ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިންޑޮނީޝިއާގެ އިރުމަތީ އުތުރު މޮލުކާ ކަނޑުގެ ސަރަހައްދަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު (6.21 މޭލު) އަޑިއަށެވެ.
ދިވެހިރާއްޖޭގެ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނިގޮތުގައި މި ބިންހެލުން އައިސްފައި ވަނީ މާލެ އާއި 5865 ކިލޯ މީޓަރު ދުރުން ކަމަށެވެ.
''މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެ އަށް ނުކުރާނެ'' މެޓުން ބުންޏެވެ.
އެމެރިކާގެ ސުނާމީ ވޯނިން ސިސްޓަމުން ބުނި ގޮތުގައި، ބިންހެލުން އައި މަރުކަޒުން ފެށިގެން 1،000 ކިލޯމީޓަރު (621 މޭލު) ސަރަހައްދަށް ސުނާމީގެ ރާޅުތައް އެރުމުގެ ފުރުސަތު އެބައޮތެވެ. މީގެ ސަބަބުން އިންޑޮނީޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އަސަރުކުރުން އެކަށީގެންވެއެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭއިން ބުނާ ގޮތުގައި، ބިންހެލުން އައި މަރުކަޒު ހުރީ އިންޑޮނީޝިއާގެ ނޯތު މަލުކޫ ޕްރޮވިންސްގެ ޓާނޭޓް ސިޓީއާ ގާތްގަނޑަކަށް 120 ކިލޯމީޓަރު (74 މޭލު) ދުރުގައެވެ. އެ ސިޓީއަކީ 205،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!