅިގެންނެވެ. ސަލާހު މިހާރު ގުޅުނު ޓްރެބްޒޮންސްޕޯއަކީ ތުރުކީ ލީގު ހަތް ފަހަރު ކާމިޔާބުކޮށްފައިވާ އަދި މިދިޔަ ސީޒަނުގެ ތިންވަނަ ހޯދި ޓީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!