މަކަރާއި ހީލަތުން ޑޮލަރު ވިޔަފާރިކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މަކަރާއި ހީލަތުން ޑޮލަރު ވިޔަފާރިކުރަން އުޅުނު މީހެއްގެ މައްސަލަ އެ އިދާރާއަށް އިއްޔެ ހުށަހެޅުނު ކަމަށެވެ.

Ad
rt

މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަވެއެވެ.

އުމުރުން 46 އަހަރުގެ މި މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެމީހާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ.

މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި ދުވަހުން ދުވަހަކަށް އިތުރުވަމުން އަންނައިރު، އެކަމާއި އާންމުން ހޭލުންތެރިކުރުމަށް ފުލުހުން ވަނީ ގިނަ އިލްތިމާސްތަކެއް ކޮށްފައެވެ.

މިފަދަ މައްސަލަތަކުގައި އޮޅުވާލައިގެން، މަކަރާއި ހީލަތުން މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ވަނީ ފޭރިގެންފައެވެ.