އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (ޕޮލިސް ކޮލެޖު)ގައި ކިޔަވަމުން އަންނަ ފަސް ދަރިވަރަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުއި ކިޔަވަމުން އަންނަ ގިނަ ދަރިވަރުންތަކެއް ބަލިވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދެމުން އަންނަކަމަށެވެ.

Ad
rt

އޭގެތެރެއިން ފަސް ދަރިވަރަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

''އެއް ދަރިވަރެއްގެ ހާލު ސީރިއަސް'' ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފަވެއެވެ.

ޕޮލިސް ކޮލެޖުގެ ގިނަ ދަރިވަރުންތަކެއް ބަލިވެގެން ފަރުވާދެނީ

ފުލުހުން ބުނިގޮތުގައި 32 ދަރިވަރަކު ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ.

މިކަން ދިމާވި ސަބަބު ހޮސްޕިޓަލް މެދުވެރިކޮށް ބަލަމުން އަންނަކަމަށާއި، ޝައްކުކުރެވެނީ މިކަން ދިމާވި ކާނާ ވިހަވުމުގެ ސަބަބުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.