ބުރިޖި ހައިވޭގައި 4 ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެކްސިޑެންޓުވީ މާލެއިން ހުޅުމާލެ އަށް ދަތުރުކުރާ ފަޅީގައި ކަމަށެވެ. އަދި އެ ސަަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
މި އެކްސިޑެންޓާއި ގުޅިގެން ބުރިޖުގެ ޓްރެފިކް ބްލޮކްވެފައިވާ ކަމަށާއި އެހެންކަމުން ބުރިޖުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެ އިދާރާ އިން ވަނީ އެދިވަޑައިގެންފައެވެ.
މިކަމާއި ގުޅިގެން އިތުރުު ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!