އައްޑޫ ސިޓީގެ ހުޅުމީދޫ މިފްކޯ ބަނދަރުގައި މަސްވެރިންތަކެއް މުޒާހަރާ ކުރަމުން އެބަދެއެވެ.

ފުލުހުން ބުނީ ހުޅުމީދޫ މިފްކޯ ބަނދަރުގައި 80 ވަރަކަށް މަސްވެރިން މުޒާހަރާކުރަމުން އަންނަކަމަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ.

Ad
rt

މި މުޒާހަރާގެ ބައިވެރިންނަށް އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެނަމަ މަސްފެކްޓްރީގެ ހުރިހާ ސީނައަރ މުވައްޒަފުން އެތަނުން ބޭރުކުރާނެ ކަމަށް އެމީހުންގެ ތެރެއިން ބަޔަކު ބުނެފައިވާ ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އެދެވޭ ޖަވާބެއް ނުލިބޭނަމަ އެތަނުގެ ބަދިގޭގައި ކެއްކުމަށް ހުރަސްއަޅާނެ ކަމަށް ވެސް އެމީހުން ބުނެފައިވާކަމަށް ރިޕޯޓު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހުޅުމީދޫފައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގައި އިއްޔެ ވެސް މަސްވެރިންތަކެއް މުޒާހަރާކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އިއްޔެއާއި މިއަދު ވެސް މުޒާހަރާގައި ބައިވެރިވި މަސްވެރިންގެ ޑިމާންޑަކީ އެ މީހުންނަށް ދޭންޖެހޭ ފައިސާ ދިނުންކަމަށް އެނގިފަވެއެވެ.