މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,923 Stories filed
ބުރިޖު މަތީ ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތަކުގެ ވެރިންނަށް ނަސޭހަތުގެ މެސެޖް ފޮނުވަނީ
Raajje

ބުރިޖު މަތީ ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތަކުގެ ވެރިންނަށް ނަސޭހަތުގެ މެސެޖް ފޮނުވަނީ

ސިނަމާލެ ބްރިޖްގައި ގަވައިދާ ހިލާފަށް ބާރަށް ދުއްވާ އުޅަނދުތަކާއި، ގަވައިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އެ އުޅަނދުތަކުގެ ވެރިންގެ ފޯނަށް ނަސޭހަތުގެ މެސެޖް ފޮނުވަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ނިންމައިފިއެވެ. މިއަދު އެ މުއައްސަސާއިން ވިދާޅުވެފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސިނަމާލެ ބްރިޖުގައި ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވައިދާ ޚިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ އަދި އުޅަނދެއް ދުއްވި ބާރުމިން […]

ފިހާރައެއްގެ ތެރޭގައި މީހެއްގެ ކަރަށް ވަޅި ހެރި އަންހެން މީހާގެ ބަންދަށް 15 ދުވަސް
Raajje

ފިހާރައެއްގެ ތެރޭގައި މީހެއްގެ ކަރަށް ވަޅި ހެރި އަންހެން މީހާގެ ބަންދަށް 15 ދުވަސް

މާލޭގެ މަޖީދީ މަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ބިދޭސީ މީހެއްގެ ކަރަށް ވަޅި ހެރި އަންހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ފުލުހުން އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ދިވެހި އަންހެނަކެވެ. ފުލުހުން މިއަދު ބުނީ އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ. ދައުރުވަމުންދާ ވީޑިއޯއިން ފެނިގެން ދަނީ ޑްރީމް މޯބައިލް ފިހާރައެއް ތެރޭގައި ކަޅު ކުލައިގެ ހެދުމެއް […]

ހިޔާ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިއްޖެ
Raajje

ހިޔާ ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިއްޖެ

ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރަކުން މިރޭ ކުއްޖަކު ވެއްޓިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާާޅުވީ، އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިރޭ 23:58 ގައެވެ. އެ ކުއްޖާ ވެއްޓިފައި ވަނީ އެޗް06 ހިޔާ ޓަވަރުގެ 12 ވަނަ ފަންގިފިލާއިންނެވެ. އެ ކުއްޖާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނައިރު، އެކުއްޖާ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށް މައުލޫމާތު ލިބެއެވެ. އެ ކުއްޖާ ވެއްޓިފައި އޮތް ތަން ފެންނަ ވީޑިއޯއެއް މިހާރު މީސް […]

ފިހާރައަކަށް ވަދެ ތޫނު އެއްޗަކުން ސޭޓަށް ހަމަލާދީ ޒަހަމް ކޮށްލައިފި
Raajje

ފިހާރައަކަށް ވަދެ ތޫނު އެއްޗަކުން ސޭޓަށް ހަމަލާދީ ޒަހަމް ކޮށްލައިފި

މާލޭ ފިހާރައަކަށް ވަދެ ތޫނު އެއްޗަކުން މީހަކަށް ޒަހަމް ކޮށްލައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު 11:02 ގައި ކަމަށެވެ. އަދި 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ވިދާޅެއްނުވެއެވެ. އެ ހާދިސާގައި އަނިޔާވީ އެ ފިހާރައިގާ އިން ފިރިހެނަކަށް ކަމަށާއި އޭނާއަށް އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ސޯޝަލް މީޑިއާ ގައި ދައުރުވާ ވީޑިއޯ އިން ފެންނަގޮތުގައި އެ […]

ބުރިޖު ހައިވޭގައި 4 ކާރު ޖެހި އެކްސިޑެންޓެއް ހިނގައިފި
Raajje

ބުރިޖު ހައިވޭގައި 4 ކާރު ޖެހި އެކްސިޑެންޓެއް ހިނގައިފި

ބުރިޖި ހައިވޭގައި 4 ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެކްސިޑެންޓުވީ މާލެއިން ހުޅުމާލެ އަށް ދަތުރުކުރާ ފަޅީގައި ކަމަށެވެ. އަދި އެ ސަަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. މި އެކްސިޑެންޓާއި ގުޅިގެން ބުރިޖުގެ ޓްރެފިކް ބްލޮކްވެފައިވާ ކަމަށާއި އެހެންކަމުން ބުރިޖުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެ އިދާރާ އިން ވަނީ އެދިވަޑައިގެންފައެވެ. މިކަމާއި ގުޅިގެން އިތުރުު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ.

