ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކުރުމަށް އަނެއްކާ ވެސް ހުޅުވާލައިފި
ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން އަނެއްކާވެސް ހުޅުވާލައިފިއެވެ. މިގޮތުން އެ ރަށުގައި 200 އެނދުގެ ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިކަމާ ގުޅޭގޮތުން ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބީލަން ފޮތް އަންނަ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ […]