ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް 30 ދުވަސް
މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ. މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ކޭއެފްސީ ރެސްޓޯރަންޓްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން އިއްޔެ ވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ފުލުހުން މިއަދު ބުނީ، އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން އެމީހާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ކޭއެފްސީ ރެސްޓޯރަންޓްގެ ބިއްލޫ...