ހަނިމާދޫގައި ދުވަސްވީ މީހަކަށް ހަމަލާދީ ފޭރުނު މީހާގެ ބަންދަށް ހަތް ދުވަސް
Thiladhunmathi News

ހަނިމާދޫގައި ދުވަސްވީ މީހަކަށް ހަމަލާދީ ފޭރުނު މީހާގެ ބަންދަށް ހަތް ދުވަސް

ހދ.ހަނިމާދޫގައި ހާއްސަ އެހީއަށް ބޭނުންވާ އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. މިއަދު ފުލުހުން ވިދާޅުވީ ހަނިމާދޫއިން ދުވަސްވީ މީހަކަށް އަނިޔާކޮށް ފައިސާތައް ފޭރިގަތްކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މީހާގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ހަނިމާދޫގައި އުމުރުން 63 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް އަނިޔާކޮށް ފައިސާ ފޭރިގަތް މައްސ...

ފޭސްބުކް އެކައުންޓް ހެކް ކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއް، ސަމާލުވޭ!
Raajje

ފޭސްބުކް އެކައުންޓް ހެކް ކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއް، ސަމާލުވޭ!

ފޭސްބުކް އެކައުންޓް ހެކް ކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއް ފެންމަތިވެފައިވާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސް ކުރައްވައިފިއެވެ. އެ އިދާރާ އިން ވިދާޅުވީ ފޭސްބުކް އެކައުންޓް ޕާސްވޯޑު ރީސެޓް ކުރުމަށް ކަމަށް ބުނެ ގުޅައި، އޯޓީޕީ ކޯޑު މޯބައިލް ފޯނަށް ފޮނުވުމަށް ފަހު ފޭސްބުކް އެކައުންޓް ހެކް ކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދަމުންގެންދާ މައްސަލަތައް އެ ހިދުމަތަށް ހުށަހެޅުމުންދާ ކަމަށެވެ. އެގޮތުން 48 ގަޑިއިރުގެ ތެރޭގައި މިފަދަ 6 މައްސަލަ ހުށަހަޅާފައިވާ ކަމަށާއި މަކަރާއި ހީލަތުން 3...

ހަނިމާދޫގައި ދުވަސްވީ މީހަކަށް ހަމަލާދީ ފޭރުނު މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ހަނިމާދޫގައި ދުވަސްވީ މީހަކަށް ހަމަލާދީ ފޭރުނު މީހަކު ހައްޔަރުކޮށްފި

ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ ފައިސާތަކެއް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ރޭ 11:45 ހާއިރު ހަނިމާދޫގައި ގެޔަކަށް ވަދެ އެ ގޭގައި އުޅޭ 63 އަހަރުގެ މީހަކަށް އަނިޔާކޮށް ފައިސާ ފޭރުނު ކަމުގެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ހާއްސަ އެހީ އަށް ބޭނުންވާ އެ މީހާ އަށް ހަމަލާ ދިން 25 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާ ލިބުނު މީހާ އަށް މިހާރު އަންނަނީ […]

އުޅަނދުތައް ދުއްވާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
Raajje

އުޅަނދުތައް ދުއްވާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

އެއްގަމާއި ކަނޑުގެ އުޅަނދުތައް ދުއްވާއިރު މޫސުމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. ޚާއްސަގޮތެއްގައި ހއ. އަތޮޅުން ފެށިގެން ރ. ބ. ދ. ވ. ފ. އދ. ޅ. އަތޮޅު ފަދަ އަތޮޅުތައް ހިމެނޭ ސަރަހައްދުތަކަށް މި ދުވަސްވަރު މޫސުން ގޯހެވެ. އަދި މާލެ ސަރަހައްދަށް ވެސް މޫސުން ގޯހެވެ. މޫސުމަށް ސަމާލުވުމަށްއެދި މިއަދު ފުލުހުން ނެރުއްވި ސަމާލުގެ މެސެޖުގައި ވަނީ އެއްގަމު […]

މެންބަރު ޝަރީފަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި
Parliament

މެންބަރު ޝަރީފަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އަށް ހަމަލާދިންކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ 4 ދިވެހިން ކަމަށާއި އެއީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުން ތިން ފިރިހެނުން ކަމަށެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން 27 އަހަރުގެ މީހާއާއި 24 އަހަރުގެ ދެމީހުންނަށް ވަނީ 60 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، 24 އަހަރުގެ އެކަކގެ ބަންދަށް 30 […]

