ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެބަސްވުމަކާއި ގުޅިގެން މާލޭގެ ގެއަކަށް ވަދެ ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައަކަށް އެޓެންޑްވެފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ، ޓިކްޓޮކް ލައިވްއެއްގައި ހިނގި ދެބަސްވުމަކާއި ގުޅިގެން މިއަދު ހެނދުނު މާލޭގެ މާފަންނުގައި ހުންނަ ގެއަކަށް ވަދެ ދެ މީހަކު ހަމަނުޖެހުން ހިންގަން އުޅުނު މައްސަލައެއް އެ އިދާރާއަށް ހުށަހެޅުނު ކަމަށެވެ.

Ad
rt

އެ މައްސަލައާއި ގުޅިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހުން މިހާރު ވަނީ ދޫކޮށްލާފައިވާއިރު އެ މީހުންނާއި އަދި މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ޓިކްޓޮކްގައި ލައިވްގައި ދިވެހިން ވަގުތު ހޭދަކުރާއިރު، މި ފަދަ ދެބަސްވުންތައް ހިނގާކަމަށް ވެއެވެ. އަދި ދާދިފަހުން ރާއްޖޭގެ ޓިކްޓޮކް ތަރިއަކު ވަނީ އޭނާ އަށް ޓިކްޓޮކްގައި މަރުގެ އިންޒާރު ދިން ކަމަށް ވެސް ބުނެފައެވެ.