މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
Topic Archive

#ފަލަސްތީން

35 Stories filed
އިސްރާއީލުން ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ކުޑަކުއްޖެއްގެ ފަޔަށް ބަޑިން ހަމަލާދީ ގެތައް ލޫޓުވައިފި
News

އިސްރާއީލުން ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ކުޑަކުއްޖެއްގެ ފަޔަށް ބަޑިން ހަމަލާދީ ގެތައް ލޫޓުވައިފި

ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ހިންގި ރެއިޑުތަކެއްގައި ފަލަސްތީނުގެ ކުޑަކުއްޖަކަށް ބަޑިން ހަމަލާދީ ޒަޚަމްކޮށްލުމުގެ އިތުރުން ގިނަ އަދަދެއްގެ މުދާތައް ލޫޓުވައިފިއެވެ.

ޣައްޒާއަށް ބޯކޮށް ވާރޭވެހި އެތައް ހާސް ފޭލިގެއެއްގައި ފެނުއަޑީގައި
News

ޣައްޒާއަށް ބޯކޮށް ވާރޭވެހި އެތައް ހާސް ފޭލިގެއެއްގައި ފެނުއަޑީގައި

ޣައްޒާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ދިރިއުޅޭ ފޭލިގެތަކުގައި ފެންބޮޑުވެ، ބާވެފައިވާ އިމާރާތެއްގެ ފާރެއް ވެއްޓި ދެ މީހަކު ޒަޚަމްވެއްޖެއެވެ.

ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރި އަބީރް ނިއުޔޯކްގެ ސެނެޓް ގޮނޑި ކާމިޔާބުކޮށް ތާރީޚުގެ ތެރެއަށް
News

ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރި އަބީރް ނިއުޔޯކްގެ ސެނެޓް ގޮނޑި ކާމިޔާބުކޮށް ތާރީޚުގެ ތެރެއަށް

އެމެރިކާގެ ނިއުޔޯކް ސްޓޭޓް ސެނެޓުގެ ގޮނޑި ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކުރައްވައި، އަބީރް ޤަވާސް ތާރީޚުގެ ތެރެއަށް ވަދެވަޑައިގެންފިއެވެ. އޭނާ ވެގެން ގޮސްފައިވަނީ އެ ސްޓޭޓްގެ މަޖިލީހަށް އިންތިޚާބުވި ފުރަތަމަ ފަލަސްތީން-އެމެރިކާ ބުރުގާ އެޅި މެންބަރަށެވެ.

ނަތަންޔާހޫއަށް ބޮޑު ލަދެއް، ނުރުހުމުގެ އަޑުތަކާއެކު މަންދޫބުން މާލަން ދޫކޮށް ދިޔުމުން ވާހަކަދައްކަން ޖެހުނީ ހުސް ގޮނޑިތަކާ
International

ނަތަންޔާހޫއަށް ބޮޑު ލަދެއް، ނުރުހުމުގެ އަޑުތަކާއެކު މަންދޫބުން މާލަން ދޫކޮށް ދިޔުމުން ވާހަކަދައްކަން ޖެހުނީ ހުސް ގޮނޑިތަކާ

އދ. އާންމު މަޖިލީހުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ކުރަން ޕޯޑިއަމްކައިރިއަށް ޖެހިލުމާއެކު، ގިނަ ގައުމުތަކެއްގެ ދިޕްލޮމޭޓުން އޭނާއަށް ނުރުހުން ފާޅުކޮށް މާލަމުން ނުކުމެޖެއެވެ. 100 އަށްވުރެ ގިނަ ދިޕްލޮމޭޓުން ހިމެނޭ ގޮތަށް އެތައް ގައުމެއްގެ މަންދޫބުން ވަނީ ތެދުވެ، އަޑުގަދަކޮށް ނުރުހުމުގެ އަޑުތައް ލައްވަމުން އާންމު މަޖިލީހުގެ މާލަން ދޫކޮށް ގޮސްފައެވެ. މިއާއެކު ނަތަންޔާހޫ ތަގުރީރު ކުރަން ޖެހުނީ ގިނަ ގޮނޑިތަކެއް ހުސްކޮށް އޮތް މާލަމެއްގައެވެ. މި ބޮއިކޮޓްގައި މަދުވެގެން 77 ގައ...

