މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ފަތުރުވެރިކަން

198 Stories filed
''ހދ. އާއި ތ. އަތޮޅުގައި އިންވެސްޓްކުރުމަށް ލުއިދީ، ރިސޯޓު ހަދަން ފެށުމަކީ އަމާޒެއް''
Thiladhunmathi News

''ހދ. އާއި ތ. އަތޮޅުގައި އިންވެސްޓްކުރުމަށް ލުއިދީ، ރިސޯޓު ހަދަން ފެށުމަކީ އަމާޒެއް''

މިހާތަނަށް ފަތުރުވެރިކަން ފުޅާކުރެވިފައި ނެތް ހދ. އަތޮޅާއި އާއި ތ. އަތޮޅު ފަދަ އަތޮޅުތަކުގައި އިންވެސްޓްކުރުމަށް ލުއިތައްދީ، ރިސޯޓު ހަދަން ފެށުމަކީ އަމާޒެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން މިއަދު ދެއްވި ޚިޠާބުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރީ މި ދިޔަ 2024ވަނަ އަހަރުކަން ފާހަގަކުރަށްވާފައެވެ. އެ...

ނާގޯށި ނިންމަން ބީއެމްއެލް މެދުވެރިކޮށް އެހީތެރިކަން ދެނީ
Raajje

ނާގޯށި ނިންމަން ބީއެމްއެލް މެދުވެރިކޮށް އެހީތެރިކަން ދެނީ

2006 ވަނަ އަހަރު އެމްޓީޑީސީއަށް ދޫކޮށްފައިވާ ހދ. ނާގޯށި ނިންމަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފެސިލިޓީއެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފިއްލަދޫ އަށް ވަޑައިގެން ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ހދ. ގައިވެސް ޓޫރިޒަމްގެ ފުރުޞަތުތައް ފުޅާކުރަން ސަރުކާރުން ނިނ...

އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
Raajje

އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ކިޔައިފިއެވެ. އައު އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ މިސްޓަރ ލުއިސް އާއި އޭނާގެ އާއިލާ އަށް ވީއައިއޭ އިން މަރުހަބާކިޔާފައިވާއިރު، މިސްޓަރ ލުއިސް އާއި އޭނާގެ އާއިލާއިން ވަނީ މީގެ ކުރީން ދިވެހިރާއްޖެއަށް 11 ފަހަރު ޒިޔާރަތްކޮށްފައެވެ. އެހެންކަމުން އެ ޢާއިލާއަކީ ޙަޤީޤަތުގައިވެސް ދިވެހި އާއިލާގެ ބައެއްކަމަށް ވީއައިއޭން ސިފަކޮށްފައިވާއިރު، ރާއްޖޭގެ ކަނޑާއި، ފަސްގަނޑާއި، ރައްޔިތުންދެކެ އެ ޢާ...

ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔައިފި
Raajje

ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔައިފި

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) އިން، މި ފަތުރުވެރިޔާ އަށް މަރުޙަބާ ކިޔާފައި ވަނީ ދިވެހި ސަޤާފީ ބޮޑުބެރުގެ ހަރަކާތްތަކާއި އެކުގައެވެ. މިއަހަރު ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އޮސްޓްރިޔާގެ އަންހެނެކެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ ފިރިމީހާއާއި 2 ކުދިންނާއެކުގައެވެ. މި ޢާއިލާއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައިވާއިރު، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް...

ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ރާއްޖެއަށް
Business

ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ރާއްޖެއަށް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ ޝަރަފްވެރި މަގާމު ދިވެހިރާއްޖެއިން ޖެހިޖެހިގެން ފަސް ވަނަ އަހަރު ހާސިލުކޮށްފިއެވެ. މި އެވޯޑު ރާއްޖެއަށް ލިބުނީ ޕޯޗުގަލްގެ މެޑީރާގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2024 ގެ ހަފްލާގައެވެ. ދިވެހިރާއްޖޭގެ އިތުރުން މި އަހަރު ލީޑިން ޑެސްޓިނޭޝަން އެވޯޑަށް 18 ގައުމެއް ނޮމިނޭޓްވެ ވާދަކޮށްފައިވެއެވެ. ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަންގެ އިތުރުންވެސް ޝަރަފުވެރި އެވޯޑްތަކެއް ދިވެހިރާއްޖެއިން ވަނީ މި ރަސްމިއްޔާތުގައި ހާސިލުކޮށްފައެވެ. މީގެ ތެރޭގައި ތިމާވ...

