މާލޭ ފިހާރައަކަށް ވަދެ ތޫނު އެއްޗަކުން މީހަކަށް ޒަހަމް ކޮށްލައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު 11:02 ގައި ކަމަށެވެ. އަދި 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ވިދާޅެއްނުވެއެވެ.
އެ ހާދިސާގައި އަނިޔާވީ އެ ފިހާރައިގާ އިން ފިރިހެނަކަށް ކަމަށާއި އޭނާއަށް އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ސޯޝަލް މީޑިއާ ގައި ދައުރުވާ ވީޑިއޯ އިން ފެންނަގޮތުގައި އެ އަންހެން މީހާ ފޯނު ވިއްކާ ފިހާރައަކަށް ވަދެ އެ ފިހާރާގައި އިން މީހަކަށް (ބެލެވޭގޮތުގައި ބިދޭސީއެއް) ބިރު ދައްކައި ހަމަލާ ދިނުމަށް ފަހު އެ އަންހެން މީހާ އެ ތަނުން ނިކުމެގެންދެއެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!