ފެހުރިހި ހިމާޔާތް ކުރުމާއި އެތަކެތި އުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމާއި ގުޅޭ ހާއްސަ ގައިޑްލައިނެއް ނެރެފިއެވެ.

ކޮންމެ އަހަރެއްގެ ވެސް 30 އޯގަސްޓް އަކީ ބައިނަލް އަޤްވާމީ ފެހުރިހި ހިމާޔަތްކުރުމުގެ ދުވަހެވެ.

Ad
rt

ރާއްޖޭގައި މި ދުވަސް މި އަހަރު ފާހަގަކުރަމުން ގެންދަނީ އަރިއަތޮޅު އުތުރުބުރީ ދިގުރަށުގައެވެ. އެރަށުގައި އިއްޔެ އޮތް ރަސްމިއްޔާތެއްގައި ފެހުރިހި ހިމާޔާތް ކުރުމާއި އެތަކެތި އުޅޭ ސަރަހައްދުތައް ރައްކާތެރިކުރުމާއި ގުޅޭ ހާއްސަ ގައިޑްލައިން ނެރެދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

މި ގައިޑްލައިންގައި ރާއްޖޭގެ މާހައުލުން ފެންނަ ފެހުރިހި ތަބީޢަތު ދަމަހައްޓާ އެއަަށް ބުރޫ ނާރާނެ ފަދައިން އިންސާނުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި އެކަމުގައި ގެންގުޅެނވީ އުސޫލުތައް ހިމަނާފަވެއެވެ.

މީގެ އިތުރުން ފެހުރިހި ހިމާޔަތް ކުރުމުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުމަށް ހުއްދަ ނަގަންޖެހޭ ކަންކަމާއި، ހުއްްދަ ނެގުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ވަނީ ގައިޑްލައިން ގައި ހިމަނާފައެވެ.

ދިގުރަށުގައި އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިޤު އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.