ހއ.ދިއްދޫ ސޮލާހް، ފަތުރުވެރިކަމުގެ މައި ކުންފުންޏެއްގެ ފުރަތަމަ ދިވެހި ސީއީއޯ
Thiladhunmathi News

ހއ.ދިއްދޫ ސޮލާހް، ފަތުރުވެރިކަމުގެ މައި ކުންފުންޏެއްގެ ފުރަތަމަ ދިވެހި ސީއީއޯ

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ތިލަދުންމަތީ އުތުރުބުރީ ދިއްދޫ، މުހަންމަދު ސޮލާހު ހަމަޖައްސައިފިއެވެ. މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުން އަންނަ މައި ކުންފުންޏެއްގެ ސީއީއޯގެ މަގާމަށް ދިވެއްސަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ. ސޮލާހް ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅިވަޑައިގަތީ އުމުރުން އެންމެ 21 އަހަރުގައި، މީގެ ވިހި އަހަރު ކުރިންނެވެ. ފާއިތުވި މުއްދަތުގައި އޭނާ ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަންތީގެ ވަޒީފާތައ...

މާޗް މަހުގެ ނިޔަލަށް ހދ.އަތޮޅަށް 4000 އެނދު ގެންނަން މަސައްކަތްކުރަނީ
Thiladhunmathi News

މާޗް މަހުގެ ނިޔަލަށް ހދ.އަތޮޅަށް 4000 އެނދު ގެންނަން މަސައްކަތްކުރަނީ

އަންނަ 2025 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ހދ.އަތޮޅަށް 4000 އެނދު ގެންނައުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން، ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު މާޗް މަހުގެ ނިޔަލަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ނިމެންވާއިރަށް އެ ސަރަހައްދަށް 4000 އެނދު ގެނައުމުގެ މަސައްކަތ...

ސްނޯކަލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ
Raajje

ސްނޯކަލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ

ސްނޯކަލިންއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިޔަކު މަރުވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި ރަސްދޫ ކައިރީ އޮންނަ ގަންގެހި ރިސޯޓު ބޭރުގައި ސްނޯކެލިންއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިއެއް ވަނީ މަރުވެފައެވެ. މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ އިއްޔެ 11:22 ހާއިރުއެވެ. ރަސްދޫ ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ އެ ތަނަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ބިޒްނަސް ފޯރަމްގައި ބޮޑުތިލަދުންމަތީގައި ރިސޯޓު ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތްކުރެވުނު: ފައިސަލް
Thiladhunmathi News

ބިޒްނަސް ފޯރަމްގައި ބޮޑުތިލަދުންމަތީގައި ރިސޯޓު ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތްކުރެވުނު: ފައިސަލް

އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ބޮޑުތިލަދުންމަތީގައި ރިސޯޓު ތަރައްޤީކުރުމަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތްކުރެވިފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. އިންޑިއާގެ މުމްބާއީގައި އިއްޔެ ވަނީ “އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމް” އެއް ބާއްވާފައެވެ. މި ފޯރަމްގައި މުމްބާއީގެ ބޮޑެތި ވިޔަފާރިތަކާއި އިންވެސްޓްމަންޓު ކުންފުނިތަކާއި، އިންޑިއާގެ ބައެއް ފިލްމީތަރިން ވެސް ބައިވެރިވިއެވެ. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދައުވަތަކަށް އެ ޤައުމަށް ކުރަށްވަމުން...

ޓޫރިޒަމުން ވަންނަ ބޭރު ފައިސާ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ލާޒިމް
Raajje

ޓޫރިޒަމުން ވަންނަ ބޭރު ފައިސާ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ލާޒިމް

ޓޫރިޒަމް ދާއިރާ އިން ރާއްޖެ އަށް ވަންނަ ހުރިހާ ބޭރު ފައިސާއެއް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ލާޒިމްކޮށް، ”ބޭރު ފައިސާ އާއި ބެހޭ ޤަވާޢިދު” މިއަދު ގެޒެޓް ކޮށްފިއެވެ. މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ގެޒެޓް ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން، ވިއްކާ ނުވަތަ ފޯރުކޮށްދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތަށް ލިބޭ ބޭރުފައިސާ އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ […]

ފެހުރިހި ހިމާޔަތްކުރުމާއި ގުޅޭ ގައިޑްލައިނެއް ނެރެފި
Raajje

ފެހުރިހި ހިމާޔަތްކުރުމާއި ގުޅޭ ގައިޑްލައިނެއް ނެރެފި

ފެހުރިހި ހިމާޔާތް ކުރުމާއި އެތަކެތި އުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމާއި ގުޅޭ ހާއްސަ ގައިޑްލައިނެއް ނެރެފިއެވެ. ކޮންމެ އަހަރެއްގެ ވެސް 30 އޯގަސްޓް އަކީ ބައިނަލް އަޤްވާމީ ފެހުރިހި ހިމާޔަތްކުރުމުގެ ދުވަހެވެ. ރާއްޖޭގައި މި ދުވަސް މި އަހަރު ފާހަގަކުރަމުން ގެންދަނީ އަރިއަތޮޅު އުތުރުބުރީ ދިގުރަށުގައެވެ. އެރަށުގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ފެހުރިހި ހިމާޔާތް ކުރުމާއި އެތަކެތި އުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމާއި ގުޅޭ ހާއްސަ ގައިޑްލައިން ނެރެދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު...