ވާދޫ ވޯޓުފޮށި ފަޅާލި މީހާގެ ބަންދަށް 60 ދުވަސް
Raajje

ވާދޫ ވޯޓުފޮށި ފަޅާލި މީހާގެ ބަންދަށް 60 ދުވަސް

ގދ. ވާދޫ ވޯޓުފޮށި ފަޅާލި މީހާގެ ބަންދަށް 60 ދުވަސް ޖަހައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ވާދޫގައި ބެހެއްޓި ވޯޓު ފޮށްޓެއް ފަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި ކަމަށާއި އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ މީހެއް ކަމަށެވެ. އޭނާގެ ބަންދަށް 60 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާ ރުޅިއައިސްފައިވަނީ އައިޑީކާޑު ނެތުމުގެ ސަބަބުން ވޯޓު ނުލެވިގެން ކަމަށް މައުލޫމާތު ލިބިފައިވާއިރު، އެރަށުގައި ބަހައްޓާފައި ހުރި […]

ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް އިތުރުވާކަމަށް ފެންނާތީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި
Raajje

ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް އިތުރުވާކަމަށް ފެންނާތީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް އިތުރުވާކަމަށް ފެންނާތީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މާލެއާއި ރާއްޖޭގައި ކުށްތަކަށް އަރައިގަންނަ ގްރޫޕްތަކުގެ ހަރަކާތްތައް އިތުރުވެފައިވާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން ސަލާމަތީ ފިޔަވަޅުތައް އަޅައި، އިންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ އިދާރާ އިން ކުރަންޖެހޭ މަސައްކަތް ކުރަމުން ދާކަމަށެވެ. މީގެ...

ވާދޫގައި ބެހެއްޓި ވޯޓު ފޮށި ފަޅާލައިފި
Raajje

ވާދޫގައި ބެހެއްޓި ވޯޓު ފޮށި ފަޅާލައިފި

ގދ. ވާދޫގައި ބެހެއްޓި ވޯޓު ފޮށި ފަޅާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ގދ. ވާދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލާން ދިޔަ މީހަކު ވޯޓު ފޮށި ފަޅާލި މައްސަލައެއް އެ އިދާރާއަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. މިއަދު ކުރިއަށް ދަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެވެ. މި ބުރުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް، އެމްޑީޕީގެ ކެންޑިޑޭޓް […]

މުއިއްޒުގެ ގެއަށް މަސްތުވާތަކެތި ވައްދާ ރެއިޑްކުރަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފި
Raajje

މުއިއްޒުގެ ގެއަށް މަސްތުވާތަކެތި ވައްދާ ރެއިޑްކުރަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ދިރިއުޅުއްވާ މ. ދިމްޔާތަށް މަސްތުވާތަކެތި ވައްދައި ރެއިޑް ކުރަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ. މުއިއްޒުގެ ގެއަށް މަސްތުވާތަކެތި ވައްދައި، އެ ގެ ރެއިޑް ކުރަން އުޅޭ ކަމަށް ބުނެ، އެންމެ ފުރަތަމަ ހަބަރު ފެތުރީ ޗެނަލް 13 އިންނެވެ. އެ ޗެނަލުން ބުނީ މުއިއްޒުގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައި އޭނާ ފްރޭމްކޮށް، ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރާ ކަމަށެވެ. އަދި އެކަމަށް ވަކި ހާއްސަ […]

ގެއްލިގެން ހޯދަމުން ދިޔަ މަކުނުދޫ ނާތިފް ފެނިއްޖެ
Thiladhunmathi News

ގެއްލިގެން ހޯދަމުން ދިޔަ މަކުނުދޫ ނާތިފް ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ހދ. މަކުނުދޫ ސިތާރާމަންޒިލް، ނާތިފް އަބްދުއްސަލާމް ފެނިއްޖެއެވެ. އުމުރުން 28 އަހަރުގެ ނާތިފް ގެއްލިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު މާލެއިންނެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ރޭގެ ވަގުތެއްގައި އޭނާ ވަނީ މާލެއިން ފެނިފައި ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނާތިފްގެ ޚަބަރެއް އާއިލާއަށް ނުވެ، ގެއްލިފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ ސެޕްޓެމްބަރ 17 ވަނަ ދުވަހުއެވެ. އަދި އޭނާ ހޯދުމުގެ ފުލުހުން ވަނީ ކުރައްވާފައެވެ. މިފަހަކަށް އައިސް ރާއްޖޭގެ އެކި […]