މާލޭގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މާލޭގެ ގެއެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް އިއްޔެގެ ވަގުތެއްގައި އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad
rt

މި މައްސަލައާއި ގުޅިގެން ތިން ދިވެހިން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި އަދި 30 އަހަރުގެ މީހެކެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

ދޫނި ކޮއްޓެއްގައި ދެ މީހަކު ރަހީނުކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ވެސް މި ހަފުތާގައި ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ ތިން ފިރިހެނުން ޝަރީއަތް ނިމެންދެން މިމަހުގެ ކުރީކޮޅު ވަނީ ބަންދުކޮށްފައެވެ.