''ރިސޯޓު މުވައްޒަފުންނަށް ވީ ބޯހިޔާވަހިކަމުގެ ވައުދު ފަސް އަހަރު ނިމޭއިރު ފުއްދޭނެ''
Raajje

''ރިސޯޓު މުވައްޒަފުންނަށް ވީ ބޯހިޔާވަހިކަމުގެ ވައުދު ފަސް އަހަރު ނިމޭއިރު ފުއްދޭނެ''

ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދު، މި ސަރުކާރުގެ ފަސް އަހަރު ނިމޭއިރު ފުއްދިގެންދާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ. ފައިސަލް މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ. ފައިސަލް ވިދާޅުވީ، ރިސޯޓު މުވައްޒަފުންނަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި އ...

ދެކުނުގައި ފަތުރުވެރިކަން ތަރައްޤީކުރުން އިތުރުކުރުމަށް މަހާސިންތާއެއް ބާއްވަނީ
Raajje

ދެކުނުގައި ފަތުރުވެރިކަން ތަރައްޤީކުރުން އިތުރުކުރުމަށް މަހާސިންތާއެއް ބާއްވަނީ

އެންމެ ދެކުނުގައި ހިމެނޭ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ހުވަދޫ އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުން އިތުރުކުރުމުގެ މަޤްޞަދުގައި މަހާސިންތާއެއް ބޭއްވުމަށް ނިންމައިފިއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނިގޮތުގައި މި މަހާސިންތާ ކުރިއަށް ގެންދަން ނިންމާފައި ވަނީ “ސައުތް ޓޫރިޒަމް ޑިވެލޮޕްމަންޓް ސިމްޕޯޒިއަމް 2024” ނަމުގައެވެ. މި މަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މި މަހާސިންތާގައި އެ ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމާއި ގުޅުންހުރި ސްކޭޓްހޯލްޑަރުންނާއި، ސިނާއަ...

1 މިލިއަން ފަތުރުވެރިޔާ އަށް ވީ ތައިލެންޑް އަންހެނެއް
Business

1 މިލިއަން ފަތުރުވެރިޔާ އަށް ވީ ތައިލެންޑް އަންހެނެއް

މި އަހަރުގެ އެއް މިލިއަން ފަތުރުވެރިއަކަށް ތައިލެންޑްގެ އަންހެނަކު ހޮވިއްޖެއެވެ. މި ޝަރަފްވެރި މަގާމު ލިބުނީ ތައިލެންޑްގެ ސުޓާޕާ އަމޯންވިވަތު 37، އަށެވެ. މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އެންމެ ފުރަތަމަ ސުޓާޕާ ރާއްޖެ އައީ 2011 ވަނަ އަހަރު ހަނީމޫނަށެވެ. އޭގެ 13 އަހަރު ފަހުން އޭނާ މިއަދު ރާއްޖެ އައީ ފިރިމީހާ އާއި ދެ ކުދިން ގޮވައިގެންނެވެ. އޭނާ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައި ވަނީ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓުގައެވެ. ސުޓާޕާއަށް […]

ވައިކަރަމުރައިދޫގެ 15 ހެކްޓަރު ހިމެނޭހެން 17 ތަނެއް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް
Thiladhunmathi News

ވައިކަރަމުރައިދޫގެ 15 ހެކްޓަރު ހިމެނޭހެން 17 ތަނެއް ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް

ހދ. ވައިކަރަމުރައިދޫގެ 15 ހެކްޓަރު ބިން ހިމެނޭ ހެން 17 ތަނެއް ފަތުރުވެރިކަން ތަރައްޤީކުރަން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ. ވައިކަރަމުރައިދޫގެ 15 ހެކްޓަރު ބިން މީގެ ކުރިން ވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ކުރި ޢިއުލާނެއްގައި 11 އަތޮޅަކުން 14 ރަށަކަށާއި 3 ފަޅެއް ވަނީ ފަތުރުވެރިކަމަށް ހުޅުވާލާފައެވެ. މިގޮތިން ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމަށް ހުޅުވާލި ތަންތަނުގެ ތެރޭގައި ހދ. ވައިކަރަމުރައިދޫ ( 15 ހެކްޓަރު)ގެ އިތުރުން ހިމެނޭ ރަށްތަކުގެ ތެރޭގައި ށ. […]