ޔަހޫދީން ކަށިނަރު ދަމާފައި ހުރުމުން ފަލަސްތީނުގެ ކުދިންނަށް ސްކޫލަށް ނުދެވުނު
International

ޔަހޫދީން ކަށިނަރު ދަމާފައި ހުރުމުން ފަލަސްތީނުގެ ކުދިންނަށް ސްކޫލަށް ނުދެވުނު

އިސްރާއީލުން ހިސާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ މަގުތަކުގައި ގަދަކަމުން ވަޒަންވެރިވެގެން އުޅޭ ޔަހޫދީ ކަށިނަރު ދަމާފައި ހުރުމުގެ ސަބަބުން، ފަލަސްތީނުގެ އެތައް ކުދިންނަކަށް މި ހަފުތާގައި ސުކޫލަށް ނުދެވި މަޑުކުރަން ޖެހިއްޖެއެވެ. އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް، ހެބްރޯން ސިޓީ ކައިރީގައި އޮންނަ އުއްމު އަލް-ޚައިރު އަވަށުގެ ކުދިން ހޯމަ ދުވަހު ސުކޫލަށް ދާން މަސައްކަތް ކުރިއެވެ. ނަމަވެސް، ކައިރީގައި އޮންނަ ކާމަލް އާބާދީގެ އިސްރާއީލްގެ ޔަހޫދީން އެ...

އިސްރާއީލުގެ އެޖެންޓުން އީރާނުގައި، އުޅެނީ ސަމާލުކަން އަނބުރައިލަން
Report

އިސްރާއީލުގެ އެޖެންޓުން އީރާނުގައި، އުޅެނީ ސަމާލުކަން އަނބުރައިލަން

މެދުއިރުމަތީގެ ސިޔާސީ މަސްރަހު މިހާރު އޮތް ނުތަނަވަސް ހާލަތަށް ބަލާއިރު، އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ދުނިޔޭގެ ސަމާލުކަން ކުޑަކުރުމަށްޓަކައި އެކި އުކުޅުތައް ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ އީރާނުގެ ދާޚިލީ މަސްރަހުގެ ބޭނުން ހިފައިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ލޯތައް އެހެން ދިމާއަކަށް އަނބުރާލުމަށް ކުރާ މަސައްކަތެވެ. ކޮލަމްބިއާ ޔުނިވަރސިޓީގެ ޕްރޮފެސަރ ހާމިދު ދަބާޝީ ފަދަ އިލްމީ ބޭފުޅުން ވަނީ މިކަމާ ގުޅޭގޮ...

ޣާއްޒާގައި ފުށް ހޯދަން ގޮސްތިބި 51 މީހަކު ޝަހީދުކޮށްލައިފި
International

ޣާއްޒާގައި ފުށް ހޯދަން ގޮސްތިބި 51 މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުގެ ޖައްބާރު ސިފައިން ބަޑިން ހަމަލާދީ ޣާޒާގެ އެހީ ފޯރުކޮށްދެމުން ދިޔަ ސަރަހައްދެއްގައި ފުށް ހޯދުމަށް މަޑުކޮށްގެން ތިބި ފަލަސްތީނުގެ 51 މީހަކު ޝަހީދުކޮށްލައިފިއެވެ. ޣައްޒާ އާއި އެނޫން ވެސް ބައެއް ފަލަސްތީނުގެ ސިޓީތަކުގައި އެހީ ފޯރުކޮށްދޭ މަރުކަޒުތަކަށް ކާބޯތަކެތި ހޯދަން ގޮސްތިބޭ ފަލަސްތީނުގެ މައުސޫމް ރައްޔިތުންނަށް ހަމަލާދީ ޝަހީދު ކުރުމަކީ އިސްރާއީލުން މިފަހަކަށް އައިސް އާންމުކޮށް ކުރަމުން އަންނަ ކަމެކެވެ. މަންޒަރުދުއް މީހުންނާއި އެހީ ބެހުމުގައި މަސައްކަތްކުރާ މީހުންނާއި ހަވާލާދީ ބީބީސީނ...

ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވައިނުލުމަށް އދ. އިން ގޮވާލައިފި
International

ޣައްޒާގެ ރައްޔިތުން އެހެން ގައުމުތަކަށް ފޮނުވައިނުލުމަށް އދ. އިން ގޮވާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި، ޣައްޒާގެ ރައްޔިތުން އެހެން ޤައުމުތަކަށް ބަދަލުކުރުމުގެ ހުށަހެޅުއްވުމަށް އ.ދ އިން ދެކޮޅު ހަދައިފިއެވެ. އ.ދ ގެ ސްޕޯކްސްޕަރސަން ސްޓެފާން ދުޖާރިކް ވިދާޅުވި ގޮތުގައި “މީހުން ބާރުގެ ބޭނުންކޮށްގެން ބަދަލުކުރުމަށް ނުވަތަ ނަސްލު ފޮހެލުމަށް ހުށަހަޅާ އެއްވެސް ޕްލޭނަކަށް އެއްބަސްވެވެން ނެތް” ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ ޣައްޒާ “ސާފުކޮށް” އެތަނުގެ ރައްޔިތުން މިޞްރާއި އުރުދުނަށް ބަދަލުކުރުމަށެވެ. އަދި އިޒްރާއީލުގެ ހަނގުރާމައިގެ ސަބަބު...

ސްޓެލްކޯ ސީއެސްއާރްގެ ދަށުން ފަލަސްތީނަށް 500،000 ހަދިޔާކޮށްފި
Business

ސްޓެލްކޯ ސީއެސްއާރްގެ ދަށުން ފަލަސްތީނަށް 500،000 ހަދިޔާކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ސީއެސްއާރްގެ ދަށުން ފަލަސްތީނަށް 500،000 ހަދިޔާކޮށްފިއެވެ. ސްޓެލްކޯ އިން މީޑިއާ އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އިޒްރޭލުގެ ހައްދުފަހަނައެޅި އަސްކަރިއްޔާ އިން ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން 500،000.00 (ފަސްލައްކަ ރުފިޔާ) ހަދިޔާކޮށްފައިވާ ކަމަށެވެ. “އަހަރުމެން ފަލަސްތީނާއެކު ފަންޑަށް” މި ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވެ...

ފަލަސްތީނަށް އެހީވުމަށް 13 ގަޑިއިރުން 12 މިލިއަން ރުފިޔާ
Raajje

ފަލަސްތީނަށް އެހީވުމަށް 13 ގަޑިއިރުން 12 މިލިއަން ރުފިޔާ

އިސްރާއީލުން، ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯނުން 12.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި ދިވެހި ބައެއް މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯނެކެވެ. މި ޓެލެތޯން އޮކްޓޯބަރު މަހުގެ 17 ވީ އަންގާރަ ދުވަހުގެ ހެނދުނު 10:30 ން ރޭގެ 12:00 އާއި ހަމައަށް ކުރިއަށް ގެންގޮސް ނިންމައިލިއިރު، 8300 އަށްވުރެ ގިނަ ޑޮލަރު ވެސް ވަނީ އެހީގެ ގޮތުގައި […]

ޣައްޒާގައި ހުންނަ އައިއޭސީ ގުދަނަކަށް އިސްރާއީލުން ހަމަލާދީ ބިމާ ހަމަކޮށްލައިފި
International

ޣައްޒާގައި ހުންނަ އައިއޭސީ ގުދަނަކަށް އިސްރާއީލުން ހަމަލާދީ ބިމާ ހަމަކޮށްލައިފި

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ގުދަނަކަށް އިޒްރާއީލުން ހަމަލާދީ ބިމާ ހަމަކޮށްލައިފިއެވެ. މިއީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި ހަރަކާތެރިވާ ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ފަލަސްތީނުގެ ޣައްޒާގައި ހުންނަ ގުދަނެކެވެ. ބޭރުގެ ހަބަރުތައް ބުނާ ގޮތުގައި މިހަމަލާއަކީ އެ ޖަމިއްޔާގެ ވެއަރ ހައުސް އަކަށް ސީދާ އަމާޒުކޮށް އިސްރާއީލުން ފޮނުވާލާފައިވާ ހަމަލާއެކެވެ. އަދި މި ހަމަލާގައި ވެއަރ ހައުސް އެއްކޮށް ހަލާކުވެފައިވާ ކަމަށް...

