އީދު ކުޅިވަރު ކުޅެން ރ. މީދޫ އަށް ދިޔަ އަންހެނަކު އެރަށު މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ރ. މީދޫގައި އީދު ޝޯވ ދޭން ތިބި ގްރޫޕެއްގެ އަންހެން މެންބަރެއް އެރަށު މިސްކިތެއްގައި ''ޓިކްޓޮކް'' ކުޅުނު މައްސަލަ އެއް އެ އިދާރާއިން ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.

Ad
rt

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަހަރު ވަރަށް ކުލަގަދަކޮށް އީދު ފާހަގަކޮށްފައިވާއިރު، މީދޫ އަކީ ވެސް ވަރަށް ކުލަގަދަކޮށް އީދު ފާހަގަކޮށްފައިވާ ރަށެކެވެ.

ސަރުކާރުން ވަނީ ބޮޑު އީދު ފާހަގަ ކުރުމުގައި އިސްލާމީ ހަމަތަކާއި އެއްގޮތަށް އިސްލާމްދީނުގެ އިމުގެ ތެރޭގައި، ދީނަށް ހުރުމަތްތެރިކޮށް ހިތުމާއެކު، އެހެން ދީންތަކުގެ އީދު ކޮޕީ ނުކޮށް، އީދު ފާހަގަކުރުމަށް އެދިފައެވެ.

އީދު ކުޅިވަރު ކުޅެން ރ. މީދޫ އަށް ދިޔަ އަންހެނަކު އެރަށު މިސްކިތެއްގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ބަލަމުން އަންނަކަމަށް ބުނެފައިވާއިރު، އިސްލާމް ދީނަށް ފުރަށްސާރަކޮށް މީސްމީޑިއާގައި ލިޔުނު މީހެއްގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.