އިސްރާއީލުގެ އަމުރު ބަދަލުކުރަން ޖެހޭ: ދިވެހި ސަރުކާރު
Raajje

އިސްރާއީލުގެ އަމުރު ބަދަލުކުރަން ޖެހޭ: ދިވެހި ސަރުކާރު

އިރުމަތީ ޣައްޒާގައި ދިރިއުޅެމުންދާ 1.2 މިލިއަން ޢާއްމު ރައްޔިތުން 24 ގަޑިއިރު ތެރޭ ޣައްޒާގެ ދެކުނަށް ބަދަލުވުމަށް އިސްރޭލުގެ ސިފައިން އެންގި އެންގުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ދިވެހި ސަރުކާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ކުރިއަށް ގެންދާ އަސްކަރީ ހަމަލާތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ސަލާމަތްތެރިކަމާއި އެނބުރި އާދެވޭނެކަމުގެ ގެރެންޓީއަކާނުލައި މިފަދަ ކަމެއް ކުރުވުމަކީ ހަނގުރާމައ...

އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް އެމްޑީޕީން ގޮވައިލައިފި
Raajje

އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް އެމްޑީޕީން ގޮވައިލައިފި

ފަަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވައިލައިފިއެވެ. އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޔަހޫދީން އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚްތުންނާ ދެކޮޅަށް އިސްރާޢީލުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުން ޝަހީދުކޮށް، އެ މީހުންގެ ލޭއޮހޮ...

ހައްދުފަހަނަ އެޅި އިސްރާއީލުން، ފަލަސްތީނު ރައްޔިތުންގެ ގެތަކެއް ބިމާ ހަމަކޮށްފި
International

ހައްދުފަހަނަ އެޅި އިސްރާއީލުން، ފަލަސްތީނު ރައްޔިތުންގެ ގެތަކެއް ބިމާ ހަމަކޮށްފި

ހައްދުފަހަނަ އެޅި އިސްރާއީލުން، ފަލަސްތީނު ރައްޔިތުންގެ ގެތަކެއް ބިމާ ހަމަކޮށް ސުންނާފަތި ކޮށްފި އެވެ. އިސްރާއީލުން ހިޞާރުކޮށްފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެރިކޯ ސިޓީގެ ކައިރީގައި އޮންނަ އަލް ޖިފްލިކް ނަމަކަށް ކިޔާ އަވަށުގައި ހުރި 4 ގެއެއް އެކީ މިގެތައް ތަޅާލާ ސުންނާފަތިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. މި އަވަށު ކައުންސިލްގެ ވެރިޔާ އަޙުމަދު އަބޫ ޣަނޭމް އާއި ހަވާލާދީ ވަފާ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާގޮތުގައި އިސްރާއީލްގެ ސިފައިން ވަނީ މި އަވަށަށް ވަދެ ބުލްޑޯޒަރަކުން […]

އިޒްރާއީލްގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް، ފަލަސްތީނުން އެހީތެރިވެއްޖެ
International

އިޒްރާއީލްގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް، ފަލަސްތީނުން އެހީތެރިވެއްޖެ

އިޒްރާއީލްގެ ޖެރުސެލަމްގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގައި، ފަލަސްތީނުން އެހީތެރިކަން ފޯރުކޮށްދީފި އެވެ. ޖެރުސެލަމްގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓުރޯލް ކުރެވިފައިވަނީ 3 ދުވަސްވަންދެން އިސްރާއީލް ސިފައިންނާއި ފަޔާފައިޓަރުން ކުރި މަސައްކަތުންނެވެ. ފަލަސްތީނުންވަނީ ފަޔާފައިޓަރުންގެ 4 ޓީމެއް އަލިފާން ނިއްވުމުގައި އެސަރަޚައްދުގައި ހަރަކާތްތެރިވެފަ އެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިއީ އެސަރަހައްދުގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. އެސަރަހައްދުގެ ފަރުބަދަތަކާއ...